ބަޣާވާތަކުން އެމްޑީޕީގެ ވެރިކަން ވައްޓާލިތާ 12 އަހަރުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ނަޝީދު މިހެން ވިދާޅުވީ، ހދ.ކުމުންދޫއަށް ވަޑައިގެން އެރަށުގައި މުޒާހަރާ ކުރަމުންދިޔަ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

"12 އަހަރުވެއްޖެ ބަޣާވާތަކަށްފަހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ސަރުކާރު ވައްޓާލިތާ. މިދިޔަ 12 އަހަރު ލާމަރުކަޒީ ނިޒާމު ރުޅާލައި މި އިން އެއްވެސް ރަށެއްގައި ކަމެއް ނުކޮށް، ޕީޕީއެމް ސަރުކާރުން އެ މީހުންގެ ސަރުކާރު ހިންގަމުންދިޔައީ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ހަތެއް ފެބްރުއަރީ 2012 ވަނަ އަހަރު އެވެ. އަދި ޕީޕީއެމް ރާއްޖޭގެ ވެރިކަން ކުރީ 2013 ވަނަ އަހަރުން ފެށިގެން 2018 އަށެވެ.

ރައީސް ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުގައި މިފަހަރު ގެންދަވަނީ އާދަޔާ ހިލާފަށް އިތުރުފުޅު ހައްދަވަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މީގެ ކުރިން އެމަނިކުފާނު ހއ. ދިއްދޫގައި ވިދާޅުވެފައި ވަނީ، މީގެ 12 އަހަރު ކުރިން އަމަނިކުފާނު ދިއްދޫގައި އެޅި ފްލެޓްތައް ރައީސް ޔާމީންގެ ވެރިކަމުގައި ހަވާލު ނުކުރުމުން، ވީރާނާ ވެފައިވާ ކަމަށެވެ.

ނަމަވެސް ދިއްދޫގައި ފްލެޓް އެޅީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

ނަޝީދު ވިދާޅުވީ، މިފަހަރުގެ ބެޖެޓުގައި ކުމުންދޫގެ ނަރުދަމާ ހިމެނިފައިވާ ކަމަށެވެ.

"މި ފަސް އަހަރު ނިމޭއިރު، އިރާދަކުރެވިއްޔާ ރާއްޖޭގައި ބާކީ މިއޮތް، ނަރުދަމާ އާއި ފެނުގެ ނިޒާމް ނުއުފެއްދި ބާކީ މިއޮތް ހުރިހާ ރަށެއްގައި ސަރުކާރުން ފެނާއި ނަރުދަމާގެ ނިޒާމް ގައިމްކޮށްދޭނެ" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. 7ފެބް

    ބަލަ ނަޝީދޫ 7 ފެބް ނުވެޔޭ އަދި އެހެންތާ ވާނީ ހަމައިގަ ނޫން ވީއްޔާ ހުންނަނީ

    71
    1
  2. ދދދދދދ

    12 އަހަރު ފާހަގަކުރަން ޕާޓީ ބާއްވަބަލަ. މިފަހަކަށް އައިސް ދިވެހިންގެ ހަޔާތުގަ އައި އެންމެ އުފާވެރި ދުވަސް އެއީ. ބޮނޑިބަތް ދޮލަނގެއް ކޮނޑަށް ލައިގެން ހިނގަންވީނު. އެއުފާވެރި ދުވަސް ހަނދާންކޮށްދިނީތީވެސް ޝުކުރުން ހިތްފުރި އުތުރިއަރާ.

    57
    1
  3. އަލް ނޫރު

    ގަމާރު

    60
    1
  4. ބުއްޅަބޭ

    ނަން ވާނީ އަދުރޭ...މިއަހަރު ފެ ބް 7 ވާނީ އަދި 8 އަހަރު ދޯ

    62
    1
  5. ޙަރާމް

    ދޮގުހެދުން ހުއްޓާލަން ވެއްޖެ އެއްނޫތަ

    62
    1
  6. މާކަނާ

    އެހެންވީމާ ނަޝީދު އެވަނީ 2008ވަނަ އަހަރު ބަޢާވާތަކުން ވެރިކަން ވައްޓަލާފައިތާ! 2008ވަނަ އަހަރުން ފެށިގެން 2020 އަށް ބާރަ އަހަރު . ދޮގު ހަދަމުން ހަދަމުން ގޮސް ތެދެއް ބުނަން ނުކުޅެދިފައި.

