ރައްޔިތުންގެ މަޖިލިސް ހިނގަނީ އެންމެ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިރޭ ކުޅުދުއްފުށީގައި ބާއްވަމުން ގެންދާ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއަށް ވަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާތީ މިރޭ އެކަމަށް ރައްދު ދެއްވާ ރައީސް ޞާލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގާނެ ގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތް. އަޅުގަނޑު 25 އަހަރު ރައްޔިތުން މަޖިލީހުގައި އިނިން. ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން 10 އަހަރު ވަންދެން ކުރިން. އެހެންވީމަ ރައްޔިތުންގެ މަޖިލިސް ހިނގާނެ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ މިހާރު އައިސްފައިވާ ބަދަލަކީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރައީސް ކަމަށް އައިސްފައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވަޑައިގަތުން ކަމަށާއި، އެއީ މިކަން ވާން އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކުޅުދުއްފުށީގައި ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ރައީސް ޞާލިހް ވިދާޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވަރަށް ގިނަ ވައުދުތައް އެމަނިކުފާނު ވެވަޑައިގެންފައި ވާނެ ކަމަށާއި މިހާރު އެކަންކަން ފުރިހަމަ ކުރެވެމުންދާ ކަމަށެވެ.

"މިރޭ އަޅުގަނޑު މިހުރީ ކުޅުދުއްފުށީ ސިޓީގައި. ކުޅުދުއްފުށި ސިޓީއަކަށް ހެދުމަކީ މި ރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް. މިރަށުގެ ތަރައްޤީއަށް ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި. އަދި މި އަތޮޅުގެ ތަރައްޤީ އަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް ވެސް އެބަހުރި. ތިލަދުއްމައްޗަށް ތަރައްޤީ ގެންނަން ޖެހެނީ މިއަތޮޅު ތަރައްޤީ ކުރުމުން އެކަމުގެ އަސަރު އުތުރުގެ އަތޮޅުތަކަށް ކުރާނެތީ. އަޅުގަނޑުމެން މިދަނީ ވައުދުވި ގޮތައް ކަންތައްތައް ކުރަމުން. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތާއި އެކު ވަރަށް ބޮޑަށް ވައުދުތައް ފުއްދުމުގައި ފަސޭހަތައް ލިބުނު." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުން ކަމަށާއި އެހެންކަމުން އެކަން ކުރެވޭނީ ވައުދުތައް ފުއްދުމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކައުންސިލަރުންނަށް ވޯޓް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ތިލަދުއްމަތީގެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި ސަރަހައްދުގެ އިޤުތިޞާދީ ހަބެއްގެ ގޮތުގައި ކުޅުދުއްފުށި ތަރައްޤީ ކުރަން އަޅުގަނޑުމެން ވާނީ ނިންމާފައި. އެ ޕްލޭނާއި އެއްގޮތައް މި ދަނީ މަސައްކަތް ކުރަމުން. ބޮޑު ބަދަރެއް އެދަނީ ހެދެމުން. ކުޅުދުއްފުށީ ހޮސްޕިޓަލް އެންމެ ފުރިހަމަ ހޮސްޕިޓަލަކަށް ހަދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި މީގެ ކުރިން ހަދަން ފަށައި ނުނިމި ހުރި ފްލެޓްތަކާއި، ހަދަން ބުނެ ހަދަން ނުފެށި ފްލެޓްތައް ވެސް އެބަހުރި ކަމަށެވެ. "މި ދެންނެވި ހައުސިން ޔުނިޓްތައް ނިންމާ ރައްޔިތުންނާއި ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަނަމަނަ

    ރައީސް ސޯލިހުހުންނެވީ ރަގަޅު ސިއްހަތެއްގެބާ ؟؟؟

    34
    1
  2. Anonymous

    ރަގަޅަށް ހިނގަނީ ދޮޅު އަހަރު ނިމިގެން ދިޔައިރު ރައްޔިތުންނަށް ވީ މޮޅެން ނެތް. ދޮޅު އަހަރު ވަންދެން އުޅުނީ ދައުލަތުގެ ތިން ބާރުން އެއް ބާރު އަތްދަށުލައި ރައްޔިތުން ފައިސާ އިން ސިޔާސީ ވަޒީފާ އާއި ބަދަލު ދިނުމުގައި

    38
    • އައްޔަ

      100 ޕަސެންޓު ތެދު ވާހަކައެއް

      22
      7
  3. Anonymous

    އެމްޑީޕީ: ވެރިކަން ބަދަލުކޮށްލަދޭން ވޯޓުދީ އޭރުން ފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭނަން
    ރައްޔިތުން: އޯކޭ އިބޫ ވޯޓުދޭނަން
    އެމްޑީޕީ: މަޖިލިސް ސުޕަރ މެޖޯރިޓީ ހޯދައިދީ އޭރުން މިނިމަން ވޭޖް ކަނޑައަޅާދޭނަން
    ރައްޔިތުން: އޯކޭ
    އެމްޑީޕީ: ލޯކަލް ކައުންސިލް އިންތިޙާބަށް އެމްޑީޕީ ކެޑިޑޭޓުންނަށް ވޯޓު ލާދީ އޭރުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކޮށް ކައުންސިލް ތަކަށް ބާރު ދޭނަން
    ރައްޔިތުން: ސޮރީ އެމްޑީޕީ އަށް ވޯޓް ދެވޭ ކަން ނެތް. ލަދީނީ ބައެއް ދައްކަނީ ނަނާ ހުވަފެން

    33
    1
  4. ދެންހަމަ

    ނަސީދު މަގުމަތީ އޮރިޔާމުން ހިނގިޔަސް ސޯލިހައް ރަނގަޅުވާނެ އެއިރުންވިއްޔާ ކަމެއް ރައްޔިތުންނައް ކޮއްނުދީ ދައުރު ނިންމާލެވޭނީ!!

