އެމްޑީޕީ އިން ބޭނުންވަނީ އެހެން ގޮތެއް ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ވެސް އަދި އުއްމީދަކީ ވެސް ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ހދ.ކުޅުދުއްފުށީގައި މިރޭ ބާއްވަމުން ގެންދާ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ވެސް އުއްމީދު ކުރަމުން ގެންދަނީ އެހެން ގޮތެއް ހޯދަން ކަމަށާއި އެގޮތް އެމްޑީޕީ އިން ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ރައްޔިތުން އުއްމީދު ކުރައްވާނެ އަނެއް ގޮތް ހޯދައި ދިނުމަށް. އަބަދުވެސް އެމްޑީޕީގެ އަމާޒަކީ އަނެއް ގޮތް ހޯދައިދިނުން. ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުން." ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަލަހައްޓަމުން އައި ދަރިއެއް ކަމަށާއި ނަމަވެސް ޕީޕީއެމް އިން ވަނީ ލާމަރުކަޒީ ނިޒާމް ޅަފަތުގައި ހަލާކު ކޮށްލަން މަސައްކަތް ކޮށްފައި ކަމަށެވެ.
"ޕީޕީއެމް އިން ފަސް އަހަރު ތެރޭގައި ލާމަރުކަޒީ ޤާނޫނު ފަސް ފަހަރަށް އުލު ބަންދައިފި. ލާމަރުކަޒީ ނިޒާމް ހަލާކު ކޮށްލުމަށް ފަސް އިސްލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤާނޫނު އަސާސީގައި ހުރި ރޫހު ވަނީ އެކުގައި ގެއްލުވާލާފައި. އަޅުގަނޑުމެން އަނެއްކާވެސް އައިސް މިތިބީ އެ ގެއްލުން ރަނގަޅު ކުރަން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރައީސް ޞާލިހަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ އުމުރުފުޅުން 20-22 އަހަރުގައި ލާމަރުކަޒީ ޤާނޫނުގެ ވިސްނުން އެމަނިކުފާނުގެ ސިކުނޑިއަށް ފޯރުކޮށްދެއްވި ބޭފުޅަކީ ރައީސް ޞާލިހް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ މަސައްކަތް ކުރިއަށްދާގޮތް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަށް ނޭނގޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެނގޭނެ ކަންކަން ވަރަށް ސާފު ކަމަށެވެ. "އެއް ކަމަކީ އަޅުގަނޑުމެންނާއި ދިމާއަށް ލާދީނީއޭ ގޮވުން. އެއީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫން. ދެން. ދޮގު ހެދުން، ދެބަ އޮޑުވުން. ފިތުނަ އުފެއްދުން. ގައުމެއް ހަލާކު ވެގެން ދާނެ އެންމެހާ ކަމެއް އެދަނީ ކުރަމުން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ޞާލިހް އެކުގައި ނިކުތުމުން ސިޔާސީ ވާދަވެރިންނަށް އެބޭފުޅުން ބަލި ނުކުރެވޭނެ ކަމަށާއި އެކަން ކުރިން އޮންނާނީ ސާބިތުކޮށްދެއްވާފައި ކަމަށެވެ. "އަޅުގަނޑުމެން ދެމީހުން އެކުގައި ނިކުންނަ ކޮންމެ ފަހަރަކު ބޮޑުތަނުން އިދިކޮޅު ސިޔާސީ ފަރާތްތައް ބަލިކޮށްފައި ވާނެ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެމްޑީޕީ އިން ކުރަމުން ގެންދަނީ ގައުމީ މަސައްކަތެއް ކަމަށާއި މިއީ ވެރިކަމުގެ ލައްޒަތު ބޭނުމުގައި ކުރަމުން ގެންދާ ކަމެއް ނޫން ކަމަށެވެ.
ޜައްޔިތުން ނޫޅެ ވަކި ގޮތެއް ބޭނުން ވެގެނެތް ކަލޭ ބޭނުން ވެގެން ތިއުޅެނީ އިސްލާމް ދީން ރާއްޖެއިން ފޮހެލާން...ލަދް ކުޑަ ނަަޝީދް
ޥ ސާފު.. އެހެން ގޮތަކީ ދީނީ މިނިވަންކަން.. މިވެރިކަމުގައި ދީނަށް ކުރި ފުރައްސާރަ އެކަނިވެސް ތިޔަ ބުނި ބަސް ތަރުޖަމާވޭ
މީ ގައުމުން ބޭރުކުރަންޖެހޭ ލާދީނީ ބޮޑު ވެކްސިން.
