ފުލުހުން މީޑިއާ އާއި މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ "ވަޓްސްއެޕް" ގްރޫޕްގައި ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިރޭ ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ރުޅިގަދަވީ "ވަޓްސްއެޕް" ގްރޫޕްގައި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެންނެވެ.

ފުލުހުން މީޑިއާ އާއި ހިއްސާ ކުރުމަށް ބޭނުންކުރާ "ވަޓްސްއެޕް" ގްރޫޕް އިން "ވަގުތު" ގެ ނޫސްވެރިން ބޭރުކޮށް މައުލޫމާތު ލިބިދިނުމުގެ ޙައްޤަށް ފުލުހުން ހުރަސް އަޅާފައި އޮންނަތާ މިހާރު ދިހަ މަސް ދުވަސް ވެއްޖެއެވެ.

މިރޭ "ވަޓްސްއެޕް" ގްރޫޕްގައި ދެކެވުނު ވާހަކަތަކުގެ ސްކްރީން ޝޮޓްތައް "ވަގުތު" އަށް ވަނީ ލިބިފައެވެ. އެމެސެޖްތަކުން އެނގޭ ގޮތުގައި އިޒްމިއާ ރުޅިގަދަވީ މާލޭ މަގުމަތީގައި ހުރި ސައިކަލްތަކެއް ޓޯވކޮށް އެއް ސައިކަލް މަތީގައި އަނެއް ސައިކަލް ބަހައްޓާ މަންޒަރު ފެންނަ ވީޑިއޯ އަކާއި އެކު ނޫސްވެރިޔާ އަލީ ޝިފާޒް ފުލުހުންނާއި ސުވާލެއް ކުރުމުންނެވެ.

އެއް ސައިކަލް މައްޗަށް އަނެއް ސައިކަލް އެރުވުމުން ލިބޭ ގެއްލުމަށް ޒިންމާވާނަންތޯ ނޫސްވެރިޔާ ސުވާލު ކުރުމުން އިޒްމިއާ ވިދާޅުވީ އެއް ސައިކަލް މައްޗަށް އަނެއް ސައިކަލް އަރުވާފައި ހުރި މަންޒަރު ވީޑިއޯ އިން ނުފެންނަ ކަމަށެވެ.

ދެން ނޫސްވެރިޔާ ބުނީ އެއް ސައިކަލްގެ މުއްގަނޑު އަނެއް ސައިކަލްގެ ކަވަރުގައި ޖެހިފައި ހުންނަ މަންޒަރު ވީޑިއޯ އިން ފެންނަ ކަމަށެވެ. އަދި މީހުންގެ މުދަލަށް ގެއްލުން ލިބުނީމަ ޒިންމާ ނަގާނަންތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ.

އެހައި ހިސާބުން އިޒްމިއާ ވަނީ ރުޅިގަދަވެފައެވެ. އިޒްމިއާ ނޫސްވެރިޔާ އަށް ބުނީ ބުއްދި ގަބޫލުކުރާ ސުވާލު ކުރުމަށް އެދޭކަމަށެވެ. އަދި ނޫސްވެރިޔާ މަސައްކަތް ކުރަނީ "ޖަޒީރާ ނިއުސް" ގައިތޯ އިޒްމިއާ ތަކުރާރުކޮށް ނޫސްވެރިޔާ އާއި ސުވާލު ކޮށްފައިވެއެވެ.

އިޒްމިއާގެ ވާހަކަތަކާއި ގުޅިގެން ނޫސްވެރިޔާ ބުނީ އޭނާ ކުރާނީ އޭނާ ކުރަން ބޭނުންވާ ސުވާލެއް ކަމަށާއި އޭނާ ކުރާނީ (އިޒްމިއާ) ހިތްރުހޭ ސުވާލެއް ނޫން ކަމަށެވެ.

