ހދ.ކުޅުދުއްފުށީގައި ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ރައްދު ދެއްވައިފިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމާއި ވާދަވެރިންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އުފައްދާ ދޮގުހަދާ ދެބައޮޑުވުން ކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު "ގޮވަނީ ގުދޯގުދޯ" ކަމަށެވެ.

"ވެރިންނަށް އާޑަފުރައްސާރަކޮށް "ގޮޅާބޯ" ގޮވަން ދަަސްކޮށްދިނީ ކޮންބައެއް؟ ބޭރު ދުނިޔޭގައި ރާއްޖޭގެ "ނަން ހަޑިކޮށް" ވާހަކަ ދެއްކީ ކޮންބައެއް؟ ޓްއަރިޒަމް ބޮއިކޮޓް ކުރަން ގޮވާލީ ކޮންބައެއް؟ ސިފައިންނާއި ދިމާއަށް އަލިފާން ބޯޅަ އުކީ ކޮންބައެއް؟" އާދަމް ޝަރީފް ވިދާޅުވިއެވެ.

"ގޮޅާބޯ" އަކީ އެމްޑީޕީ ގައި އިސްކޮށް އުޅުނު މީހުން 2003 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ބޭނުންކުރި ވަނަމެކެވެ. އެމްޑީޕީ މެންބަރުން ފަހުން ނެރުނު ނޫސްތަކާއި މަޖައްލާތަކުގައި ވެސް އެނަން ބޭނުން ކޮށްފައި ވެއެވެ.

ނަޝީދު ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެއަށް ފަތުރުވެރިން ނާންނަ ބޭރުގެ ބޮޑެތި މީޑިއަތަކުގައި ވެސް ގޮވާލާފައެވެ.

އާދަމް ޝަރީފްގެ ޓްވީޓްގައި އިޝާރާތް ކުރެއްވި ސިފައިންނާއި ދިމާއަށް އަލިފާން ބޯޅަ އުކި ހާދިސާ އަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނު ފަހުން މާލޭގައި ބޭއްވި މުޒާހަރަތަކުގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި ދިމާއަށް ޓެނިސް ބޯޅައިގައި އަލިފާން ރޯކުރުމަށްފަހު އުކި ހާދިސާތަކެވެ.

ރޭ ބޭއްވި ޖަލްސާގައި ނަޝީދު ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވިދާޅުވީ ލާމަރުކަޒީ އުސޫލު ހިންގަން ޕީޕީއެމް އަށް ނޭނގޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނާ

    މީގެ އިތުރަށް ޑ ވަޙީދަށް ނިސްބތްކޮށް ކާޅުވަހީދު ގޮވައި ކާޅުކޮއްޓެއް ހަދައިގެން އުޅުނީ ކޮންބައެއް؟ ޤާސިމަށް ނިސްބަތްކޮށް ބޮޑުސޭޓް ގޮވީ ކޮންބައެއް؟ ޢިމްރާނަށް ނިސްބަތްކޮށް ބާޣީ ތާކިހާ ގޮވީ ކޮންބައެއް؟

    67
    1
  2. ފފފފ

    ނަޝީދާއި މޑޕ އަކީ ދޮގުހެދުމާ މަކަރާ ހީލަތާއި ފުރައްސާރައާއި ފިތުނަ ފަސާދަނޫން ކަމެއް ދަންނަ ބައެއްނޫން. އެހެންތާވާނީ. ގައުމުގެ ބާޣީންތަކާ ދަރިންތައް މިޕާޓީގައި މިއުޅެނީ. ދެން ދިއްދޫ ކަހަލަ ގައުމާއި ދީނުގެ ހާއިނުންނާއި އެމީހުންގެ ދަރިންތައް މިފަދަ ނުލަފާ އިބިލީސްތަކަކަށް ވާގިދޭން ތިބޭނީ. އެކަމަކު ކުޅުދުއްފުއްޓަކީ މިވަތަނުގެ މިނިވަންކަމުގެ ފަހުރުވެރި ރަށެއް. މި ބާޣީންތައް ތިރަށަށްއަރާ ތިރަށުގެ މަތިވެރި ނަން ހުތުރުކުރިއަ ނުދެއްވާ.