    36
  5. ޅލލލ

    ގައުމު ހިންގަން ނޭނގިގެން އުޅޭ މީހަކަށް މަޖިލިސް ހިނގަނީ ރަނގަޅަ ކަަން އެނގޭ ތަ؟ ރައީސް އޭ ބުނަން ވެސް ލަދު ގަނޭ...

    34
    1
  6. އަހުމަދު

    ހުސް ވައުދު ވުން ނޫން ކަމެއް ކު ރެވިއްޖެ ތޯ. ހު ރިހާ ކަމެއް ވެސް ފެށުމުގެ މަގުމަތީ .

    20
  7. Anonymous

    ޕާލިމެންޓަ ރީ ގު ރޫޕްގެ ލީޑަ ރަކަށްވެހު ރެ މަޖިލިސް ކު ރާގެ އެފުއް މިފުށަށް ޖަހާ ގާނޫނުއަސާސީއަށް ފައިންއަ ރާ ހެދިއި ރުވެސް އަނގައިން އުއްޕުވެސް ނުބުނެ ހު ރިމީހާ، ހަމަ އެބީދައިން ގައުމުގެ ކަންކަންވެސް މިދަނީ.

    20
  8. ސައްޓި

    ގޯނިބޭ ކުޑައަލީވެސް ތިކަހަލަ ވައުދުވިޔޭ ހުޅުލޭ ދެކުނުގައި އޮތް ގާދޫގައި ކުޑަ ގެއެއްގެތެރޭ އިދެ.

  9. Anonymous

    ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ކަން ދިވެހިން މާކުރިންވެސް ދަނޭ

  10. ރާއްޖެ

    މަނިކުފާނު މަޖިލީހުގަ ވީ 25 އަހަރުތެރޭ އެންމެ ގާނޫނެއް ވެސް ޑްރާފްޓް ކުރެއްވިންތޯ؟

  11. Anonymous

    ސަރުކާރުން ހިންގަން ނޭނގޭ ބަޔަކަށް ކިހިނެއްތަ އިންގޭނީ މަޖިލިސް ހިނގަނީ ރަގަޅަކަމެއް

  12. Anonymous

    ރައްޔިތުންގެ މަޖްލީސް ހިނގަނީ ރަނގަޅަކަށް ނުން! ނަޝީދު ހުރެގެން އެތަކުގެ އިއްޒަތާއި ކަރާމަތް ކެނޑެނީ. އަޑީނޭނގޭ ކަންތައްތަކެއް ހިންގަން އުޅޭ ތަނެއް. ދީނީ މިނިވަންކަން ހޯދާދޭން އުޅޭ ތަނެއް. ރަނގަޅަށް ވިއްޔާ އެބިލް ކައުސިން މެޖޯރިޓީ ލިބޭ ގޮތަކުން ފާސް ކުރާނޭ. ދިވެހިން މިދުވަސް ދެކޭނެ ދާދި އަވަހައް!

  13. އަލީ

    މަޖިލިސް ހިނަގނީ ގޯސްކޮށޭ ބުނެފިނަމަ ތިޔަ މަޤާމުގަ ނުހުރެވޭނެ. ތިޔައީ މި ޤަައުމަށް ޖެހިފަވާ އެންމެ ބޮޑު އުނދަގޫ ކަމަށްވާ ކެނެރީގޭ ޖާހިލު ސޮރުގެ ޕަޕެޓެއް.. އެހެންވީމަ ބިރުންވެސް ޖެހޭނީ ކިޔަމަންވާން.. ހެހެހެހެ

  14. އަލީ

    އެއީތެދެއް. 20އަހަރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޫނުކުރި. އެތަނުގައިވެސް ރައްޔިތުންނަށްފައިދާހުރި އެއްވެސްކަމެއް ނުކުރޭ. ބަޖެޓަށްވެސް ވޯޓްނުދޭ. އެވަރުގެ ނުލަފާކަން މަޖިލީހުގައިވަނީ ދައްކާފާ.

  15. އަޙުމަދު މުޙައްމަދު

    އެމްޑީޕީ: ވެރިކަން ބަދަލުކޮށްލަދޭން ވޯޓުދީ އޭރުން ފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭނަން
    ރައްޔިތުން: އޯކޭ އިބޫ ވޯޓުދޭނަން
    އެމްޑީޕީ: މަޖިލިސް ސުޕަރ މެޖޯރިޓީ ހޯދައިދީ އޭރުން މިނިމަން ވޭޖް ކަނޑައަޅާދޭނަން
    ރައްޔިތުން: އޯކޭ
    އެމްޑީޕީ: ލޯކަލް ކައުންސިލް އިންތިޙާބަށް އެމްޑީޕީ ކެޑިޑޭޓުންނަށް ވޯޓު ލާދީ އޭރުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކޮށް ކައުންސިލް ތަކަށް ބާރު ދޭނަން
    ރައްޔިތުން: ސޮރީ އެމްޑީޕީ އަށް ވޯޓް ދެވޭ ކަން ނެތް. ލަދީނީ ބައެއް ދައްކަނީ ނަނާ ހުވަފެން