ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިގޮތަށް ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާއިން ނިންމުމާއި ގުޅިގެން އެކަމަށް ރައްދުދީ ދެންމެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
ދިވެހި ހާރިޖީއާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ނަޝީދު މައްސަލައިގައި ދިވެހި ރާއްޖޭގެ ސްޕްރީމު ކޯޓުން 2016 ވަނަ އަހަރުގެ ޖޫން 27 ގައި އިއްވި ހުކުމް ދިވެހި ސަރުކާރުން ފުރިހަމަ އަށް ބަލައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް ޙުކުމް ކޮށްފައިވާހިނދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވުމަކީ ޤާނޫނުގެ އިމުގެ ތެރެއިން ކުރެވޭނެ ކަމަކަށް ނުވާތީ އެ ފުރުސަތު ނަޝީދަށް ލިބިގެން ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"ކުރީގެ ރައީސް ނަޝީދު މައްޗަށް ވަނީ ކްރިމިނަލް ކޯޓުގެ ފަޑިޔާރެއް ހައްޔަރު ކުރުމުގެ ދައުވާ ސާބިތުވެފައި، އަދި ހުދު ނަޝީދުވެސް ވަނީ އެކި ތަންތަނުގައި ވާހަކަފުޅު ދައްކަވަމުން މިކަމަށް އިއުތިރާފުވެފައި އަދި ވެރިކަމަށް ވަޑައިގެންފިނަމަ އަދިވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވޭ،" ދިވެހި ހާރިޖިޔާގެ ބަޔާނުގައި ވެއެވެ.
ދިވެހި ހާރިޖިޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ގާނޫން އަސާސީގެ 109 މާއްދާގެ (ފ) ގެ ދަށުން ވެރިކަމަށް ކުރިމަތިލާ މީހަކީ، އެއްވެސް ޖިނާއީ ކުށެއް ކޮއްފައިވާ މީހަކަ ނުވުމާއި ގިނަވެގެން 12 މަހުގެ ޖަލު ހުކުމެއް އިއްވާފައި ނުވާ މީހަކަށް ވާން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަަށެވެ. އެހެން ކަމުގެ ރައީސް ނަޝީދަކީ ރާއްޖޭގެ ޤާނޫން އަސާސީގައި ވާގޮތުން ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަ ކޮއްފައިވަނީ ކުރީގެ ރައީސް ނަޝީދު އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ފުރުސަތަށް އެދުމުން ސަރުކާރުން އެފުރުސަތު ފަހިކޮށްދެއްވި ކަމަށާއި، އަދި ބޭސް ފަރުވާއަށް އެދުމުން އެފުރުސަތުވެސް ފަހިކޮއްދެއްވި ކަމަށެވެ. އަދި ބޭސް ފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު ވަނީ އެހެން ގައުމަކުން ހިމާޔަށް ހޯދާފަ ކަމަށް މި ބަޔާނުގައި ފާހަގަކޮއްފައިވެއެވެ.
ހަބޭސް
ސާބަސް ،، ވަރަށް ބަރާބަރު . އޭނައަށް ވާދަކުރެވެންޏާ ސަގަރު ނާސިރާ ލުތުފީ އަށްވެސް އިންތިޚާބުގަ ބައިވެރި ވެވެންޖެހޭނެ .....
ގަދަ. މިގައުމުގަ ހިނގާނީ މިގައުމުގެ ގާނޫން
ވާވް. ސަޅި.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓަ ދަ ޕޮއިންޓް. ގުޑް ގުޑް...
ޔާަމީން ބޮޑު ތަނުން ބަލިކުރާނަން ﷲ ގެ ވާގިފުޅާއި އެކު
މަހަށްދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ
ﷲއަށް ހަމްދުކުރަން.
ޢަހަރެންވެސް ﷲ އަށް ހަމްދު ކުރަން.އެ ފަރަންޖީ ނަސީދު ގެ ކިބައިން ސަލާމަތް ކުރެއްވީތީ.ﷲ އޭނާ މިގައުމުގެ ވެރިކަމަށް އާދެވޭނެ ގޮތް މިންވަރު ނުކުރައްވާށި.އާމީން
ބަރާބަރު. އަލިފުދާލަކީ އެއްވެސް ބުރަދަނެއް ހުރި ދާލެއް ނޫން.
ތިޔަހެން ތަމެން ފުއްޕިއެއްނުން ނަޝީދު ބޭސްފަރުވާ ނުފޮނުވާނަމޭ ކިޔާފަ ދެން ވީކޮންގޮތް އެގޭންނު !
ދެން ޔަމީނު އަށް ކީއްވެވާދަ ކުރެވެން ވީ
ސާބަހޭ ރައީސް ޔާންޓޭ އދ އަކީ ބަސްވިކޭ ތަނެއް ނޫން...ގައުމެއް ގެ ދާހިލީ ކަންކަމަާ ނުބެހެވޭނެ... އދ އަކީ ކޯޓެއް ނޫން...ބަޔަކު ބުނާހާ ގޮތެއް ހަދައްޏާ މީ މިނިވަން ގައުމަކައް ނުވާނެ... ކުރިޔައް ދިވެހި ގައުމް ކުރިޔައް ދިވެހި ސިފައިންނާ ފުލުހުން ކުރިއައް 2018 ރައީސް ޔާމީން އެއްބުރުން 2018 ލަންޑަނުން ފިލިނަސީދު.
