މިދިޔަ އަހަރު ހެދި އޯލެވެލް އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ފަށައިފިއެެވެ.

މިއަދު ދޫކުރަން ފަށާފައިވަނީ ސްކޫލުތައް މެދުވެރިކޮށް އޯ ލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ތަކެވެ. ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އިމްތިހާނު ހެދި ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ.

އޯލެވެން އިމްތިހާނުތައް ފެށީ ސެޕްޓެމަރު 28 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު 12ގެ ނިޔަލަށް އިމްތިހާންތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ އިމްތިހާނުގައި 234 ސެންޓަރުން 5569 ކެންޑިޑޭޓުން ބައިވެރިވެއެވެ. މީގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައި ވެސް އިމްތިހާނު ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާނީ

    ވޭތުވެދިޔަ ދިހަ އަހަރަށް ބަލާއިރު އެންމެ ނަތީޖާ ދަށް އަހަރު!

    2
    2
  2. އަހުމަދު

    ވޭތުވެދިޔަ އަހަރުތަކަށްވުރެ ނަތީޖާ ބޮޑުތަނުން ރަގަޅު!

    1
    2