ކުރީގެ ރައީސް މުހައްމަދު ނަޝީދު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނަކަމަށް އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން ބުނެފިއެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނެފައިވައިވެއެވެ.

އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ނަޝީދަށް އިންތިޚާބުތަކުގައި، އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު ވެސް ހިމެނޭ ގޮތަށް، ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް އދ. އިން ވަނީ ބުނެފައެވެ.

އެ ގުރޫޕުގެ ނިންމުގައި ވަނީ މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއިކޮށްފައިވާތީ، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ރާއްޖެއިން ބަަލައިގަންނަން ޖެހޭކަމަށެވެ.

އެ ކޮމިޓީ އިން އެގޮތަށް ބުނެފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ޖަލުހުކުމާ އެކު، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތެއް އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.

މިހާރު ރައީސް ނަޝީދު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ނަޝީދަށް އިންތިހާބުގައި ބައިވެރިކޮށްގެން ނުވާނެ. ކޯއްޗެއްބާ މިކޮމެޓީން މިހިމާޔަތް ކުރަނީ؟ އެހެން ދީންތަކަށް ފުރުސަތު ދޭ އެޖެންޓެއް ވީމަ ބާ؟

 2. "ރާއްޖެއިން ސޮއިކޮށްފައިވާތީ، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ރާއްޖެއިން ބަަލައިގަންނަން ޖެހޭކަމަށެވެ."

  ކޮބާ ފަލަސްތީނު ރައްޔިތުން ކަތިލަމުން ދާއިރު ކަލެމެނައް ކޮންކަމެއް ކުރެވުނީ އަނގަ ފޭކޮއްފަވާހަކަ ދައްކަނީތި. ތީ ބޭކާރު ބައިގަނޑެއް

 3. ސީރިއާ މީހުން ސަލާމަތް ކުރަންޖެހޭ... އިސްޜޭލް މީހުން ފަލަސްތީން ބިމުން ފައިބަންޖެހޭ... މިކަހަ ކަންތަކާ އދ ލުން ބަހެއްނުލިބެނީ ކީއްވެބާ...

 4. ކޮބާ އަވަހަށް އދ އިން ވަކިވާން ވީނު ދެން!

 5. އިންސާނީ ހައްގު އޮންނަނީ ހަމައެކަނި އެމީހުން ބޭނުން މީހުންގެތަ.. ކިހާ ހާލުގައި އިންސާނީ ހައްގު ގެއްލިފަތިބި އެތަކެއް ބައެއް އުޅެނީ.. ފަލަސްތީނުން.. ސީރިއާ މީހުން.. ރޯހަންޔާ؟؟؟؟؟

 6. އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ ކޮބައިބާ އެމެރިކާ ފްރާންސް އަދި އިގިރޭސިން ގުޅިގެން ސީރިޔާއައް ހަމަލާތައް ދެމުން ގެންދާ އިރު އަދި އިޒްރޭލުން ފަލަސްތީންގެ އެތައް ބަޔަކު މަރަމުން ގެންދާއިރު މިގައުމުގަ ކިރިޔާ ކަމެއްވާ އިރައް ތިފުމެއަރަނީ ކަލޭމެން ނައްވެސްް ރަގަޅައް އެގޭނެ ނަސީދް އަކީ ކުއްވެރިއެއް ކަން ބަލަގަ ނަސީދު ނޫނަސް މިގައުމުގަ އެތައް ބައިވަރު ކުއްވެރިން ނެއް އެބަތިއްބޭ ކީއްވެގެންތަ އެމީހުންގެ ހައްގުތައް ހޯދައިދޭން ނޫނީ ދޫކޮއްލަން ގަރާރުތައް ފާސް ނުކުރަނީ.

 7. އދ ތި ނިންމި ނިންމުން ބާތިލް ކުރަންޖެހޭ . ނަޝީދު އަށް ކުރިމަތިނުލެވޭނެ އެއީ ބޮޑު ކުއްވެރިޔެއް އެއީ ދިވެހި ގައުމުގެ ވަލީއުލް އަމުރުކަަމަށް ކުފޫ ހަމަވާ މީހެއްނޫން .? އެއީ ވަރަށް ލާދީނީ މީހެއް.

