މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްދޭ މިސްކިތެއްގެ ބިންގާ މިއަދު އަޅައިފި އެވެ.

މިސްކިތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ އާރްސީސީގެ ޗެއާމަން، އަބްދުއް ރަޝީދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުގެ އިތުރުން ޗެއާމަން އަބްދުއް ރަޝީދުގެ ދަރިކަލުން އަދި އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއެކު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދުވެސް މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ދުނިޔެމަތީގައި ތިމާކުރާ އަމަލުތަކުގެ ތެރެއިން ދުނިޔެ ދޫކޮށް ދިއުމަށްފަހު ސަވާބުލިބޭ މަދު ކަމެއްގެ ތެރެއިން މިސްކިތެއް ބިނާކުރުން އެއީ ވަރަށްވެސް މަތިވެރި ކަމެއް ކަމަށެވެ.

މިގޮތުން ބިންމަތީގައި މިސްކިތެއްބިނާކުރި ކޮންމެ އަޅަކަށް ސުވަރުގޭގައި އެފަދަ ބިނާއެއް މާތް ރަސްކަލާންގެ ބިނާކޮށްދެއްވާނެ ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ރައްޔިތުންނައް ލިބިގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޗްޑީސީގެ އެމްޑ ސުހައިލް ވިދާލުވީ މި މިސްކިތް ބިނާކުރެވޭ ސަރަހައްދަކީ މި ލޭބަރ ރޯޑްގައި ގާތްގަޑަކަށް 20 ހާސް މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށާއި ނަމަވެސް މި ސަރަހައްދުގައި 02 މިސްކިތް ހުރިކަމުގައި ވީނަމަވެސް އެންމެނަށް އެކަށޭނަ ޖާގަ ނުލިބޭ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ބިންގާ އެޅި މިސްކިތަކީ 1300 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތަށް އެ ކުންފުނިން ހުޅުމާލޭގައި އަޅައިދޭ މިސްކިތެއް ކަމަށެވެ. އަދި ދެ ބުރީގެ މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެ ކަމަށާއި، މި މިސްކިތް ވެގެންދާނީ ވަރަށް ފުރިހަމަ ރީތި، މިސްކިތަކަށް ކަމަށެވެ.

އެގޮތުން މި އިމާރާތްކުރެވޭ މިސްކިތް ވެގެންދާނީ މި ސަރަހައްދުގައި ދިރިއުޅެ ރައްޔިތުންނަށް އެމީހުންގެ އަޅުކަން ފުރިހަމަކުރުމަށް ލިބޭ ވަރަށްބޮޑު ލުޔެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެފައިދެގޯޅި

    މީހުންދިރިއުޅޭ ތަންތަނުގެ ބުޑުގައި ޖައްސައި ، އެތަންތަނުގެ ޢާމުދިރިއުޅުމާއި ހަޅޭކުގެ އަޑު އިވޭހާކައިރީގައި އަދި ތަނުގެ މަސައްކަތުގެ އަޑުން ޅަދަރީންގެ ނިދިގެއްލޭގޮތަށް ދެފައިދެގޯޅީގައި މިސްކިތް އެޅުން ހުއްޓާލުމަށް ސަރުކާރުން އެބަ ވިސްނަންޖެހޭ. ކޮރަޕްޓް ވިޔަސް ބޮޑުވަރު.

    1
    5
  2. ތެދު

    ތިތާތިތިބި ގިނަ މީހުންނަކީ މިސްކިތައް އަރާބަޔެއްނޫ...ފަނޑިޔާރުމިސްކިތް ކައިރީގަ ގެހުންނަނީ ﷲ ގަންދީފަމިބުނަނީ..
    ﷲއަށް ޓަކާކުރާކަމެއް ދުނިޔެއަށްދެއްކީމަ ކުރާނެފައިދާއެއްނެތް...

    2
    2