    46
  7. ކައްޗާކަލޯ

    ހިންގަން ނޭގިގެން ދޫކޮށްލި ހަދާން އެހެންމީހުންގެ އަދި ނުނެތޭ! މަށަކަށްއް ވާވަރުގެކަމެއްނޫނޭ ބުނެ އޮޑިން ފުއްމާލާފަވެސް ޙަގީގަތް ގަބޫލުކުރަން ހަމަ ލަދުގަންނަނީ ދޯ! ބަޣާވާތެއްތޯބަލަން ދުނިޔޭގެ މަޝްހޫރު އިންވެސްޓިގޭޓަރުން އައިސް ކުރި ތަޙްޤީޤްތަކުގެ ރިޕޯރޓް ތައް (ކަލެއަށް ވެރިކަން ލިބުނު ދުވަހަކުން ނައްތާލަން) އަދިވެސް ރައީސު އޮފީހުގައި ހުރިކަން ހަނދާންކޮށްދެން!

    38
    1
  8. Anonymous

    "ހަމަކަށަވަރުން ދޮގުހަދާ ކަން ކަށަވަރީ މާތްﷲ ބާވާލެއްވި އާޔަތްތަކަށް އީމާން ނުވާ މީހުން މެވެ."

    50
    1
  9. ޅލލލ

    ޙަމައިން ނެއްޓިފަ ހުރެގެން ކުރިކަމެއް ކުރީ...ބޮޑު ގަޅި.. ކޮން ބަޣާވަތެކޭ ކިޔާކަައް ތިހެން ތިބުނި ގަޑީގަވެސް ޔަގީން ހަމަ ނޫންކަން

    45
  10. އެންދެރި

    ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެ އެވެ.

    28
  11. ބްރޯ

    ބަގާވާތް ގެނައުމަށް މަސައްކަތް ކުރެއްވީކާކުބާ؟22ދުވަހާ22 ރޭވަންދެން ފަނޑިޔާރު ގެއްލުވާލައިގެން އުޅުމުން ފަނޑިޔާރު ދޫކުރުވަން ފެށި މުޒާހަރާ ހުއްޓުވަން ފެބްރުއަރީ މަހުގެ 5،އައި 6 ދުވަހުގެރޭގަ ބީޗް ސަރަހައްދުގަ އާއްމު ރައްޔިތުންން ކުރަމުންދިޔަ މުޒާހަރާ ގެ ސެކިއުރިޓީގަ ތިބި ފުލުހުންނާ ދެކޮޅަށްގައުމު ގަޑުބަޑުކުރުމަށް ބާރުގަ އޭރު ހުންނެވި ބޭފުޅަކު އާޓިފިސަލް ބީޗްގާތިބި ފުލުހުންނެރެ ސިފައިން އެތަނަށް ވައްދާ އަދި ސިފައިންވެސް އެތަނުންނެރެ މާރާމާރީ އާއި މީހުން މެރުމަށް ރާވާ ހެދުމަށްފަހު ރޭވިކަންތައް އަތުތެރޭން އޮޔާދިއުމުން މަގާމުން އިސްތިއުފާ ދެއްވުން އެއީ ބަގާވާތެއް ގެނެވުނީތޯ؟މިހާރުވެސް މިއޮތީ ގާނޫނުއަސސީ ގަޑުބަޑުކޮށް ބާރުތައް އަތަށްނެގި ވާހަކަ ލިއުއްވި ލިއުމުގެ ކޮޕީ .ބޭނުންފަރާތަކަށް ދޭންބޭނުން.