    50
    2
  3. Anonymous

    ޝަމްސުއްދީން ރަދުން ރަސްކަމުން އަޒުލްކޮށް ޖުމްހޫރިއްޔާއެއް ގެނައީ މަކަރާ ހީލަތުންކަން އުތުރުގެ ރައްޔިތުންނަށް އެނގުނު ހިނދު ދިވެހި ދައުލަތާއި ގައުމުގެ ހައްޤުގައި 760 ބައްތެލީގައި އުތުރުގެ މީހުން މާލެއައީ ނާއިންސާފުން ރަދުން ވެރިކަމުން ދުރިކުރި ކުރުމާ ދެކޮޅަށް. ކުޅުދުއްފުށީގެ ހިތްވަރުގަދަ ދަރިންތަކެއް އިސްނަގައިގެން ގައުމަށްޓަކައި ކުރި ޖިހާދުގައި މުޅި އުތުރުން ބައިވެރިވި. ދިއްދޫއިންބައިވެރިވެ ގައުމަށް ގައްދާރުވެ ދުނިޔޭގެ ޖާހަށްޓަކައި ގައްދާރުވި. ދިއްދޫގެ ހާއިނުންގެ މިނުބައި އަމަލުގެ ސަބަބުން ކުޅުދުއްފުށީގެ އެތައް ދަރިންނެއް މުޙައްމަދު އަމީނުގެ ނުބައި ރޭވުމާއި ދޮގުހުވާގެ ސަބަބުން ހައްޔަރުވެ އަނިޔާ ލިބިފައިވޭ.. އޭރުވެސް ވެރިކަމުގައި ހިނގާ ހުރިހާ ކަމެއްގައި މަކަރާ ހީލަތުގެ ލަފާ އަރުވަނީ ކެރަފާގޭ މީހުން.

    49
    1
  4. ގޮޅާ ބޯ ތައްކާނު---

    ކަލޭމެން ތީ އެއްތަށިން ކައި އުޅޭ ބައެއް

    11
    20
  5. ? ރޮނޑާ

    ޝައްކެއް ނެތް މިންވަރައް ޔަގީން ވަނީ އަލިފާން ބޯޅަ އުކީ ޕީޕީ އެމުން. ފުލުހުންގެ ބެރިކޭޑު ފޫއަޅުވާ ޖަމްޕުޖެހީ ޕީޕީ އެމް ނިހާން. ދަތްދޮޅި ދުއްވާލާނަމޭ ބުނީ ތި ޝަރީފު. ޕީޕީއެމް އަކީ ފަސާދަ އުފައްދައިގެން ވޯޓު ހޯދަން މަސައްކަތް ކުރާބައެއް. އެއްފަހަރު ކާމިޔާބުވެސް ކޮއްފި. މިހާރު ވިސްނޭ. ކޮއްމެ ވާހަކަ އެއް ދެއްކި އަސް ފިތުނަ އުފައްދާ ވަގުންނައް ވޯޓެއް ނުދޭނަން.

    3
    65
    • Anonymous

      ދަރިއާ ދޫންޏާ 2004 ގައި ޕީޕީ އެމް ވުޖޫދުވެސް ނުވޭ، ކޮން ދުނިޔެއެއްގައި އުޅެފައި ތިއައީ؟ ކޯމާއެއްގައި އޮތުމާ ބޮޑަށްވަތަރީ.

      46
  6. މާކުރަތު

    މިސަރުކާރައް މިފަހަރު ނޫނެކޭ ބުނަންޖެހޭ ބައިވަރުސަބަުތައް އެބަހުރި ރައޔަުންނޭ ހޭލާތި ފުރަތަމަ ދީނާދެކޮޅު މީހުން ހިމާއެއްކުރުމާއި ގައުމުގެ ހަޒާނާ ކާރި މީހުންނައްބަހާލުމާ ތަރައްގީ ގެންނައްނޭގުމާއި މިގައުމުގާ ވެރިޔަކީ ނޝީދު ކަމެން ސޯލިހުކަމެން ނޭގުން ޝަރުއީ މަރުހަލާ ފުޑާލައިފި މިހެންގޮސް ރައޔަތުމީހާ ފަނާވަނީ އާސަންދަ ބަދަލްވީ ސަންދޮކައް ދުނުޔޭގާލެއްވިހާ ތެކްސްފައިސާނަގާ ރައްޔަތަކައްވީ އުފަލެއނެތް އެހެން ވެގެ މިފަހަރު މިސަރުކާރު ބޮޑުތަނުބަލިކުރަން އަޒުމުކަޑައަޅަންވީ؟؟

