ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ވެކްސިން ޖަހާފައިވޭތޯ ބަލައި އެ މައުލޫމާތު ސަރުކާރަށް ހިއްސާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ހުރިހާ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށް އެންރޯލްވާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާ ކުދިންނަކީ ގައުމީ ވެކްސިން ތަވާލުގައި ފުރިހަމަ ކުރަން ޖެހޭ ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކުދިންކަން މިއަދުން ފެށިގެން ކަށަވަރުކޮށް ބަލަން ނިންމާފައިވާ ކަމަށެވެ.

ސްކޫލުތަކުގައި ތައުލީމް ހާސިލް ކުރާ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އަންނަ މަހު 27 ވަނަ ދުވަހުގެ ކުރިން އަޕްޑޭޓް ކުރަން އެޑިއުކޭޝަން މިނިސްޓްރީންވަނީ އަންގަވާފައެވެ.

ވެކްސިން ނުޖަހާ އެއްވެސް ދަރިވަރަކު ސްކޫލަކަށް ފާހަގަވެއްޖެ ނަމަ އެ ދަރިވަރެއްގެ މައުލޫމާތު އެޑިއުކޭޝަނާ ހިއްސާކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވަންވެސް އެޑިއުކޭޝަނުންވަނީ ސްކޫލްތަކަށް އަންގާފައެވެ. އަދި އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމުގައި އެ ކުދިން ބައިވެރިކޮށް ވެކްސިން ފުރިހަމަކުުރަންވެސް މިނިސްޓްރީންވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނޫނޭ ހުރިހާ އުމުރަކަށްވެސް ޖަހަންވީނުން. ތި ބައްޔަކީ 18 ދަށުގެ ކުދިންނަށް އެކަނި ޖެހޭ ބައްޔެއްތަ؟
    18 މަތީގެ މީހަކަށް މިބަލި ޖެހި ފެތުރިގެން ނުދަނީތަ؟ ވަރަށް ހެއްވާ. ތިޔަ ކުޅޭ ފިލްމު ދިވެހިންނަށް އެބަ އިނގޭ އެމްޑީޕީ ގެ ދެތިން ޤަމާރުންނަށް ނޭގުނަސް