ހދ. ކުޅުދުއްފުށީ ސިޓީގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ބަދަލުގައި އެ ފެންވަރުގެ އާ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އުތުރުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ކުޅުދުއްފުށި ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އެ ރަށުގެ ބަނދަރު ހެދުމުގެ އިތުރުން މުހިންމު މަސައްކަތެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ހިދުމަތް ލިބޭ ގޮތައް ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުން ހިމެނޭ ކަމަށާއި މިހާރު ހުރި ހޮސްޕިޓަލުން އެކަން ނުކުރެވޭނެތީ ވިސްނުންފުޅަކީ އާ ހޮސްޕިޓަލެއް އަޅައި ސަރަހައްދުގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް ވެސް ހިދުމަތް ދެވޭ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލަކުން އެކަންވާނޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެތަނަށް ބަދަލު ކުރުން ކަމުގައެވެ.

"މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ތިޔަބޭފުޅުން ބޭނުންވާ ހިދުމަތްތައް އެތަނަށް ބަދަލު ކުރުން. އެ ހޮސްޕިޓަލް ވެގެންދާނީ ހަމައެކަނި މި ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން. ތިލަދުންމައްޗާއި ހިސާބުގެ ހުރިހާ ރައްޔިތުން މިތަނުގެ އެހީއާ ހިދުމަތްތައް ލިބޭ ގޮތައް ޕްލޭންގައި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިިޒާމަކުން ރާއްޖެ ތަރައްގީ ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތް ފަށާނީ އުތުރުން ކަމަށާއި އެކަމަށްޓައި 150 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާާޅުވި އެވެ.

ކުޅުދުއްފުށީގެ ބޯހިޔާވެހިކަމުގެ މައްސަލަތަކުގެ ތެރެއިން ހައުސިން ޔުނިޓުތަކުގެ މައްސަލައާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހޭ މައްސަލަ ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލކޖހ

    ކުޅުދުއްފުށީ ރައްޔިތުން ހަނދާން ނެތުނީތޯ، 1950 ގެ އަހަރުތަކުގައި ދިވެހިގައުމުގެ ވެރިކަމުގައި ތިބި މީހުންނަށް ނުބައިކޮންމެ ލަފައެއް އެރުވުމުގައި އޭރުވެސް ތިބީ ނަޝީދުގެ އާއިލާ ނުވަތަ ކެރަފާ އާއިލާކަން. ކުޅުދުއްފުށީގެ އެތައްބަޔަކު ނުހައްޤުން ހައްޔަރުކޮށް ޖަލުގައި އަނިޔާކުރީ މިނުބައި ކެރަފާ އާއިލާގެ ނުބައިކަމުންކަން؟؟ ދިއްދޫ ކަލޭފާނުގެ ގައްދާރުކަމުންކަން؟ މިއަދުގެ ޅަދަރިންނަށް ދިވެހި ތާރީޙްގައި ކަންހިނގިމަގު އެނގެނަމަ ކެރަފާއާއިލާއާ ވައިއެޅުނު މީހަކަށްވެސް ތާއީދު ނުކުރާނެ. ..

    51
  2. ކަނބާ

    ތީ ކަމެއް ވާ ބައެއްނޫނެ ވެ. އިންތިޚާބު ކާމިޔާބުކުރަން ހަދާ ދޮގުތަކެކެ ވެ. އެހެން ގޮތެއް ހޯދަން އުޅޭ ބަޔަކު ބަޔަކަށް ކަމެއް ކޮށެއް ނުދޭނެއެ ވެ. އެހެން ގޮތަކީ އެހެން ދީންތައް ކަން ރައްޔިތުން ވިސްނާށެ ވެ.

    55
  3. މުއްތު

    ތިއީ އެންމެ އިންސާފުވެރިގޮތްކަމަށް އަޅުގަޑު ނުދެކެން ހުރިހާރަށަކަށް ހުރިހާއަތޮޅެއް ހަހަމަ ކުރަންޖެހޭނެ

    44
  4. ޅޭޑީ ގާގާ

    ތަރިބޭލުން ސެލްފީނެގުން މަކަރުހެދުމުން މަނިއްޕުޅަށް މާސްޓަރސް އެއްއަރުވަން

    49
    1
  5. Anonymous

    ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް ކެމްޕޭން ތާއީދު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރި ބޮޑުވެގެންވާ ދޮގެއް. ކައްޒާބު. ﷲ އިރާދަފުޅުން ކަލޭމެން ބަލިވާނެ ފަހަރެއް

    50
    1
  6. ބޮޑުކާށި

    ބައްލަވާމަނިކުފާނު މީގެ ދެތިންދުވަސްކުރިން ކުޅުދުއްފުށީހޮސްޕިޓަލް2.2މިލިއަންރުފިޔާއައް މަރާމާތުކުރަން ބަޔަކާހަވާލުކުރިވާހަކަ އަޑުއިވުނު އެއީއަމިއްލަފަރާތަކުން އެތަނައްކުރާ ޚަރަދެއްތޯ ދެންޖެހިގެންއައިދުވަހު އަޑުމިއިވުނީ އާހޮސްޕިޓަލެއް ކުޅުދުއްފުށީގައަޅާވާހަކަ ހަމަޚަރަދުކުޑަކުރައްވަން ސާބަސް

    31
    1
  7. އަހްމަދު

    ބަލަ މިހާރު 150 މިލިއަންރުފިޔާއިންކުރެވޭނީކޮންކަމެއް ތިބޭފުޅުން ބަދަލުގެގޮތުގަވެސް ތިޔައްވުރެބޮޑެތި ޢަދަދުތައްއެބަދޫކުރޭ

