ފެނާއި ނަރުދަމާ ގާއިމްކޮށް ބަނދަރު ހަދަން އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ.
މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހަމީދު އަލް ހަލީފާ އެވެ.
އޯޕެކުން މި ލޯނު ރާއްޖެއަށް ދިނީ 4.5 އިންސައްތައިގެ އިންޓްރެސްޓެއް ދައްކާ 20 އަހަރުތެރޭގައި އަބުރާ ދައްކާގޮތަށެވެ. ލޯނުގެ ގްރޭސް ޕީރިއެޑެއްގެ ގޮތުގައި ދީފައިވަނީ 5 އަހަރެވެ.
އޯޕެކް ފަންޑުގެ ލޯނުގެ ފައިސާ ހޭދަ ކުރާނީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއު ތަކެއް ހިންގާށެވެ. އެގޮތުން އަށް ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާއިރު ފަސް ރަށެއްގައި ބަނދަރު މަރާމާތު ކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިންގާނެ އެވެ.
މި ލޯނުގެ ތެރެއިން ބަނދަރު ހަދާ ރަށްތަކުގެ ތެރޭގައި ހިނެނެނީ ބ. ކުޑަރިކިއްޔާއި ބ. ދޮންފަނާއި ބ. ކެންދޫ އާއި ގއ. ކޮލަމާފުއްޓާއި ގދ. ހޯނޑެއްދޫ އެވެ. އަދި ފެނާއި ނަރުދަމާ ގާއިމް ކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނެއްލައިދޫ އާއި ހދ. ނޭކުރެންދޫ އާއި ހދ. މަކުނުދޫ އާއި ށ. ފޭދޫ އާއި ގދ. ވާދޫ އާއި ގދ. ފިއޯރީ އާއި އަދި ބ. ކެންދޫ އާއި ދަރަވަންދޫ އެވެ.
ލޯނު؟
ތިޔަ އޯޕެކް ފަންޑުން ކިތައް ލޯނު މިގައުމައްލިބިފައިވޭތޯ އެދިގުރާސްތާ 30 އަހަރުވެސް ތިޔައޯޕެކް ފަންޑެއްގެ ވާހަކަ އިވޭ ރައްޔަތައް ވީކަމެއް ފައިދާއެއްނެއް މިހާރުވެސް ފެންނަ ކަހަލަ ތިޔަލޯނުވެސް ހުދުކާފޫރައްވެ ހުސްވާނީ
މީ ޤައުމު ދަރުވާލުން ނޫންބާ؟
ލޯނު ނެގުމަކ ކޮބައިކަން އޮޅިއްޖެ. ލޯނު ނުނަގަ ތަރައްގީ ކުރަން އައިއްސަ ، ބޮޑެތި ލޯނުތައް ނަގަމުން، ނުވިތާކަށް ދެންނަ ސަރުކާރުން ދައްކަންޖެހޭ ގޮތަށް ލޯނުތައް ނަގަމުން މިއޮއްދަނީ. މިހާރު މިވާހަކަ ދައްކާނެ ބަޔަކު ނެތް.
ލޯނު ނުނަގާ ސަރުކާރު! ދައުލަތަށް ނުކަތާވަރުގެ ބޮޑެތި މުސާރަތަށް ހަމަޖައްސާފަ! ދައުލަތް ހިންގަން ބޮޑެތިލޯނުތައް ނަގަނީ! މުސީބާތެއްނުމީދެން!
ކޮބަަމަޑަަވެލި
މިދިޔަ ސަރުކާރުން ނަގާފައި އޮތް ލޯނެކޭ ނުބުނެ ދޫނުކުރާތި!