އެހެންބުނުމުން އަނެއްކާވެސް ތަކުރާރުކޮށް އިޒްމިއާ ވަނީ އޭނާ މަސައްކަތްކުރާ މީޑިއާ އާއި ބެހޭގޮތުން ސުވާލުކޮށްފައެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ބައެއް މީޑިއާތަކާއި، ބައެއް ނޫސްވެރިންނާއި މެދު ޒާތީ ގޮތެއް ބަހައްޓަވާ ކަމަށް ބުނެ ގިނަ ނޫސްވެރިން ގެންދަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ހުސޭނުބޭ

  މާ ލޮނުރަހަ ގަދަކޮށް ކާތީވެ ލޭ މައްޗަށް ދަނީ! އެކޮއި ގާތު ބުނޭ ދެންވެސް އެހައި ގިނައިން ރިހާކުރު ނުކާށޭ!

  39
  2
 2. Anonymous

  އަޑަށް ކަރަށް ބާރުލާފައި މި ސަރުކާރުން ކުރީން ގޮވަމުން ދިޔައީ ނޫސްވެރިކަމުގެ މިނިވަންކަން ދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ދިނުމާއި މައުލޫމާތު ލިބުމުގެ މިނިވަންކަން ދިނުމަށް އެކަމަކު އެމްޑީޕީ އަށް ވެރިކަން ލިބުނީމާ މިހާރު ކިހިނެއް މިވަނީ. އިހުލާސްތެރިކަން ނެތީ.

  49
  2
 3. ޙސސސ

  🤣😂

  15
  1
 4. ސޭކްސްތާން

  ދޭސީ އަހަންމަދުގެ ސިނގު ރުޅި މީނާގައިގަ ހުންނާނެ. މުޅި ޕޮލިސް ހަރާބުވަނީ މީނާގެ ސަބަބުން.

  66
  6
 5. Anonymous

  ނާޤާބިލް ކަން ފެންނަނީ ސަރުކާރު ވެސް ހަމަ އެގޮތް

  69
  6
 6. ކަބުލޮ

  ތިމާޔަށް ކުރެވޭވަރުގެ ކަންތަކާ ތިމާކުރިމަތި ލާބަލަ ތިއުމުރުގައި ތިކަހަލަ ކަންތައް ހަޖަމްކުރަން އުނދަ ގޫވާނެ ރަނގަޅުވާނީ އިސްތިއުފާ ދީފަ ގޭގަ މަޑުކޮށްލިއްޔާ ތިކަމަށް ނާޤާބިލް ވީމަވާގޮތްތީ!

  71
  5
 7. ހިސެން

  ހުރެވެނީ ކޮންމަގާމެއް ގައިކަމެއް، ޒިންމާއަކީ ކޯޗެއްކަމެއް ނޭގޭ، މިފެންނަނީ ސިޔާސީ ވެފަތިބިވަރު. މާދަންބުނާނެ އެވަޓްސްއަޕް ގުރޫޕަކީ މަގޭ އަމިއްލަ ގުރޫޕެކޭ. އިތުބާރު ކުރަން ހުރި މުއައްސަސާއަކުން މިހުރިހާ ޑްރާމާއެއް ތަކުރާރުކޮއް ހިންގާއިރު ފިޔަވަޅު ނޭޅި އިސްލާހް ނުވާތީ މުޅި މުއައްސަސާ ބަދުނާމުވެ.

  37
 8. ސޮޓި

  މަންޖެ ހަޖަމް ކުރަން އަދި ނޭގެނީ ތޯއްޗްއެ. . .

  31
  2
 9. އުމަރު

  މިމަންޖެ މީ ފެންވަރު އޮޅިގެން އުޅޭ މަންޖެއެއް. މުޅި އިދާރާ ބަދުނާމު ވަމުން މިދަނީ މިކަހަލަ ނާގާބިލު މީހުންނަށް ވަޒީފާދީގެން އުޅެން ހަދައިގެން. ތިމާ ވަރެއް ނެތިގެން އުޅެނީ ހީވަނީ އަމިއްލަ ގޭގައި އުޅޭހެން. ނުވަންޏާ އިސްތިއުފާ ދީބަލަ. ތިތާގަ ތިބޭނެ ކަންކަން ކުރެވޭ ވވވވ ގާބިލު ފިރިހެނުން.

