އޮސްޓެރޭލިއާގެ އަލިފާނުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގެ ޖަމިއްޔާއަކުން މަސައްކަތް ފަށައިފިއެވެ.

މި ކެމްޕޭންއަކީ އޮސްޓްރޭލިއަން ޕީސް އޯގަނައިޒޭޝަން އާއި ގުޅިގެން ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ކުރިއަށްގެންދަން ނިންމާފައިވާ ކެމްޕޭނެކެވެ.

އޮސްޓްރޭލިއަން ޕީސް އޯގަނައިޒޭޝަން އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މިހާތަނަށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ ދަށުން އެއްކުރާ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އަލިފާނުގައި ހާލުގައި ޖެހުނު ފަރާތްތަށާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ރިލީފް އޯގަނައިޒޭޝަންތަކަށެވެ.

މި ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތެވެ.

????: ??? ???????
??????? ????: ???? ???????
??????? ??????: ????????????? | ???

އޮސްޓްރޭލިއާގެ ޖަންގަލީގައި ފެތުރިގެންދިޔަ އަލިފާންގަނޑަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރޯވި އަލިފާންގަނޑެކެވެ.

މި ކާރިސާގެ ސަބަބުން ޖަންގަލި އަދި ޕާކްތަކުގެ 10 މިލިއަން ހެކްޓަރ އަނދައިގެން ގޮސްފައިވާއިރު މިހާތަނަށް 26 މީހުން މަރުވެ އެތައްބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މީގެއިތުރުން އެއް މިލިއަން ޖަނަވާރު މަރުވެގެން ގޮސްފައިވެއެވެ.

އަދި އެ ސަރަހައްދުގައި ދިރިއުޅޭ 2570 ގެ އަނދައިގެން ގޮސްފައިވާއިރު 10000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށްވަނީ ބަދަލުކޮށްފައެވެ.

އޮސްޓްރޭލިއާގައި ފެތުރިފައިވާ އަލިފާންގަނޑު އިތުރު ހަފްތާތަކަށް ނުވަތަ މަސްތަކަށް ދެމިގެން ދިއުމަކީ އެކަށީގެންވާކަމެއްކަމަށް ދިރާސާކުރައްވާ ފަރާތްތަކަން ދެކެއެވެ. ނަމަވެސް މިވަގުތު އަލިފާންގަނޑުތައް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެހީ

    ރާއްޖޭގަ ބޭސްފަރުވާ ނުކުރެވިފަ، ހާލުގަ ޖެހިފަ ތިބި މީހުންނަށް ފުރަތަމަ އެހީތެރިކަމެއް ފޯރުކޮށްދީބަ. ހެޔޮނުވާނެ