ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނޮޅިވަރަމްގައި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ މިއަދުއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް ކުުރުމަށް ދީފައިވާ މުއްދަތަކީ ދެ އަހަރެވެ. މި މަޝްރޫއަށް 25،269،605.00 ރުފިޔާ ހަރަދުވާނެއެވެ.

2500 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް، މި މަޝްރޫޢު ނިމި ޚިދުމަތްދޭން ފެށުމުން ހައްލެއް ލިބިިގެންދާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރެވުނު އެ މަޝްރޫއުތަކުގެ ދަށުން ރަށުގެ ފެނުނު ނިޒާމް ފަރުމާ ކުރުމާއި، ރަށުގެ ފެނުގެ ވިއުގާ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓައި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

ނޮޅިވަރަމް ކައުންސިލުން ބުނީ މިއަދަކީ ނޮޅިވަރަމް ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހުނު ދުވަހެއްކަމުގައެވެ. އަދި ރައްޔިތުން މިހާރު ކެތްމަދުވެފައިތިބީ މި ޚިދުމަތް ލިބޭނެ ވަހަކަށްކަމުގައެވެ.