ފެމިލީ ކޯޓުން މި އަހަރު ކޮންމެ ދުވަހަކުވެސް ކައިވެނިކޮށްދޭ ގޮތަށް ނިންމައިފިއެވެ.

ފެމިލީ ކޯޓުން މި އަހަރު ކައިވެނި ކޮށް ނުދޭނެ ދުވަސްތައް އާންމުކޮށްފައި ވަނީ މިދިޔަ އަހަރު ފަހުކޮޅުގައެވެ. އަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނި ނުކުރެވޭތީ އެކަމުގެ ޝަކުވާތައް ކުރިއެވެ. އެހެންވެ އާއްމުންގެ އެ ޝަކުވާތަކަށް ބެލުމަށްފަހު، އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށްދެވޭ ގޮތަށް ފެމިލީ ކޯޓުން މިހާރު ވަނީ ހަދާފައެވެ.

މީގެ ކުރިން ފެމިލީ ކޯޓުން ނިންމާފައި ވަނީ ހޮނިހިރު ދުވަހާއި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އޭޕްރީލް 23 އަދި 24 ވަނަ ދުވަހާއި، ފިތުރު އީދާ ގުޅިގެން މެއި 24 އިން 29 ދުވަހުގެ އިތުރުން، މިނިވަން ދުވަހުގެ ޗުއްޓީއާ ގުޅިގެން ޖުލައި 26 އަދި 27 ގައިވެސް ކައިވެނި ކޮށްދޭ ގޮތަށެވެ. އަދި އަޟުހާ އީދާ ގުޅިގެން އޮގަސްޓް ދޭއް އަދި ތިނެއްގާއި ދުވަހު ކައިވެނި ކޮށް ނުދޭން ކުރިން އޮތީ ނިންމާފައެވެ.

ނަމަވެސް ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިހާރު ވަނީ ލިބުނު ޝަކުވާތަކަށް ބެލުމަށްމިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސަވާފައެވެ.