ރާއްޖޭގައި މިހާރު ފެތެރެމުން އަންނަ ހިމަބިއްސަށް ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ ބަލައި އެ ކުދިންގެ ދަފްތަރެއް އެލުލެވުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހެލްތް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހިމަބިއްސާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދަާޅުވެފައިވަނީ، ވެކްސިން ނުޖާހާ، 18 އަހަރުގެ ކުރިންގެ މައުލޫމާތު ހޯދައި އެކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އެފަރާތުން ކުރަމުން އަންނަ ކަމަށެވެ.

"މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ދަފްތަރު މިކުރަނީ ގަސްތުގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ. އެމަސައްކަތް އަޅުގަނޑުމެންނަކަށް 24 ގަޑި އިރު ތެރޭ ނިންމައެއް ނުލެވުނު. އެމަސައްކަތް މިހާރު ކުރެވެމުން އަންނަނީ." އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހުމަދް އަޝްހާދް އަބްދުﷲ

މިނިސްޓަރު ވިދާޅުވީ، މިހާރު މަސައްކަތް ދާގޮތުން ހަފްތާ ނިމޭއިރު ރާއްޖޭގައި ތިބި 18 އަހަރު ނުވާ ކުދިންގެ މައުލޫމާތުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލެނެވޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ފަހުން ވެކްސިން ނުޖަހައި ތިބި ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 48 ރަށެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

"އަޅުގަނޑު އުއްމީދު ކުރަނީ މާދަމާއަށް އެ ލިސްޓްބޮޑު ބައެއް އެކުލަވާލެވޭނެ ކަމަށް. ހަފްތާ ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރު ނުވާ ކުދިންގެ މައުލޫމާތު ފުރިހަމަ ދަފްތަރެއް އެކުލެވޭނެ ކަމަށް" އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދަފްތަރު އެކުލަވާލުމުގެ އިތުރުން ބައެއް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދަށް އިސްކަން ދީގެން މިދިޔަ ދެ ދުވަސް ތެރޭގައި 1240 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބެއްޔާ

    އަބަދު ދަފްތަރާއި ކޮމިޓީ ހެދުމުގައި އަވަދިނެތި. ތަންކޮޅެއް ކޮލިޓީކޮށް ތިކަން ކޮށްބަލަ. ވެކްސިން ނުޖަހަންޏާ ނުޖަހައި އުޅެފާނެނުން. ކީއްވެތިހާ ގަދަކަން ތިދައްކަނީ. ތިއަށްވުރެ މާރަނގަޅުވާނެ ކޮލިޓީ ޑަކްޓަރުން ރާއްޖެތެރެއަށް ހޯދިއްޔާ. ކަމެއްނެތިގެން އުޅޭހެންހީވަނީ

    15
    5
  2. ތޯތޯ އާދަނު

    އަހަރެމެންގެ ރަށުގައި އެބަހުރި ބެލެނިވެރިން ވެކްސިންގ ޖަހަން ބޭނުންވެ އެކަމަކު ބީ ސީ ޖީ ވެކްސިން ނުޖެހިގެން އުޅޭ ކުއްޖެއް. އެހެން ވެކްސިންތައް ހުރީ ދެވިފައި.