 8. ބޭސްފަރުވާއަށޭ ކިޔާފަ ފިލީމަ، އަނެއްކާވެސް ހުކުމެއްކޮއްލީމަ ހުންނާނީ ރަނގަޅުވެފަ

 9. މިވާހސކަ އިއްޔެއިންސުރެ ރާއްޖެ ޓީބީން އެބަކިޔާ! މިހާރުނޫހުގަވެސް ވަރަށް އަވަސް އަރުވާލައިގެން މިޚަބަރު ލިޔެގެން އަދި އަމިއްލަޔަށް ކޮމެންޓްވެސް ލިޔަމުން އެބަދޭ

 10. މުހައްމަދުބެ

  ނަޝީދަކަށް އިންތިޚާބުގަިއ ބައިވެރިވެވޭނެ ގާނޫނި ހައިސިއްޔަތެއްނެތް

 11. ރާއްޖޭން އެބުނާ އެއްޗެއްގައި ސޮއިކުރުމަކުން ދިވެހި ގާނޫންގައި ލިޔެވިފައި ހުރި އެއްޗަކާ ހިލާފްވެވެން އޮތްކަމެއް ނުދެންހުރިން އަދި ގާނޫނެއް ބާތިލް ވާންކަމެއްވެސް ނުދެންހުރިން. އިސްކުރަން ޖެހޭނީ ގައުމުގެ މަސްލަހަތު ނަގަހައްޓަން ޖެހޭނީ ގައުމުގެ ގާނޫން.

 12. ރިޔާސީ އިންތާހާބުގައި ކުރިމަތިލެވޭނެ މީހުން ނިންމާނީ ޔޫއެން އަކުންނޫން ހެހެހެހެ

 13. އަވަހައް ތި އދ އިން ވަކިވެ ފަރަންޖީ ރާއްޖެ އައުން މަނާކުރަންވި އެއިރުން ތިބޭކީ ރާކަނި މަސްކެވިފައި؟

 14. މިސްރުގައި ބޭވި އިންތިހާބް ގައި މުރުސީއަށް ބައިވެރި ކުރުމަށް އދ ގޮވާނުލީ ކީއްވެ ދިވެހިންނޭ މިކަމާމެދު ވިސްނާ ފިކުރު ކޮށްލާ

 15. ޔޫއެން އިން ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭ... ސީރިޔާއަށް ބޮން އެޅީ ޔޫއެންގެ ރެސޮލޫޝަންތަކާ ހިލާފަ. އިރާގަށް ބޮން އަޅާ އެތައް ބަޔަކު މަރާލާ ސައްދާމް ހުސެއިން އީދު ދުވެހެއްގައި ދަންޖެއްސީވެސް ޔޫއެން ގެ ގަރާރުތަކާއި ރެސޮލޫޝަންތަކާ ހިލާފަ، ޔޫއެންގެ ގަރާރުތަކާ ހިލާފަ ފަލަސްތީނު މީހުން މަރާ ހުސްކުރާއިރު ޔޫއެންއިން ކުރި ކަމެއް ނެތެ. ޔަމަންގެ އެތައް ބަޔަކު ސައުދީން ބޮން އަޅާ މަރާލި އިރު ކުރި ކަމެއް ނެތް. ނެރުނު ގަރާރެއްވެސް ނެތް. ޔޫއެންގެ އެއްވެސް ގަރާރަކަށް އެމެރިކާ، އިޒްރޭލް އަދީ އީޔޫ ބޮލެއް ނުލަނބާ، ޔޫއެންނަކީ ހަމައެކަނި ބޮޑެތި ޖަރީމާ ތައް ހިނގާނިމުނީމަށް ކަންބޮޑުވުން ފާޅުކޮށްލަން ހަދާފައިވާ ތަނެއް. ޔޫއެން އަށް މުހިއްމީ ނަޝީދަ ވެރިކަމަށް ކުރިމަތި ލެވުންތޯ؟ އެއީތޯ ޔޫއެންގެ މޭންޑޭޓަކީ؟ ޔޫއެން އިން ވަކިވާންވީ ދޯ؟

 16. އދ ގަޔަށް ހީސް ލާބަލަ!

