ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިންގެ ނަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވި ކަމަށްޓަކައި، ފާއިޒް ރައީސް ސާލިހަށް ޝުކުރު ދަަންނަވަފައިފިއެވެ.

ފާއިޒް ރައީސްއަަށް ޝުކުރު ދަންނަވާފައި މި ވަނީ، ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަަމަށް ޖޭއެސްސީން ލަފާދިނުމާއި ގުޅިގެންނެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ލަފާދެއްވި ފާއިޒް އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގަމާއި އަދި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހްތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ ނަން ޙިޔާރު ކުރެއްވީތީ ރައީސްލްޖުމްހޫރިއްޔާއަށް ޝޫކުރު ދަންނަވަމެވެ. އިތުރު ވާހަކަދެއްކުން މިވަގުތު ރަނގަޅެއް ނޫނެވެ". ޖޭއެސްސިގެ އެ ނިންމެވުމާއި ގުޅިގެން މިއަދު ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

ފާއިޒަކީ ދާއިމީ ސުޕްރީމް ކޯޓު އުފެއްދިއިރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާ ގޮތަށް މަޖިލީހުން ގާނޫނަށް ގެނައި ބަދަލަކާއެކު ފާއިޒްގެ މަގާމް ގެއްލުނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Juhaa

    މި ގައުމުގައި ޤާނޫނު އެނގެނީ ޢައުރަ ނިވާނުކޮށް ހުންނަ އަންހެނަކަށް. އޭނާ ބުނާގޮތަށް ޝަރީޢަތްކުރަން ޖެހޭނީ.

    40
    2
  2. ފިކުރު

    ފާއިޒު ފަދަޤަދަރު ވެރި މިޤައުމަށް ގިނނަ ދުވަސްތަކަކުޚިދުމަތް ކޮށްދެއްވި ބޭފުޅަކު ހަނު ހުރުމަކީ މިދިވެހި އުއްމަތް އިތުރަށް ހަލާކުވެ ވީރާނާވެގެން ދާނެކަމެއް އިނގޭ ތޯ އަދިތިފަދަ ބޭފުޅުން ހިތްވަރާއެކު މިފަދަ ވަގުތެއްގައި ތެދުވުމީ މިޤައުމު ވެއްޓިފައި މިވާއަނދަވަޅު ސަލާމަތްވުމަށް ލީބޭ ވަރަށްބޮޑު ބާރަކާ ހިތްވަރެއް އިނގޭ ތޯ ކޮންމެ ބޭފުޅަކީވެސް ތިމާޔާ ދިމާވާ ކޮންމެ ހުރަހެއް ގިރާކުރަން ކެރޭހިތްވަރުގަދަ ބޭފުޅަކަށް ވަމާ ތޯ

    39
  3. ކިނބޫ

    އަނގައިން ބުނެފިއްޔާ ދުނިޔޭގެ އެއްވެސް ތަނެއްގަ ދިރިއުޅެން ދަތިކުރާނެ ވިއްޔަ. ނިއުޒީލެންޑްގަ ދިރިއުޅޭ ސަންދާނު ލުތުފީގެ ދަރިންކޮޅު ވަގަށް ނެގި މީހުނެއްނު ތިއުޅެނީ.

    19
  4. ސާސް

    ފާއިޒު ވަކިކުރީ ކާކު؟

  5. ސޭކްސްތާން

    އެހެންވީމާ ޔާމީން މީނާ ބޭރު ކުރީ ރަނގަޅަށްތާދޯ. އެހެރީވިއްޔަ ގަނެފަހުރި ގަނޑު.

    1
    1
  6. ކަނަމަނަ

    ތިޔަޖޭއެއްސީގެފިޔަކޯށާލާދުވަހަކައް އިންތިޒާރްކުރަން