ވިދާލުވެބަލަ މިގައުމަށް ކޮންޚިދުމަތެއްތޯ ކޮށްދެވުނީ! ގައުމުގައި ހުޅުޖެއްސެވި.ދީނަށް ފުރައްސާރަކުރި. ޜައްޔިތުންގެ ތެރޭގައި ފިތުނަފަސާދަ އުފެއްދެވި.މުޖުތަމައުތެރޭގައި ގަބޫލުކުރަމުންދިޔަ ރީތި އަގުތަށް ފުޑާލި.ދިވެހިރައްޔިތަކަށްވީތީ ގައުމު ލަދުގަނޭ.
މި ބަލާއިން މި ރީތިދިވެހިރާއްޖެ ސަލާމަތްވާނީ ކޮންއިރަކުންބާ ޔާﷲމިބައިގަނޑުކިބައިން ވިސްނޭ ދިވެހިންނާ މިގައުމު އަބަދުގެ އަބަދައް ސަލާމަތް ކޮއްދެއްވާފާންދޭ އާމީން
ނަޝީދު ވެރިކަމާ ޙަވާލުވެ ފުރަތަމަކުރިކަމަކީ އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކުގަހުރި ރައްޔަތުން ބުރަމަސައްކަތްކޮށްގެން ހޯދާއެއްކޮއްފަހުރިފައިސާ މާލެގެނެސް އަތޮޅުތައްއިދަޖައްސާލީ. އެމްޑީޕީގެ އިސްމީހުންނަކީ ލާމަރުކަޒީ ނިޒާމް ދައްނަބައެެއްނޫން. ނަޝީދު ގެއްނަ އެހެންގޮތަކީ ޤައުމު އިންޑިޔާއަށް އަޅުވެތިކުރުން. ދިވެހިރައްޔަތުން މި ސަރުކާރުގެ ވެރިންނަށް މަޢާފެއްނުކުރާނެ. ﷲ ގެ ވާގިފުޅާއެކު ޤައުމު މިނިވަންކުރާނެ. ޖަޒީރާ ދިވެހިބަހައް ތަރުޖަމާކުރީމަ ކިޔަނީ ސިޓީއެއްނޫން. ދެކޮޅުނުޖެހޭ ވާހަކަނުދައްކާ އިސްތިޢުފާދީ.
ޢަނެއްގޮތްއަހަރެމެންބޭނުމެއްނޫން
އެނެއްގޮތް އެއީ އިސްލާމްދީން ނޫން އެހެން ގޮތްތޯ ؟
އަނެއް ގޮތް ނެތޭ ސާފުކޮށް ކިޔާދެވޭކަށް. އެހެންވެ ހަމަ ހީލިއަރަނީ އެވާހަކަ ދައްކާ ހިތުން. ކޮންމެވެސް ނުގޮތަކަށް އަނެއް ގޮތް ކިޔައިދޭން އެއުޅެނީ. ދެން އެވާހަކަ ގެޓްވާ ބަޔަކަށް ގެޓްވާންވީ.
ޝެއިހުންގެ އަނގަމަތީ ޓޭޕްއެޅުމަށްފަހު އަނެއްކާ ލާދީނީ ފިކު ރާއިގެން ކު ރިޔަށްދަނީ. އިޔާޒް އިމް ރާން. ޢިލްޔާސްމެނަށް ވަ ރަށް ވެދުން. ދުނިޔެ ހަކު ރާޖަހައިގެން ކަމުންތިދަނީ.
