އދ. ފެންފުށީގައި ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން އެ ރަށުގައި މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ފެންފުށީގެ ގެސްޓް ހައުސް އެއް ކަމަށްވާ ކައިޓް އެންޑް ޑައިވް ވިލެޖް އިން އިންތިޒާމްކޮށްގެން ބާއްވާ މި ކުޅިވަރު ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 17 އަދި 18 ވަނަ ދުވަހުގަ އެވެ.

ފެންފުށި ކައުންސިލް އާއި ގުޅިގެން ބާއްވާ މި ފެސްޓިވަލްގައި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ މި ފެސްޓިވަލްގެ ދަށުން ކައިޓް ބޯޑިންގް، ފްލައި ބޯޑިންގް އަދި ޕެރަސެއިލިންގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ. މީގެ ތެރެއިން ފްލައިބޯޑިންގް އާއި ޕެރަސެއިލިން އަކީ އީސްޓް ވިންޑް ވޯޓާ ސްޕޯޓްސްއިން ކުރިއަށްގެންދާ ދެ ހަރަކާތެވެ. ފްލައިބޯޑިންގް، ޕެރަސެއިލިންގް އަދި ކައިޓް ބޯޑިންގް ޝޯއެއް މާދަމާ ފެންފުށީ ބަނދަރުގައި އޮންނާނެ އެވެ. އަދި ކައިޓްބޯޑިންގެ ހުނަރުތަކާއި ބޭސިކް ޓްރެއިނިންގް ދިނުމުގެ ހަރަކާތެއް ހޮނިހިރު ދުވަހު ފެންފުށީގެ ހުޅަނގު ތުނޑީގައި އޮންނާނެ އެވެ.

މޫދު ކުޅިވަރުތަކުގެ އިތުރުން ކައިޓް އެންޑް ޑައިވް ވިލެޖާއި ރީތި ކައިޓްސް އަދި އީސްޓް ވިންޑްސް ވޯޓާ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން 18 ވަނަ ދުވަހުގެ ހެނދުނު ރަށު ތެރެ ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރިހި އައިލެންޑް ރިޒޯޓްގެ ލައިވް ޕަފޯމާ މުހައްމަދު އަލީގެ ލައިވް މިއުޒިކާއެކު ކުރިއަށްދާ މި ހަރަކާތުގައި ފެންފުށީ ޒުވާނުންގެ ދިރުން، ފެންފުށީ ޔޫތް ޑިވެލޮޕްމަންޓް އަދި އެ ރަށު ކައުންސިލާއި ސްކޫލުގެ އިތުރުން ފެރީ ހިދުމަތްދޭ ނީޝާ އެކްސްޕްރެސް އާއި އެ ރަށު ގެސްޓްހައުސްތަކުން ބައިވެރިވާ އިރު އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު މި ފެސްޓިވަލްގައި ބައިވެރިވުމަކީ ފެންފެށި ކައުންސިލްގެ އިތުރުން ކައިޓް އެންޑް ޑައިވް ވިލެޖް ގެސްޓްހައުސްގެ ވަރަށް ބޮޑު އެދުމެކެވެ. ފެންފުށި ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުން ވެސް މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އޮތް މިންވަރަކުން ޖާގަ ހުޅުވާލާނެ ކަމަށް މިކަން އިންތިޒާމްކުރާ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ފެންފުށީގައި މިފަދަ ފެސްޓިވަލް އެއް ބޭއްވުމުގެ މަގްސަދަކީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެންމެ ޝައުގުވެރިވާ މޫދު ކުޅިވަރުތައް ފެންފުށީގެ ހިތްގައިމު ތުނޑީގައި ބާއްވައި މުޅި ދުނިޔެ އަށް އެ ރަށް އިޝްތިހާރުކޮށްލުން ކަމަށް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހިބަދޫ

    ފޫހިވާ ރަށެއް. އެއްކަމެއްވެސް ނެތް. ކާކު ދާނީ

    2
    20
    • އަލީ

      މަހިބަދޫ އަކީ ވަރަށް މަޖާ ރަށެއް. ޙާއްސަކޮށް ދޮން ފިރިހެނުންނަށް

  2. ޙައްވާ ފެންފުށި

    ޙަސަދަ އިން ފޯވެފަ ތީބޮޑުވަރު'

    17
    1
  3. ނާނި

    އަލްޙަމްދު ލިﷲ ހާދަރީތި މޫދެކޭ. މަވެސް ދާހިތްވެއްޖެ.

    14
  4. މާމިގިލި

    މާޝާﷲ. ފެންފުށީ ތުނޑި ވ ރީތިވާނެ އަސްލުވެސް. މަހިބަދޫ ކުދިން ޖޭވިޔަސް ފުކެއް ބޮޑުވަރު ތީ.

    11
    2
    • އަހުރެން

      މާމިގިލި ނަމުގަ ފެންފުށި ގޮލައެއް.. ޙަހަހހަހަހަ. ފުކެއް ބޮޑުވަރު. ކޮން ފެންފުއްޓެއް ކޮން މަހިބަދޫ އެއް. އެއްކަހަލަ ދެ ތަން. ފަޅު ރަށްރަށް

      3
      6
  5. ކަނޑި

    މަހެބަދޫގަވަރައްރީތިބީޗެއްއޮންނާނެ މަށައްރީތީމަހެބަދޫއަންހެނުއް މަށައްމަހެބަދޫ އަންހެނެކުލިބުނީޔާމު މައިންނާނައް