    29
    • ރައްޔިތުން

      މީ ހަމަ ވީ ގޮތް، އާޓިފިޝަލް ބީޗް އިން ފުލުހުން ނާއި ސިފައިން ދުރުކޮށް ތަޅާލާނެ ކުދިން ކޮޅެއްފޮނުވީ، ބިއްލޫރީގެ ވާރޭ ވެހުނު.. ޓީވީންއެމް އިން ވެސް ލައިވް ކޮށް ދެއްކި، މިހާރު ނޭންގޭ އެ ކަވަރޭޖް ހުންނާނެ ކަމެއްވެސް، ވެރިކަން ނިމިދިޔުން ވަރަށް ރަނގަޅަށް ޑޮކިއުމަންޓް ވަމުން ދިޔައީ ނަމަވެސް ފަހަކުން އެއެއް ނުފެނޭ ..

  12. މައުމޫނު

    ކޮންމެވެސް ކުއަޖަަކު އަހާލަބަ އިސްތިއުފާދީފަ އަނެއްދުވަހު ނިކުމެ މުޅިގައުމުގަ ހުޅުޖެހިތާ ކިތައް އަހަރު ވެއްޖެތޯ ހުތުބާ ވަގު ކައިރީގަ!

    36
  13. މުގާފިޤް

    މަށައްތަ މަށަކައް ދޮގެއްހެދެންއޮއްވައެއް ތެދެއްނެހެދޭނެ އެއީ އަހަރެންގެ ކަށީގަހިފާފަހުރިކަމެއް އެކަމާއެކަކުވެސް ކަންބޮޑުނުވާތި މަށަކީހަމަ އޭގެމީހެއް

  14. މަބޭ

    6 ފެބްރުވަރީގަހުންނެވީ ހަމަހެޔަކުނޫން 7ފެބރުވަރީހެންދުނު ހަމަހޭޖެހިގެން އިސްތިއުފާދިނީ 8ފެބްރުވަރީގަ ޕާޓީދަދަގިފައިގެންނުކުމް މުޅުގައުމުގަ ހުޅުޖަހާ ނިރުބަވެރިހަރަކާތްތައް ހިންގެވީ.

  15. ނުރަބޯ

    ހެޔޮނުވާނެ މިކަހަލަ ގަމާރު ބީތާއިން މީހުންކުރިމަތީ ވާހަކަ ދައްކަން ނުނެރެބަލަ. 2012 އިން 2020 އަށް 12 އަހަރު ނުވާނެކަން ކުޑަކުއްޖަކަށްވެސް އިނގޭނެ.

  16. Anonymous

    12 އަހަރު ވިއްޔާ މީނައަށް ވެރިކަމަށް އެރުނީ ބަޣާވާތަކުންނޭ ދޯ މި ކިޔަނީ. އޮޅިގެންވެސް ތެދެއް ތޯއްޗެއް މިފަހަރު މިހެދުނީ

  17. އަލީ

    އަންނީ... ކަލެއާ ކަލޭގެ އާއިލާ ނުކުރޭތަ މިޤައުމުގަ ބަޣާވާތެއް... 19 ދިވެހިންގެ ލޭބުއީ ކޮން ބައެއްބާ.... އަނގައެއް އޮތަކަސް ކާޅެއް ނުކާނެ..

  18. ރައްޔިތުން

    ބަގާވާތެއް ނުކުރޭދޯ... ވެރިކަން ކުރަން ނޭންގުނީމަ އަތައް ގޮޮވީ.. ދެން ބޯގޮވައިގެން އިސްތިއުފާ ދިނީ.. ވިސްނުނީ ގެއައް ގޮސް އަހުވާނުންނާ ވާހަކަ ދައްކާލީމަ މި ކުރެވުނު ކަމެއް، ދެން ފެށީ ގައުމު ހަލާކުކުރުމުގެ މަސައްކަތް

  19. ލަދު

    ރައީސް ނަޝީދު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ކޮން މޮޔައެއް ތިގޮވަނީ ތީބޮޑު ބޮޑު ބުރާންޗެށް؟؟؟؟؟

  20. ބާރަ

    ދެބަންދިހާރު ވެފަ ހުއްޓަސް ބޮޑުވަރު. ޚިހިނެއްބާ 12ހަމަ ކުރީ

  21. ހާލިިިދު

    މީހުން ވަހީދް ދެކެ ނަފްރަތް ކުރުވަން ނަޝީދު ކުރި ކަމެއް..އެކަމް ކުރީގެ ރައީސް ވަހީދް އަކީ އިޙްްލާސްްތެރި އެއް..