މިއީ ނަޝީދު އެކަނި ގައުމެއްތަ؟
"އެއް ކަމަކީ އަޅުގަނޑުމެންނާއި ދިމާއަށް ލާދީނީއޭ ގޮވުން. އެއީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫން. ދެން. ދޮގު ހެދުން، ދެބަ އޮޑުވުން. ފިތުނަ އުފެއްދުން. ގައުމެއް ހަލާކު ވެގެން ދާނެ އެންމެހާ ކަމެއް އެދަނީ ކުރަމުން އެއީކޮންބައެއްބާ އެއީތަ އެއީ އެމްޑީޕީ ރައީސް ނަޝީދު ވިދާޅުވިއެވެ
ތީވެރިކަންހޯދާދޭން ފަންޑުކުރިމީހުންކޮއްފަވާސަރުތެއް ރާއްޖެއެހެންގޮތަކައްބަދަލުކުރުން އެގޮތަކީ އެހެންދީންތަކައްފުރުސަތުދިނުން ނިސީދުނޫންތޯ އެމީހުންކައިރީ ވައުދުވީ ވެރިކަންހޯދަދީފިނަމަ ރާއްޖޭގައި އެމީހުންބޭނުންވާހުރިހާކަމެއްކުރެވޭނޭ
1 ޖީއެސްޓިގެ ނަމުގައި ޖިޒީނަގައިގެން ނެޕީން ފެށިގެން ކަފުނާ ހަަމަޔައް 6% ޖިޒީދައްކައިގެން ރައްޔަތުން ގެންގުޅެން އަޅުވެތި މީތޯތިޔަބުނާ އެހެންގޮތަކީ ރުފިޔާ ރުފިޔާ ތަސްބީހައެއްހެންކިޔާލަ ކިޔާލަ ތިޔަތިބެނީ ލާމަރުކަޒީބާރޭ ބުނާއިރު ރައްޔަތުން ހިންގަމުން އައި އިންޖީނުގެތައް
2 މީއެބުނާ އެހެންގޮތެއް) އިންޖީނުގެތައް ދޯރިނެއް ބޯލްޕޮއިންޓް ގަލަމެއް ޖީބައްޖަހައިގެން އައި ޔުޓްލިޓީކިޔާ ބައިގަޑަކައް ބަދަލްދޭނަމޭކިޔާފަ ދަމައިގަތީ ގަދަކަމުން މަކަރާ ހީލަތުން ސްކޫލް ތަކާ ސަރުކާރުގެ އިމާރާއްތަކުން ކަރަންޓް ބިލްނުދައްކާ ދަރުވާލީ ރައްރަށުގެ އަންހެނުން ކޮމެޓިތަކާ ފިރިހެނުންގެ ކޮމެޓިތަކުގަހުރި ރުފިޔާކޯޅުވެސް ގެނައީ އެބުނާ އެހެން ގޮތއެއގެ ދަށުން ގެސްޓް ހައުވް ވިޔަފާރި ކުރާތީވެސް އެކަމުން އިތުރުޓެކްސް ނަގަންފެށިވެސް ރައްޔަތުން އިނދަޖައްސާލަން ވެދުން
"......އެއް ކަމަކީ އަޅުގަނޑުމެންނާއި ދިމާއަށް ލާދީނީއޭ ގޮވުން..."
ކީއްވެގެންތަ އެހެން ގޮވަންވީ ؟ ???
ކޮއްމެވެސް މީހަކު ބުނި ކަމަށްވަނީ މނޑ އިން ނެރުނު ރިޕޯޓްގައި މަދުވަނީ ރަސޫލާއަށް ސަލަވާތް ފާތިހާ ހިމެނުން އެކަނިކަމަށް.
ޑެބްމާކްގައިވެސް އެހެން ގޮތެއް، އަލްޓަނޭޓިވް އެއްގެ ވާހަކަ މީހަކު ކިޔައިދިން.
އެހެން ކޮންމެ ގޮތަކަސް ހެޔޮތަ
އޭކަލޭ މަޖިލީހުގެ ރައީސްކަމުން ހަމަ މިހާރު އިސްތިއުފާދީ ކަލެޔަކީ ލާދީނީ މީހެއް.
އެހެން ގޮތަކީ މިނިވަން ފިކުރު އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދިނުން
އަނެއްގޮތެއް އެހެން ފޮތެއް މީކިހާބޮޑު ވަބާއެއް މިގައުމައްޖެހިފަހު ރި، މިކަލޭގެކިބަ އިން މިލޮބުވެތި ގައުމްް ސަލާމަތް ކޮށްދެއްވުން އެދެން
އެހެން ކަމެއް؟؟؟ އެހެން ގޮތެއް؟؟؟
މިއީ އަބަދުވެސް އެހެން ގޮތެއް ހޯދަން އުޅޭ މީހެއް. އެއީ ކޮންގޮތެއް ތޯ ބަލަން އެބަޖެހޭ.