    8
    1
  3. އިބްރާ

    ލާ ދީނީ މީހުންގެ ދަފްތަރެއް އެކުލަވައިލާން ވިސްނާފައިވޭތޯ ؟

    21
  4. ކޮއިފުޅު

    އިސްލާމް ދީނާ ދެކޮޅައް ވާހަކަ ދައްކާ އެކިވައްތަރުގެ ވީޑިއޯ ތައް ކުޅެހަދާ މީހުންގެ ދަފްތަރެއް ހަދާ ބަލަ.ގަދާކަމުން ވެކްސިން މި ޖަހަނީ ކީއްވެ؟މަސްތުވެގެން މަގުމަތީގަ މިއުޅޭ
    މީހުންލައްވާ ގަދަކަމުން ވެސް އެކަން ހުއްޓުވަން މަސައްކަތް ނުކުރަނީ ކީއްވެ؟ޒިނޭ ކުރުމާ އެއްޖިންސުން ގުޅުން ހިންގުން ގަދަކަމުން ދަފްތަރު ހަދާގެން ވެސް ހުއްޓުވަބަ ލަ. މާ ތާހިރު ވާނެ. ނުބާ އަމަލު ތައް ގިނަވާ ވަރަކައް ބަލިތައް ޖެހުން ގިނަވާ ނެ.ބަލިތަކުން ރައްކާތެރި ވުމަށް ޓަކައި މި ނުބާ އަމަލު ތަކާ ދުރުހެލިވާށެވެ.

    19
  5. Anonymous

    އެހެންޏާފަހެ މިނިވަން ފިކުރު ގެ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ދަފްތަރެއް ހަދާކަން ނުވޭތަ

    17
  6. އަދަން

    ސަރުކާރުން ގަދަބާރުން ކަންތައް ކުރަން އުޅެންޏާ ކަންތައްތައް ގޯހުން ގޯހަށް ދާނީ

    16
  7. ށަނޫން

    ބޮޑު އޮޅުވާލުމެއް. ޢިންޑިއާ އިން ވެކްސިން ގެ ބޮޑު ޝިޕްމެންޓެއް ދިވެހި ސަރުކާރުން ގަންނަން އެއްބަސް ވެ އެވެކްސިން ޖަހާނެ އިތުރު ކުދިން ހޯދަނީ. މީ ވ ނުރައްކާ ތެރި ކަމެއް.

    12
    1
  8. ގއ. މާމެންދޫ

    އަހަރެމެންގެ ރަށުގަ ވެސް އެބައުޅޭ ސުކޫލަށްވެސް ކުދިން ނުފޮނުވާ އަދި ވެކްސިންވެސް ނުޖަހާ އާއިލާއެއް. މިކަން ސަރުކާރުން ބައްލަވާ އެކުދހިންގެ ހައްޤުތައް ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވުން އެދެން.

    6
    6
  9. އަހުމަދު އަދީބު

    މިސަރުކާރު ކުދިން ވަރަށް މޮޅުވާނޭ ކޮމިޓީތައް ހެދުމާ ދަފުތަރުތައް ހެދުން، އެކަން ކޮށްލަ ކޮށްލަ ތިބެފާނެދެން ، އަހަރުމެން ތިބެން މިޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައި

  10. އަހްމަދު

    ހަދަންވީ ލާދީނީ މީހުންގެ ދަފުތަރެއް. ލާދީނީ މީހުން މިޤައުމުން ބޭރުން މަޖުބޫރު.

    9
    1
  11. Anonymous

    ރައްޔިތުންގެ ހިތް ތަކުގައި ބިރުވެރިކަމާއި އަދި އެހެން މީހުންނާއި މެދު ނަފުރަތު އުފެއްދުން ސަރުކާރުގެ ބޭނުމަކީ. މިއީވެސް ތަރައްޤީ ގެ ހަރުފަތެއްބާ ހިތަކަށް އަރާ.

  12. އަލީ

    މީނަ ބތޔ ... ކޯއްޗެއްތަ ކަލެއަށް އެނގެނީ... ނިކަން ކެރެންޏާ ދީނަށް ފުރައްސާރަ ކުރާ މީހުންގެ ދަފުތަރެއް ހަދާބަލަ... މަޤާމެއް ލިބުނީމަ އުޅޭނެ ގޮތެއް ނޭނގިގެން އުޅޭ ބތއެއް..

  13. އަލީ

    ފޮޓޯގަ އިން އެކަކު އޭނީ ނޫސްވެރިންގެ ބައްދަލުވުމުގެތެރޭގައިވެސް ނިދާފަ. ޓީމްގެ ގާބިލުކަން އެބަ ފެނެ.