    22
  8. 19ޝަހީދުން

    ހާސްނުވޭ ކުޅުދުއްފުށީ ރަށްޔަތުން ތިބީ ރައީސްޔާމީން އާއި އެކު ބަ ޑިބުރާސްފަތި ހަނދާން ނުނެދޭހާ ހިނދަކު މިކުދުއްފުށީ ގެ ރަށްޔަތުގެ ތާއީދެއް ދުވަކަކުވެސް ްއެމްޑީޕީ އަކަށް ނުލިބޭނެ ކުޅުދުއްފުށީގެ ފިކުރާ ދިރުމާ އުންމީދަކީ ރައީސްޔާމީން ﷲ ރައީސްްޔާމީން އަށް ހިތްވަރާއި ކެއްތެރިކަ ންދެވާ އަނިޔާވެރިން ގެއަނިޔާތަކުން މިދިވެހި އުއްމަތް ސަލާމަތް ކޮށްދެއްވާށި އާމީން

    24
    1
  9. ހޭލާ

    ކުޅުދުއްފުށީ ރަށްޔަތުން ހޭލާތިބޭތި އަންނި ކަނައަތުން ކުރާކަން ތައް ވައަތަށް ވެސް ނާނގާނެ

    26
    1
  10. އިކުރާމު.

    މަގޭރިޕޯޓު ފުރަތަމަ ހަދަންވީ މިސަރުކާރު ހިންގަން ތިބި ބޮޑުންގެ ޓެސްޓެއް 24 ގަޑިއިރު ހަމައިގަ ތިބޭ ބައެއްތޯ ބަލަން އޭގެ ފަހުގަ ރިޕޯޓުތައް ބަލާފަ ވޯޓުދޭންވީ މިމީހުން ނޫންބާ ރިޔާސީ އިންތިހާބާ ދިމާކޮއް ކުޅުދުއްފުއްޓައް ވަޑައިން ވިދާޅުވީ އަޅުގަނޑުމެން ހޮވައިގެނޭ ސަލާމަތުގެ އައްސޭރިޔެއް އަތުޖެހޭނީ 100 ދުވަހުން އެވަނި މިސްކިތެއް އޭސީ ހަރުކޮއް މިވަނި މަގެއް ހަދާނަމޭ އެއާޕޯޓު ތަރައްގީ ކުރަނީވެސް ތިމަންނާމެނޭ އިންޓްރަސްޓްކުޑަލޯނު ލިބޭނޭ ޓުވެރިޒަމައް ހދ އަތޮޅު ހުޅުވަދޭނަމޭ ކޮޗިންފެރީއޭ ރިސޯޓުގަހުރި މިމީހާގެ ދަރި ރަށައް އަންނަނޭ ނިދަން ކަރަންޓު އަގުހެޔޮވާނޭ މަސްވެރިކަން ކުރިއަރުވަދޭނަމޭ އޭގެފަހުން މަޖިލިސް އިންތިހާބު މިމީހުން ވަޑައިގަތީ ހަމައެލަވަކިޔަމުން އެބެރުޖަހަމުން ދެންމި ވަޑައިގަތީ ކައުންސިލު އިންތިހާބައް ކަނޑުފޭރޭ ބައެއްގެ ގޮތުގަ ހުދަންބަރެއް ހިފައިގެނޯ ކުޅުދުއްފުށި ސީކުއިން ބޯޓުން މީހަމައެމީހުންބާ ނޫނީ ލެއްގި ބަބުބުރު ތަކެއްބާ ސައްކު މިމީހުންނާ ދޭތެރޭ އެއްކަލަ ތިމަންނާމެން ތަރައްގީ ކުރަންބުނި އެއާޕޯޓެއް ހަނދާނެއްނެތް އޭސީކުރަން ބުނި މިސްކިތެއް އޭސީ ކުރެވިފަކާނެތް މިމީހާގެ ދަރި ރިސޯޓަކުން ނިދާކައްނާދޭ ދެންމިފެށީ މުޅިން އެހެންވާހަކައެއް މިހާރުހުރި ހޮސްޕިޓާ ގޯހީ ހިދުމަތް ނުދެނީ ހޮސްޕިޓާ އެމްޑީއެން ރިޕޯޓު ނެރުނީމަ އެމްޑީއެން ގޯސްވީ އެކަންކުރިމީހުން ދައުލަތުގެ ހަރަދުގަ ފިލުވާފަ ދުނިޔޭގެ ދަޅަޔައް ރައްޔިތުން ހެއްލުމައް 200 މިލިޔަން ރުފިޔާ ޖަހައިގެން މިވެސް މުސްލިމުންނޯ ދެންބާރައް އަތްޖަހާ

    22
    1
  11. ކައްޕިތާން

    ކުޅުދުއްފުށީގައި އާސިރީ ސަހަރާއެއް އަޅަންވީ އެއީ ގައިމުވެސް ބަރާބަރައް ހިދުމައްދެވޭނެ މަރުވާމީހާ ވަގުތުން ވަޅުލެވޭނެ ތިޔަބުނާ ހޮސްޕިޓާ އަޅައިގެން 1 އަހަރުވަންދެން ޑޮކްޓަރައް ދައްކާ ކިޔުގަ ތިބުމައްވުރެ ސްކޭނެއް ހަދަން ކިޠޫގަ 6މަސް ވަންދެން ލަދުންބޯހަލާކު މިޔޮއްގައުމެއްވާދޯ ސަހަރޯ

    17