    38
  7. ޔާހުން

    ލާމަރުކަޒީ ނިޒާމެއް ރާއްޖެއަށް ތައާރަފް ކުރެއްވީ ރަޢީސް ނާސިރު. ޢޮޅިވަޑައިގެން ނުއުޅުއްވާ! ޢެކަން ރާއްޖެއަށް ކަމުނުދާތީ ހުއްޓަވާލެއްވީވެސް އެމަނީކުފާނު.މިއީ ކުޑަ ކުޑަ ގައުމެއް. ޢިތުރުފަށަލައެއްލުމުން ރައްޔިތުން ބިކަވާނީ. ތިވިދާޅުވާ ނިޒާމު މަނިއްޕުޅުގެ އާއިލާ ތެރެއަށް ޕައިލޮޓް ޕްރޮޖެކްޓެއްގެ ގޮތުގައި ތަޢާރަފްކުރަންފެނޭ!

    30
  8. ދޮން ހަސަނު

    އެމްޑީޕީ ކެނެރީގޭ ނަޝީދަކީ މިޤައުމުގަ ހުރިހާ ނުބައިކަމެއް އުފްނަކޮށް އާލާކޮށް ފެތުރި މުޖުރިމަކީ ޑިމޮކްރަސީއޭ މަހާނައޭ ކިޔާފަ ލާދީނީ ފިތުނަ އުފައްދާން ޕާޓީ އުފައްދައި މި ޤައުމުގެ އިޖުތިމާއީ ފޭރާން ކުދިކުދިކޮށްލި ދުލައް އައިހާއެއްޗެއް މީހުނަށްކިޔާ ހަޅޭލަވާ ނޫސްނެރެ މުޅި ޤައުމުގެ ޒުވާން ޖީލުގެ ލަދުހަޔާތް ކަނޑުވާލި އެކަކު އަނެކަކަށްކުރަމުން އަދި އިޙްތިރާމް ގެއްލުވާލި މާރާ މާރީ އާންމުކުރި މީހުންގެ މުދަލަށް ގެއްލުން ދިނުން އާންމުކުރި ދައުލަތުގެ މުދަލަށް ގެއްލުންދީ އެތަށް ބިލިޔަނެއްގެ އަގުހުރި މުދާ އަންދާ އަޅިޔަށްހެދި މިޤައުމަކީ އެކަު އަނެކަކަށް އިޙުތިރާމުކުރާ އެއްބައެއްވަންތަ 100 އިން 100 އިސްލާމީ ޤައުމެއްގެ ގޮތުގަ އޮވެ ރައްޔިތުން އުފަލާ އަރާމުގަ ތަރައްޤީގެ ހަރުފަތްތައް ޤިރާކުރަމުންދަނިކޮށް މި ޤައުމުގެ ހަމަޖެހުމާ އުފާވެރި ދިރިއުޅުމާ އަމަން އަމާންކަމާ ސުލްހަ މަސްލަހަތު ގެއްލުވާލައި މިޤައުމުން އިސްލާމްދީން ނައްތާލުމަށް ހުޅަނގުގެ ޔަހޫދީންނާގުޅިގެން މުޅި ޤައުމު ފަސާދަކޮށް އިބުލީހަށްވުރެ ޤާރޫނަށްވުރެ ހާމާނައްވުރެ އަބޫޖަހުލައްވުރެ ނުބައި ރޭވުން ރާވައި މުޅި ޤައުމު ސުންނާފަތިކޮށް މަކަރާ ހީލަތުން ވެރިކަމަށް އަތްގަދަކޮށް މުޅި ޤައުމު ހަލާކުކޮށްލީ ތިޔަ ކެނެރީގޭ ނަޝިދު އިސްވެ ހުރެ ޔަހޫދީންގެ މަދަދާއެކު އަދި މިހާރުވެސް އެކުރާ ކަމަކީ ހަމަ އެކަން

  9. ޒާ

    ވަރަށް ބޮޑު ތެދެއް. މިރާއްޖޭގެ އެއްވެސް މީހަކަށް އޮޅިފައި ނުވާނެ އެމްޑީޕީން މިރާއްޖެއަށް ދިން ގެއްލުން. ހުރިހާ ނުބައި ކަމެއްގެ މޭސްތިރިއަކީ ނަޝީދު.

    9
    2
  10. ރޮނޑާ

    އައްޗި ވެރިކަން އެމްޑީޕީ ވެރިކަން....

  11. ޔޫސޭ

    ލާމަރުކަޒީ ހިންގަން ޕީޕީއެމް އަށް ނޭންގެންޏާ
    ލާދީނީ ހިންގަން އެމްޑީޕީއަށް އެނގޭނެ.