ﷲގެ އިރާދަފުޅުން ތިބޭނުންވެގެން އުޅޭ ގޮތެއް ނުގެނެވޭނެ. އިސްލާމް ދީނަކީ ކަލޭމެން ގެނައި ދީނެއްނުން. އެއެއް ފުހައެއް ނުލެވޭނެ.
އޭ ޢާބިދާގޭ ކެރަފާ މުޙައްމަދު އެވެ. ކަލޭގެ ނުބައި ނުލަފާ ކަމުގައި ދައްކާ ކޮންމެ ވާހަކައަކަށް މި އިސްލާމީ ދިވެހި ރައްޔުތުން އަބަދަކު ޢާނދޮގޭ އެކޭ ނުކިޔާނެއެވެ. "ބޯންޖެހޭނޭ ބޮވެންޖެހޭނޭ، އެންމެނަކު އަބަދަކު ހަމައިގެ ތިބެން ޖެހޭނެކަމަކަށް ދެކޭނެކަމަކު ނެތޭ، ، މާތް ރަސޫލާއަށް ނިސްބަތްވާގޮތަށް ''''''''' ޞަލަވާތްކިޔަވާކަށް ނިޖެހޭނޭ، ދޮންމީހުން އުޅޭގޮތަށް އުޅެންޖެހޭނޭ، މާތްﷲ ގެ ވަޙީބަސްފުޅާއި މާތް ރަސޫލާގެ ދަދީޘް ނޫން އެހެންގޮތެއް ހޯދަން އެބަޖެހެއޭ، އހެން ޕާޓީގެ މީހަކަު ކަމަކަށް އަތުވެއްޖިއްޔާ ހުރި ނުބައިކަން ދައްކާލާނަމޭ" މިފަދަ ބަސްތައް ގޮވާހަދާފައި ދިވެހި އިސްލާމީ ރައްޔިތން ތިބީ ތިމަން މަނިއްޕުޅާ އެކީގައޭ ބުންޏަސް އެއީ އަދި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫނެވެ. އޭ ދެިވހި ރައްޔިތުންނޭވެ. ނިކަން ހޭއަރާ ތިބޭށެވެ. މީނާ މިއުޅެނީ ފަހެ ކީއްކުރަންކަން ނިކަން ދެނެތިބޭހުށިކަމެވެ.
ތިބުނާ އަނެއްގޮތް ވާތަން ވަރަށް ސާފުކޮށް އެބަފެނޭ. އިސްލާމް ދީނާއި ޚިލާފު ކަން ބޮޑުކޮށް ބަޔަކު މަސައްކަތް ކުރަން ހިތްވަރު ލިބުނީ އެހެންވެ.
އިސްލާމް ދީން ނޫން އެހެން ގޮތެއް ލާދީނީ އެމްޑީޕީން ބޭނުންވަންޏާ ތިބައިގަނޑު މިޤައުމުން ފެއްސިގެން ދާން އުޅޭ. ގަދަކަމުން ނުބާލުވަނީސް.
ކޮބާތަ ލާދީނީ އެމްޑީޕީ ބައިގަނޑު. ކަލޭމެންގެ ޔަހޫދީ އަންނިއަށް ސަޖިދަ ޖަހަން ދޭބަލަ ކަލޭމެންގެ އައުވާނުން ކައިރިއަށް އިންޑިއާއަށް.
ފުދިއްޖެ ،އެގިއްޖެ،އެއީ ލާދީނީ އެޖެންޑާ ،އުހުން ތި ކަމެއް ނުވާނެ އިން ޟާ ﷲ
އުފާ ފުރުވާލީ ޟަހިންދާ ފުރުވާލީ އެއީ ތިބޭނުންވާ ގޮތުގެ މިސާލެއް އެހެންނުން،ފުދިއްޖެ އިނގޭތޯ
އަހަރެމެންނެއް ނޫޅެން އެހެން ގޮތެއް.... ްގައުމެއްގެ ރައީސްކަންކޮށްފައި އަދި ރައްޔިތުންގެ މަޖްލީހުގެ ރަޢީސްކަންކުރާ މީހެއް މީ. މިފަދަ މީހެއް ވާންޖެހޭނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ ސަގާފަތް ހިމާޔަތްކުރާ ރައްޔިތުންގެ ކުރިމަތީގައި ތެދުބުނާ ހިތްހެޔޮ މީހަކަށް.
