ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ބޮޑެތި މުސާރަތަކެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ ލާމަރުކަޒީ ޤާނޫނުގައި ބުނާ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަތައް މި މަހުގެ 12 ވަނަ ދުވަހު ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބަޔާން ކޮށްފައެވެ.

ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނަށް ފޮނުވި އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ ލިބޭނެއެވެ.

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8870 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6800 ރުފިޔާ ލިބޭނެއެވެ.

ސަރުކާރުން ވަނީ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައެވެ.

މިހާރު ސަރުކާރުން ނިންމާފައި ވަނީ މޭޔަރަކަށް 40000 ރުފިޔާ އަދި ޑެޕިއުޓީ މޭޔަރަށް 35000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ސިޓީ ކައުންސިލްގެ މެމްބަރަކަށް 30000 ރުފިޔާގެ މުސާރައެއް ދިނުމަށާއި އަތޮޅު ކައުންސިލްގެ ރައީސަކަށް 28000 ރުފިޔާގެ މުސާރައެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ރަށު ކައުންސިލްގެ ރައީސަކަށް 23000 ރުފިޔާ އަދި ނައިބު ރައީސަށް 15000 ރުފިޔާ ދިނުމަށާއި ކައުންސިލް މެމްބަރަކަށް 12000 ރުފިޔާގެ މުސާރައެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ނަމަވެސް ކައުންސިލަރުންގެ މުސާރައަށް ގެންނަ ބަދަލަށް އަމަލު ކުރެވެން ފަށާނީ ރައްޔިތުންގެ މަޖިލީހުން އެ ނިންމުން ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙާރޫން

    ޙުސްކޮށާ ބަޖެޓް! ކޮން ބަޖިޔާއެއް!

    26
    2
    • އަލްޖިބްރާ

      ކޮންފަދަ ލަދުކުޑަ ގޮތެއް ނެތް ކޮމިޝަނެއް! ސިވިލް ސާވިސް މުވައްޒަފުންނަށް ކުޑަމިނުން ވަޒީފާގެ އޮނިގަނޑުގަ އޮންނަ އުސޫލުން 2 އަހަރުން އެއް އަހަރު ލިބެންޖެހޭ މުސާރައިގެ ކުރިއެރުންވެސް ދޭން ނުކެރޭތާ ދަތިކޮށް ނުހޮރުއްޕާން ކުރަން ހެއްދެވިހާ ހަރުކަށި ގަވާއިދުތައް ހަދާއިރު ގުންޑާ ސަރުކާރުގެ އައުވާނުންނަށް ފަލަ މޔސާރަދޭއިރު ހަޔާތް ކޮބާތަ؟

      10
  2. ޢަހުމަދުކާމިލް

    ޓެކުހާއި އެކިގޮތްގޮތުން ދައުލަތަށްލިބޭހާ ފައިސާއެއް މިގޮތައް މުސާރަޔާ އެލަވަންސަށާއި އޮފީސްތަކުގެ ޑިޒައިންބަދަލުކޮށް ކޮޓަރިކޮޅުތައްހަދައި ހުސްކޮށްފައި ދެންގައުމުގެ ތަރައްގީއަށް ހަރަދުކުރާނެ އެއްޗެއްނޯންނާނެދޯ! ދެރަކަމެއްމީ!!

    41
  3. ފަރުހީން

    މިޤައުމުގައި އެންމެ ބުރަ އެއް މަސައްކަތް ކުރާ މީހުން ޓީޗަރުން މިއީ ކޮންބައެއްބާ؟ ކޮބާ އެމީހުންގެ ހައްގު

    55
    4
  4. علي وحيد

    ތިކިޔާ ސެކެޓްރީންނަކީ އޮފީސްތަކުގަ ކީއްކުރާބައެއް، ސުކޫލު ތަކުގެ ޓީޗަރުންނާއި، ނަރުންނާއި، ފުލުހުންނާއި،ސިފައިންނައް ނުދޭމުސާރައަކާއި،އެލަންސެއް ދޭނެ އެއްވެސް މުއަށްސިސާ އެއް މިގައުމަކު ނޯންނާނެ

    40
    • އެޑްމިން ޙައްގު

      ސްކޫލް ތަކުގައިވިއްޔާ ބުރަ މަސައްކަތް ކުރާކަމަށް ވެފައި ނަންވަނީ ޓީޗަރުން. މުސާރައަށް 6 ހާސް ހަމަނުވާ އިދާރީ މުވައްޒަފުންގެ ޙައްގެއް ނެތީބާ ؟؟؟

      10
      2
      • އަލި

        އިދާރީ މުއައްޒަފުންވެސް ތިބޭނެ. އެކަމަކު ޓީޗަރުންގެ މަސައްކަތާއި އަޅާ ކިޔޭވަރުވެސް ނުވާނެ އެހެން އެއްވެސް ބައެއްގެ މަސައްކަތް. ދެންވެސް އެންމެ ގާތް ކުރާނީ ނަރުހުން. ޢާއްމުކޮށް ރަށްފުށުގައި އުޅޭ ނަރުހުން އަދި ވަކިން ޚާއްޞަ

  5. ސައްފަތު

    ކައުންސިލްތަކަށް ހޮވޭނީ ޕާޓީކުދިން. އެކުދިން ރުހޭވަރުގެ މުސާރައެއް ދީގެންނޫންތޯ ޕާޓީއަށް ޚިދުމަތް ކުރާނީ. ސިވިލްސާވަންޓުންގެ ބޭނުމެއް ނެތް.

    29
  6. މަބޭ

    19 ތަފާތުވާނޭ އެކިޔަނީ ދެންރައްޔިތުންތިބޭ އަތްޖަހަހަން

    28
  7. އަސީ

    500 ރުފިޔާއައް ވޯޓްގަނެވިއްކާދުވަހަކު މިގައުމުގެ އެއްވެސްކަމެއް ރަންގަޅެއްނުވާނެ.

    21
  8. ޥިޔަ

    ތިޔައީ ރައްޔިތުން އަތުން ނަގާ ފައިސާ ބާރު އޮތީމާ ހިތަށް އެރިގޮތަކަށް ތަޅާލަނީ، ރާއްޖޭގެ ރައްޔިތުންގެ ހާލާމެދު ވިސްނާލެވޭބާ، ރަށްރަށުގާއި މީހުން އުޅޭގޮތް ނުފެންނަނީބާ! ބާރެއްލިމުނަސް ތެޅިބާލާކަށްނުޖެހޭ، ތިޔައަމަލުތަކުގެ ރަހަ ކަރުބުޑުގައި ލާނެ،

    22
  9. ރައްޔިތުން

    ސިވިލް ސާވަންޓުނަށް 6000 މިނިމަމް؟
    ސިޔާސީ ވީމަ ފަށަނީވެސް 15000...
    ކިޔަވާނެ ކަމެއް ނެތް...
    ޕާރޓީތަކު ފަހަތުން ދުވަންވީ..

    40
    1
  10. ބާބޫ

    ސިޔާސީ ކަނޑުކޮހުންނަށް ބޮޑު މުސާރަ.....

    20
  11. މާމިގިލީ މީހާ

    ތައުލީމީ ގޮތުން ބަލާފަ މުސާރަ ދީ ބަލަ.

    15
  12. ާަަަަެެއއ

    ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑެއް ނުކުރޭތަ.