 17. ސަޅި ވަރަށް އޮބި ސަރުކާރުންޖެހޭނީ ރައީސް ނަޝީދަށް ފުރުޞަތުދޭން ދެން ރާކަނިމަސްކައި1

 18. އަލިފުދާލަކީ އެއްވެސް އަގެއް އޮތްތަނެއްނަމަށް ކުއްވެރިޔަކު ގައުމެއްގެ ވެރިކަމަށް ގެންނަން ބަހުސެއްވެސްްްްްްްްް ނުކުރީސް! ތިޔަ އަލިފުދާލުން ނޫތޯ އަބްދުއްލާ ގާޒީ ދޫކޮށްލުމަށް ސޮނިބެޔަށް އެންގީ!

 19. ޖެފް/ހުޅުމާލެ

  ﷲއިރާދަކުރެއްވިޔާ ދުވަހަކުވެސް ތިކަމެއްނުވާނެ. ކަށަވަރު ޔަގީންކުރައްވާ އަޅުގަނޑު ބުނީތީވެސް. ކެނެރީގޭ ނަސީދުގެ ނަން އޮންނާނެ އިންތިހާބެއް ދިވެހިރާއްޖެ އަކު ނުބާއްވާނެ ދުވަހަކުވެސް ދެން.، އެހެނީ ﷲއާ އެކަލާނގެ ލެއްވެވި ދީން އިސްލާމް ދީނުގެހ ހުކުމްތަަކަށް އަދި އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނުގެ ސުންނަތައް ފުރައްސާރަކުރި ފަހުން ތި ނަސީދުގެ ކަންކަން ދަނީ މުޅިންވެސް ސޮކުން. ވިސްނާލާށެވެ! އާރާއި ބާރުހުރި ވެރިކަމެއް ނިމިގެން ދިޔަ ހިމޭންކަމާ ޗާލުކަން ފެނި ދިރާސާކުރި ބަޔަކަށް ކަންކަން ވިސްނޭނެ! ވެރިކަން ދެއްވަނީ ﷲ ވެރިކަން ގެންދަވާނީވެސް ﷲ. ﷲ ހުސްތާޙިރުވަންތަކަމާއެވެ! ޔާﷲ .. އިސްލާމްދީނުގެ އަދުއްވުން މަދު ދިވެހިންކޮޅަކާ ގުޅިގެން ގެންނަން މިއުޅޭ ސަކަރާތުން ދިވެހިރާއްޖެ އާ ދިވެހިރާއްޖޭގެ މި އިސްލާމީ ދަރިފަސްކޮޅު ސަލާމަތް ކުރައްވާ ރައްކާތެރިކުރައްވާށި ތާއަބަދަށް. އެންމެހާ ހަމްދުސަނާ އާ ތައުރީފް ހައްގުވެ ލިބިވޮޑިގެންވަނީ އިބަﷲ އަށެވެ. އާމީން

 20. ބައިވެރި ނުކުރާނަން. މިސްޓަރބީން ބުނި ނުން އަލިފުދާލު އިން އަންގާނެއޭ މިވާހަކަ. ކޮން އަލިފެއް ދާލެއް. މީކަލޭމެންގެ ގައުމެއްތަ!

 21. އދ ވެސް މަހައްދޭ ފަރަންޖީން ކިތައްމެ ވަރެއްދެއްކިޔަސް މިގައުމުގަ އެހެން ދީންތަކަށް ފުރުސަތު ނުދެވޭނެ ތިކުޅެނީ ލެޔާ.....

 22. ތިބުނާ މުއާހަދާގައި އެބައޮތްތަ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ކަމެއްކުރަން އެއްބަސްވެފަ، ކެނެރީގޭ ނަޝީދަކީ ޓެރަރިޒަމްގެ ކުށް ޘާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި ހުރިމީހެއް، 13 އަހަރުގެ ޖަލުހުކުމެއްގައި ހުރިމީހަކަށް އިންޠިޚާބުގައި ދިވެހިރާއްޖޭގެ ޤަނޫނާއި ޤަވާޢިދާއެއްގޮތުގެ މަތިން ބައިވެރި ވުމުގެ އެއްވެސް ފުރުޞަތެއް އެބައޮތްތަ

  ޤުރޫޕަކުން ނިންމާ ކޮންމެކަމެއް ބަލައިގަންނާކަށް ނުޖެހޭ