މިއަދުގެ ވަގުތެއްގައި ކ. ގިރިފުށި ޖެޓީ ކާރިއަށް ލެއްގި ޕާރުސަލުގައި ހުރީ ކޮންއެއްޗެއްތޯ ބެލުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރު އިބްރާހިމް އާޒިމް އެމީހުންގެ ވައިބާ ގްރޫޕަށް ލާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕާރުސަލުގައި ހުރީ ފަތްތަކެކެވެ. އާޒިމް ވިދާޅުވެފައިވަނީ އެ ޕާރުސަލް ފެނފައިވަނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަމަށެވެ. އަދި މިހާރު ފުލުހުން އެއީ ކޮށްޗެއްތޯ ބަލަން އިންވެސްޓިގޭޓް ކުރަމުން އަންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ގިރިފުށި ޖެޓީއަށް އޮޔާ ލެއްގި ބަންދުކޮށްފައިވާ ޕާރުސަލް، ޕޮލިސް އިން ދަނީ އިންވެސްޓިގޭޓް ކުރަމުން. މީގައި ހުރީ ކޮން އެއްޗެއްކަން އިނގޭނޭ ޕޮލިސް އިންވެސްޓިގޭޝަނަށްފަހު" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެ ޕާރުސަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ދައުރުވަމުން އަންނަ ފޮޓޯ އިން ފެންނަ ގޮތުގައި އެއީ ބަނދެފައި ހުރި ފަތްތަކެކެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮންކަމަކަށް ބޭނުން ކުރާ ކޮންކަހަލަ ފަތެއް ކަމެއް ނޭނގެއެވެ. 2 ފޫޓުގެ އެ ޕާރުސަލުގައި ގިނަ އަދަދަކަށް އެ ފަތް ހުއްޓެވެ.

މިއަދު ބަންދުކޮށްފައިވާ ޕާރުސަލެއް ގިރިފުށި ޖެޓީ ކާރިން ފެނިފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގައިވެސް ވަނީ ހަމަ މިގޮތަށް ބަންދުކޮށްފައިވާ ޕާރުސަލެއް ބ. އޭދަފުށީ ފަޅުތެރެއިން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙުސޭން

    ހާދަ ދުންފަތެކޭ ދޯ މި އެތެރެކުރަނީ، ހީވަނީ ބިޑި ނޫނީ ސިނގިރޭޓް ވިޔަފާރިކުރަން ބަޔަކު ކުރާ މަސައްކަތެއް ހެން

    17
    1
  2. ބޮޑުސުވާލު

    ތިކަން ކުރަން އުޅުނު ބަޔަކަށް މިނިއުސް ފެނި އެމީހުން ފައްޖަހާފަ ހުރި ފަތްތަށް ފެނިއްޖެނަމަ ކަންތަށް ކުރާނީ ކިހިނެއް؟

  3. Anonymous

    ސިހުރު

  4. ޖައިޝާ

    ތީވާނީ ކިއްލި ތަޅަން ބަޔަކު ގެނައި ބިލެތް ތަކެއްކަމަށް.ހަލާކުވީމަ އުކާލީ.

  5. ހުސޭނުބޭ

    މާރުކޭޓަށް ގެނައި ކުއްޅަފަތް ބޮނޑިއެއް ތިއީ!

  6. ބުނި

    ނޫނޭ ތީ މިދިޔަ އަހަރު އިންދި އޮއްތަކުން ގަސްފަޅައި އޭގެ ފޮނި މޭވާ

  7. ?ރޮނޑާ

    ތި ނުވާނެ އާދައިގެ ފަތަކައް. ތަހުލީލު ކުރަން އަފްއާނިސްތާނައް ފޮނުވަންވީ. އަފްއާނިސްތާނު މީހުންނަކީ ތަފާތު ބާވަތް ބާވަތުގެ ފަތުން ނަފާހޯދާބައެއް.

  8. އައިޝާ

    ކުރިން ފެނުން ފަތަތައް ތަހުގީގުކުރަން ގެންދިޔަ ގޮތައް ބަހަބަރު ..