މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:35

23:35

22:37

ފުލުހުންގެ ތަރުޖަމާން މިރޭ ރުޅިގަދަވެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދޭން ދެކޮޅު ހަދައިފިއެވެ.

21:30

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް މ.ޗަބޭލީމާގެ އަހްމަދު ޝާހިދު (ސާބެ) ކަނޑައަޅާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި. ސާބެ އަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން.

21:23

އުމުރުން ދުވަސްވީ ފިރިހެނަކު ދެއަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

21:02

އަމާޒަކީ ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުން ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިންގްލެންޑުގެ ޖުދާން އަލީ ބުނެފި އެވެ.

19:42

މިފަހަކަށް އައިސް އުމުރުން ދުވަސްވީ މީހުން ވަނީ ފޭރޭ މީހުންގެ ޝިކާރަ އަކަށް ވެފައި.

18:52

15:12

ގދ. ތިނަދޫގައި ކުދި މަސް ނަގަން ޑައިވިންގއަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ.

14:02

އަޅުކަން ކުރާ ބުދެއް ރަކީދޫ ގޮނޑުދޮށަށް ލައްގައިފި.

13:59

މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްދޭ މިސްކިތެއްގެ ބިންގާ މިއަދު އަޅައިފި.

13:49

ފެނާއި ނަރުދަމާ ގާއިމްކޮށް ބަނދަރު ހަދަން އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި.

13:46

ކ. ގިރިފުށީ ޖެޓީ ސަރަހައްދަށް ގޮތް ނޭނގޭ އެއްޗެއް ލައްގައިފި.

13:30

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ" ލ.މާބައިދޫގައިވެސް ވިއްކަން ފަށައިފިއެވެ.

13:29

ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދީފިއެވެ.

13:10

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސަތުތައް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

13:03

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ބޮޑެތި މުސާރަތަކެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

12:50

ހިމަބިހިން ރައްކާތެރިވުމަށް އެމް.އާރް ވެކްސިން ނުޖަހާ އެއްވެސް ކުޑަކުއްޖަކު ހުރެއްޖެނަމަ ވީ އެންމެ އަވަހަކަށް އެ ވެކްސިން ކުއްޖާއަށް ދިނުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

12:44

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމަށް ނިންމާފައިވާ ކަމަށް، މަޖިލިސް މެންބަރުންނާއި އެހެނިހެން ބައެއް ފަރާތްތަކުން ހާމަކުރަމުން ގެންދިއުމާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފިއެވެ.

12:34

11:45

މުފްތީ މެންކް މާދަމާ އިސްލާމީ މަރުކަޒުގައި ދެއްވާ ހުތުބާ ވަގުތުން ލައިވް ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

11:17

ހއ.ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލައިގެ ޝަރީޢަތް އަދިވެސް ފެށިފައެއް ނުވެއެވެ. ނަމަވެސް މިއަދު ވެސް ވަނީ އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.

10:49

ހދ. ކުޅުދުއްފުށީ ސިޓީގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ބަދަލުގައި އެ ފެންވަރުގެ އާ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

10:27

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ކޮންގްރެސް އިން ނިންމާފައި އޮތް ނިންމުން ސެނެޓަށް ފޮނުވަން ކޮންގްރެސް އިން ފާސްކޮށްފިއެވެ.

10:14

އިދިކޮޅުން މަސައްކަތް ކުރަމުން އަންނަނީ ފިތުނަ އުފެއްދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމްް ޝުޖާއު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

10:07

ހދ.ކުޅުދުއްފުށީގައި ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ރައްދު ދެއްވައިފިއެވެ.

09:46

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

09:45

ގޮށްރާޅުން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވި ބަތަލާ އާޝާއާއި ޖުމަލްގެ ލޯބީގެ ގުޅުމަށް ނިމުން އަތުވެއްޖެއެވެ.

https://twitter.com/VaguthuOnline/status/1217669066124480512

 

09:25

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓާއި މެދު ހިތްހަމަ ނުޖެހޭކަމަށް ދޭހަވާ މޭރުމަކުން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވާހަކަފުޅު ދައްކަވައިފިއެވެ.