  38
  3
 10. ޕޮލިސް

  ވެހިކަލް ޓޯ ކުރާއިރު ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާވާން ނުޖެހޭނެ ކަމަށް ލިޔެފައި އޮވެއެވެ. އ ހ

  13
  34
  • ޢަބުޅޯ

   ކޮންމެއެއްޗެއްވެސް ލިޔެވިދާނެ. އެކަމަކު ކޮންމެ ބަޔަކުނަމަވެސް މީހުންގެ މުދަލަށް ގެއްލުންވާގޮތަށް. ކަންތައްކޮށްގެންނުވާނެ. އެއީ ޤަވާއިދާ ޚިލާފަށް ކުރި ކަމެއްކަމުހައިވީނަމަވެސް އެއީ ހަމަ ކޮންވެސް މީހެއްގެ ބުރަ މަސައްކަތުން. ހޯދާފައިވާ މުދާ. އަހަރެމެންގެ ދީނުގައިވެސް މީހުންގެ މުފަލާއި ފުރާނަޔަށް ގެއްލުންދިނުމަކީ ބޮދުވެގެންވާ ފާފައެއް.

   24
   2
   • މ

    އެކަމަކު ވެހިކަލްގެ ވެރިފަރާތުން ހިތު ހުރި ގޮތަކަށް ކަންކަން ކުރަން އޯކޭ؟ ވަޓް އެ ޖޯކް.

    1
    2
 11. މުހައްމަދު

  މި ދިވެހިން ވެސް މީ އިއްޒަތެއްގަ ުުު އުޅުން ބޭނުން ވާބައެއް ހުވާ.....މި މީހުން ހިތައް އަރާހާތާކު ޕާކު ކުރާއިރު ނޭންގޭތަ އޭ އަގު ބޮޑެތި މުދާކަމެއް .......ދެން ޕޮލިހުން ަ ޓޯ ކުރާ އިރު ޖެހޭތަ އޭގަ ކަވަރު އަޅުވައިގެން ކޮންމެ އެއްޗެއް ފޮށިކޮޅުގަ ގެންދަން......

  11
  14
 12. ދިވެހި ރާއްޖެ

  މިހާރު މިޤައުމުގައި ތިފުލްހުންގެ އެއްވެސް އިތުބާރެއް ނެތް.
  ސަރުކާރުން ބޮޑު މުސާރަ ދީގެން ކުރާ އެއްވެސް ކަމެއް ނެތް. ހަމަ ހަނާވަނީ އާމުން. ހަޖަމްކުރަން އުނދަ ގޫވާނެ ރަނގަޅުވާނީ އިސްތިއުފާ ދީފަ ގޭގަ މަޑުކޮށްލިއްޔާ ތިކަމަށް ނާޤާބިލް ވީމަވާގޮތްތީ! ކަކު ބުނެގެން ތިބޯގަޅަލީ ގޭގަ ހުރެބަލާ.

  18
 13. ޢަލަނާސި

  ޢެކަމަނާ އަށް ފާގަކޮޅެއް ހަދިޔާ ކުރަމާ....!

  14
  2
 14. ތިޔަ ދިޔައީ

  ޙެހެހެމިއީ ޕޮލިހުންގެ ހާލު މިފަދަ މީހުންއެފަދަ
  މުއަށް ސަ ސާ ތަކުގަ ބެހެއްޓުމުން މުޅި މުއަށް
  ސަ ސާގެ އަގުވެއްޓޭނީ އި ސްތިއުފާ ދެއްވާ

  14
  1
 15. ކަތީބު

  ތިވާނީ މަޑުކަށި ފިކުރުގެ މީހަކަށް، މަޑުކަށިފިކުރުގެ މީހުން ރުޅިގަދަވާނެ.

  12
 16. އިބުުރާހިމް

  އިންސުވަރެންސު ކޮބާ