ނަސީދު މިފެންނަނީ އިސްލާމްދީނަށް ހީނަރުވާ ކޮންމެކަމެއްގާ ގަދަބަސްބުނާ މީހަކަށް
-އިސްލާމް ދީން ފެތުރުމުގެ ބަދަލުގައި ދީނަށް ހީނަރުވާ ކަންތައްތައް ފެތުރުން. މިސާލަކަށް މީހުންއުޅޭ ރަށްރަށުގައި ގެސްޓްހައުސް އަޅަންހުއްދަދިނުން. މިކަމުގެ ސަބަބުން އަހަރެމެންގެ އަހްލާގިއްޔަތާއި އަޤީދާ ހީނަރުވަމުންއާދޭ. މަސްތުވާތަކެއްޗާއި، ފާހިޝްކަންތައްތައް ގިނަވޭ
-ދީނުގާ ހަރާމްކުރައްވާފައިވާ ކަންތައްތައް އެންމެކުޑަވެގެން ނުކުރާށޭ ބުނުމުގެ ބަދަލުގައި އެކަންކަމަށް ފާޑުވިދާޅުވެ އެފަދަ ކަންކަންކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާތަން
ތިކިޔާލަވަ ވަރަށްސާފު.. މުޅިގައުމު ހިތަކަށްދޭށޭ... ތިމަންނާމެންނަކީ އަވަށްޓެރިގައުމެއްގެ އެޖެންޓުންނޭ.. އަހަރެމެންގެ އެއްބަސްވުމުގެ ދަށުން އަތޮޅުތައްވެސް އެމީހުންނަށް ދޭންޖެހެއޭ.. މިވައުދު ފުއްދެން އަންނަނީ ކައުންސިލްތަކުން އެއްބާރުލުން ދިނުމުންނޭ ތިކިޔަނީ..
ކާކުތަ ތިކަން ނޭނގިގެން އުޅެނީ!! ކަލޭބޭނުމީ ސެކިއުލަރ ފިކުރު.. ކަލޭގެ ބޮޑުބޭބެ ކުދިންނާއި ކަލޭގެ ދެބެންގެ ދެދަރި ކުދިންނާއި އެމީހުންގެ ފިރިންނާ އަނބިންވެގެން މިގައުމުގައި ސެކިއުލަރ ނުވަތަ ޝައިޠާނިއްޔަތަށް އަޅުކަންކުރާ ބައެއްއުފެއްދުމުގެ މަސައްކަތް ކުރާތާ އެތައްދުވަހެއް.
ހޭބުއްދީ ސަލާމަތުން ތިއްބެވި ބޭފުޅުން ވިސްނާލަބަލަ އެކަލޭގެ އެކިޔާ އެއްޗެއް އެހެންގޮތެއް ހޯދާށޭ އެއީ 100% މުސްލިމުނަން މި ފަސްގަނޑުން ފޮހެލުން ބޭރުގެ ލާދީނީ ފައިސާގަޑުން ހަރަދުކުރޭ ހުއްޓުމެއްނެތި ބަލަންތިބޭތި އެކަލޭގެ ޖާދުލުގަ ޖައްސައިގެން ރައްޔިތުންގެ ރުހުމާއި އެކު އެކަން އެހެރަގެން ކުރަނީ ދިވެހި ދަރިންނޭ ވިސްނާ ވިސްނާތި
ތިޔަ އެމް ޑީ ޕީން ކެނެރީގެ ނަޝީދު ދުރުކޮށްފިނަމަ ގިނަބައެއްގެ ރުހުމާ ލޯބި ތިޔަ ޕާޓީއަށް ލިބޭނެ.
ސަބަބަކީ ނަޝީދު އިސްލާމްދީން ފެތުރުމުގެ ބަދަލުގައި ދީނަށް ހީނަރުވާންހުރި ފުރުޝަތުތައް ހޯދުމަށް މަސައްކަތްކުރުމާއި އެދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާ ހަދަމުންދާތީ
ތިޔަ އެމް ޑީ ޕީން ކެނެރީގެ ނަޝީދު ދުރުކޮށްފިނަމަ ގިނަބައެއްގެ ރުހުމާ ލޯބި ތިޔަ ޕާޓީއަށް ލިބޭނެ.