ދުނިޔޭގެ ހިގާ ލާއިންސާނީ އަމަލު ހުއްޓުވަން ގަރާރު ފާސް ކޮށްބަލަ
ހެހެ.. ނަސީދު ދެން ޖެހޭނީ ރާއްޖެ އައިސް ގުރައިދޫ މޮޔައިންގެ ގޮޅީގެ ރަސްކަން ކުރަން ދޯ
ތިޔައްވުރެ މާ ބާރުގަދަ ވާނެ މީދާ ވެސް......
ހެހޭ: ޖައާބުލިބުނުލެތް ލަސްތަ.
ސާބަހެ ސަރުކާރު ސާބަހޭ ސަރުކާރު
ސާބަހޭ ރައީސް ޔާމީން ގެ ސަރުކާރަށް.
ޔޫކޭ ގެ ވެރިކަން އަންނި ދިނުމަށް ގޮވާލުމަށް އދ އަށް އިލްތިމާސްކުރަން
އަޖައިބެއް ނަސީދު ގޮސްތަ އެ ފަންޑިޔާރު ހައްޔަރު ކުރީ.. އެހެންވެއްޖި ނަމަ މިހާރުވެސް އެބައުޅެ 2 ފަންޑިުާރުން ހައްޔަރުކޮއްގެން އަދި އެވެސް އެންމެ އިސް 2 ފަނޑިޔާރު މިމީހުން ހައްޔަރު ކުރުމުގަ ކުއްވެރިވާނީ ރައިސް ޔާމިން ތޯ ނޫނީ ހައްޔަރުކުރި ފުލުހުންނާއި ސިފައިންތޯ
ގަދަ. މިހާރު ރާއްޖޭގަ ހުރީ ގަޓުހުރި ރައީސް އެއް.
ހެހޭ: އިދިކޮޅު ފަރާތްތަކަށް ސާފު ޖަވާބުލިބިއްޖެތަ.
މިހާރު ހުއްނާނީ ރަނގަޅަށް ގުނބޯ ހެއްދިފަ.
އިއްޔަ ފުރާޅު ޓިނު ނަގާއިގެން ކީއްތަކުރީ؟
ތިޔަހެން ނެރޭބަޔަނަކަށް އދ ބިރެއްނުގަންނާނެ މިހާރު ބޮޑުމަންޒަރު އެބަފެނޭ
ޢދ ދަގެތިން ބުނެފި މައުމޫނަށްވެސް ކުރިމަތިލެވޭނޭ
އޮވެގެން ވެސް ނުވާނެ
ނަޝީދުއަށް ކުރިމަތިލެވޭނެ ވެރިކަމަކަށް ނޫން. ޖަލަށް. ތިޔައީ ކަނޑު ފައްތަންވެފައި ހުރި އިންސާނެއް
މީއީންތީޚާބު އެންމެ ރަނގަޅައް ހީނގާނީ އީދީކޮޅުކެންޑީޑޭޓަކައްވެސް ޔާމީނުގެ ނަން ހުށައަޅައީގެން.
މިއީ ވަރަށް ސާފު މައްސަލައެއް. ކުރިމައްޗެއް ނުލެވޭމެ.
އެއީ އދ ނޫން ނަސީދަށް ވަގިވެރިވާ އދ ތެބޭ ޔަހޫދީ ކުރިސްޓިއަން ބައިގަޑުންނިންމި ނިންމުމެެް ކޮބައި އެބައިގަނޑު ފަލަސްތީނުހެ ރައްޔިތުން މަރާ ހުސްކުރާއިރު ކޮބައި އެބަގަނޑު ލޯކަނުވެ ބީރުވެފަތަ މިތާ ފައްޅިޔާ ރަލަ އެެއްޖިންސުން ކައިވެނި ނުކުރެވިގެންއުޅޭ ބައިގަނޑު އެއީ ނުވަނެ ތިކަމެއް
މި ގައުމުގެ ހިގާނީ ކެނެރީގެ މަގަށް ސީލާ ކަލޭގެ ބޭނުންވާހާ ކަމެއްނޫން . މިގައުމުގާ ހިގާނީ ގާނޫނާ ގާނޫނުއަސާސީ ގެ ބާރު
ކޮންތާކު ބާ ރާއްޖޭގަ ބުރަދަނެއްހުރީ؟؟؟ ސްޕރީމް ކޯޓްން އަމުރު ނެރުނު ފަހުން މިހާރު ކޯޓްން އަމުރެއް ކޮއްފިއްޔާ ތަންފީޒު ކުރާނަމޭ ގޮވަމުން ދިޔަ ގުރޫޕު ފިލައިފި