09:03

ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވާ އަންހެނަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

https://twitter.com/VaguthuOnline/status/1217658226994372608

08:36

އެފަދަ ދެވަނައެއް ނެތް ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އޭނާގެ ލޯބިވެރިޔާ ޖޯއީ އަލްވިން އާއަހަރުގެ ޗުއްޓީ ހޭދަކުރީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

ފަހަކަށް އައިސް އެމެރިކާ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

 

08:11

ބޭނުންވާ އަދަދަށް ކަނބަލުން ކުރިމަތި ނުލައިފިނަމަ، ޤާނޫނީ ހުސްކަމަކަށް ބައެއް ކައުންސިލްތައް ހިނގައިދާނެ ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ. ބޭނުންވާ އަދަދަށް އަންހެނުން ކައުންސިލްތަކަށް ކުރިމަތިނުލައިފިނަމަ ދެން ހަދަންވީ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

00:53

މިހާރު ދެމުންދާ ހަމަލާތައް

 

00:48

އިސްރާޢީލުން މިހާރު ގެންދަނީ ޣައްޒާއަށް ވައިގެ މަގުން ހަމަލާދެމުން. އިސްރާޢީލް އިން ބުނީ ޣައްޒާއަށް ހަމަލާތައް ދެނީ މިއަދު ޢައްޒާއިން އިސްރާޢީލަށް 4 ރޮކެޓް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ކަމަށް.

00:33

ފޯޓްރިކޯ އަށް ރެކްޓަރ މިންގަޑުން5.1 ބާރު މިނުގައި ބިންހެލުމެއް އައިސްފި. މިދިޔަ 19 ދުވަހުގެ ތެރޭގައި މިހާތަނަށް އެމެރިކާގެ ސަރަހައްދުތަކަށް 1,280 ބިންެލުން އައިސްފައިވާކަން ފާހަގަކޮށްލެވޭ.

ފާއިތުވި 24 ގަޑިއިރު ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބުނު މުހިއްމު ޚަބަރުތަކަށް ބަލާއިރު އެންމެ މުހިއްމު އެއް ޚަބަރަކީ ހިމަބިއްސަށް ޓެސްޓް ކުރި އެއްވެސް މީހަކު އެބައްޔަށް ޕޮޒިޓްވި ނުވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވި ޚަބަރެވެ.

މިއަދު ވެސް ކުއްލި މަރުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އޭގެ ތެރެއިން ފުރަތަމަ ހާދިސާ އަކީ އައްޑޫ ސިޓީ އިސްމެހެލާ ހެރައިގައި ހިންގަމުން އަންނަ ސައުތް ޕާލް ރިސޯޓުގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނުނު ހާދިސާއެވެ.

ފާއިތުވި ދެ ދުވަސް ތެރޭގައި ކުއްލި މަރުތަކުގައި ތިން މީހަކު މިވަނީ ނިޔާވެފައެވެ. އެއީ ތިން ދިވެހިންނެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޞާލިހް މިއަދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ކައުންސިލަރުންގެ މުސާރައަށް ގެންނަން ސަރުކާރުން ބޭނުންވާ ބަދަލުތަކުގެ ތަފްސީލް ވެސް މިއަދު ހިއްސާ ކުރައްވާފައެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު މިއަދު ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ޚަބަރަކީ ރަޝިއާގެ ސަރުކާރު އިސްތިއުފާ ދެއްވި ޚަބަރެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ވެރިކަމަށް 20 އަހަރު ވެފައި ވާއިރު މިއީ އަނެއްކާވެސް އިތުރަށް ވެރިކަމުގައި ހުންނަވަން ޕޫޓިން ރާއްވަވަމުން ގެންދަވާ ރޭއްވެވުމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.