ސަބަބަކީ ނަޝީދު އިސްލާމްދީން ފެތުރުމުގެ ބަދަލުގައި ދީނަށް ހީނަރުވާންހުރި ފުރުޝަތުތައް ހޯދުމަށް މަސައްކަތްކުރުމާއި އެދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާ ހަދަމުންދާތީ
ބޭނުންހާގޮތެއްހައްދަވަންނޫޅުޅުއްވާ އެގޮތަކީ ކޮބާތޯ މިހާރުހިނގާ ކަންތައްތަކުންނާ އިވޭއަޑުތަކުން
ދިވެހިރާއްޖޭފައި އިސްލާމްދީން ފިޔަވައި އެހެންދީންތަކަށް ފުރުސަތުދިނުމަށް މަސައްކަތްކުރާ
ފަރާތްތަކެއް ވަރަށްފާޅުކަންބޮޑުގޮތެއްގައި އުޅޭތަންފެނޭ މިތޯ ބޭނުންވެލައްވާ އެހެންގޮތަކީ އެހެންކަަމަށްވާނަމަ ރަށްޔިތުންގެތެރެއިން ވަރަށްގިނަބަޔަކު މިގޮތެއްބޭނުމެއްނުވާނެ
ޜައްޔިތުން އެހެން ގޮތެއް ބޭނުމޭބުނެވުނީ ހީވޭ ކަމެއްހެން. ޢެބުނާ އެހެން ގޮތެއް ބޭނުންވާ މީހުން ތިބީ މިމާ ކައިރީގަ މެއްސެއްހެން އެބުރިއެބުރި. ގިނަ ދިވެހީން މިހާރު ދަސްކޮށްފި ތިޔަ ދެމާނަ ދޭހަވާގޮތަށް ދައްކާ ވާހަކަ. ޢެއީ ދޮންމީހުންގެ ތަރުޖަމާ އަޑީގަ ބާއްވައިގެން ވާހަކަ ދައްކާގޮތް. ފާޅުގަ ދީނަށް ތިމާ ކުރާ ފުރައްސާރަޔާ އެމް.ޑީ އެން ކުފުރު ރިޕޯޓާ އެބަައިގަޑު ދިފާއުކޮށް ދައްކާފަހުރި ވާހަކަތައް ހެއްކަކަށް ފުދޭ. މިގައުމުގަ އޮތް ރީތި ފޭރާން ޑިމޮކްރަސީއޭ ކިޔައިގެން 2005 ވަނަ އަހަރުންފެށިގެން ޔަހޫދީންގެ ހިޔަނީގަ ހުރެގެން ވީދާލި މީހަކު ދައްކަން އޮތީ ކޮންވާހަކައެއްތޯ؟؟؟؟
މީނަބޭނުން ވާނީ އެގޮތްކަންދެނެތިބޭމީހުން އެއީ ލާދީނީކަން މީނައަކީ މިގައުމަށްއޮތް ބިރެއް
ނަސީދު ބޭނުންވެގެން ތިޔައުޅުއްވާ ކަންތައް ދިވެހި ރަތްޔިތުންނަށް ވަރައްސާފު
ނަޝީދު އަބަދުވެސް ބޭނުންވާނީ އެހެން ގޮތެއް.. އެހެން ދިވެހިރާއްޖެއެއް.. ދީނީ ކަންކަމުގައިވެސް ދީނީ ޢިލްމުވެރިންގެ ލަފާ އަހަން ނުޖެހޭނޭ އެހެން ގޮތެއް.. އެހެން ޤަވްމިއްޔަތެއް.. އެމް.ޑީ.ޕީ ސަރުކާރުގެވެސް އެހެން އިބޫއެއް..
ބަލަ މޮޔަޔާ ކަލޭ ބޭނުންވަނީ އެހެން ގޮތެއްކަން ދިވެހިންނަށް މިހާޜު އެނގި ބާވެފަ އޮތީ ތީ އަލަކަށް ދައްކާ ވާހަކައެއްނޫން ކަލޭ ބޭނުންވަނީ ވަހީއާ ހަދީޘް ނޫން އެހެން އެއްޗެއް ލާދީނީ އެޖެންޑާ19 ކަލޭ ބޭނުންވަނީ އިސްލާމް ދީނާ ދެކޮޅު ހުރިހާކަމެއް ކަލޭ ބޭނުންވާކަން އަހަރުމެނަށް އެބަ އެނގޭ