ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވަގަށްނަގައި ރަހީނުކޮށްފައި ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރިޔާޒު ހައްޔަރުކޮށްފައިވާތާ 45 ދުވަސް ހަމަވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ޚާއްސަ ބައްދަލުވުމެއްގައި ޖޭޕީގެ ކައުންސިލް މެމްބަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މާޗު މަހުގެ ރިޔާޒު ހައްޔަރުކުރެވުނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައި ވަނިކޮށް ނަމަވެސް އެހާލަތުގައި ހިފެހެއްޓިފައިވާ ކަމަށް ބުނާ ގާނޫނުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނު ނުހިމެނޭ ކަމަށެވެ.

"ރިޔާޒް އަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރަށް ވާއިރު، ކޯޓު އަމުރެއް އޮވެގެން ނޫނީ ރިޔާޒު ހައްޔަރުނުކުރެވޭނެ. ރިޔާޒު ހައްޔަރުކުރީ ކުށުގެ މާހައުލަކުން ނޫން. އެތަށް ބަޔަކު ސުލްހަވެރިކަމާއެކު އެއްވެފައި ތިބި ތަނަކުން" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ޝަރީއަތް ނިމެންދެން ރިޔާޒު ބަންދުކުރަން ނިންމާފައިވަނީ މާކުރިން ހިންގިފައިވާ ޝަރީއަތަކާ ގުޅިގެން ކަމަށާއި އެއީވެސް ޣައިރުގާނޫނީ ކަމެއް ކަމަށެވެ.

ކޮންމެ މީހަކަށް ދެވޭ އަނިޔާއަކީ ވެސް އަނިޔާއެއް ކަމަށާއި މިކަންކަމާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވިއެވެ. އަދި މިހާތަނަށް ރިޔާޒާ މެދު އަމަލުކޮށްފައިވާ ގޮތުން ރިޔާޒުގެ ބަންދު ބޮޑަށް ވައްތަރީ ރަހީނުކުރުމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީހަކު ހައްޔަރުކުރާއިރު ސަބަބު ބަޔާންކޮށްދޭން ޖެހޭނެ. އަދި އަވަސްމިނުގައި ސަބަބު ބަޔާންކޮށްދޭންޖެހޭ. އެކަމަކު ރިޔާޒު ހައްޔަރުކުރި ސަބަބު ބަޔާންކޮށްދިނީ 12 ދުވަސް ފަހުން. ހަގީގަތުގައި ރިޔާޒު ވަގަށް ނެގީ، ރަހީނުކުރީ" އަލީ ހުސައިން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ގެންގޮސް މުއްދަތެއް ނެތް ގޮތަށް ބަންދުކުރީ ވަގުވަގަށް ކަަމަށާއި ވަކީލަކު ހަމަޖެއްސުމަށް ދިން މުއްދަތު ހަމަނުވަނީސް ގެންގޮސް ބަންދުކުރީ ވަކީލަކާ ވެސް ނުލައި ކަމަށް އަލީ ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ސުލްހަވެރި އެއްވުމަކުން ރިޔާޒު ހައްޔަރުކުރީ ރޭގަނޑު 10:30 އާ ހަމައަށް އެއްވެއުޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަަމަށް ފުލުހުން ބުނެފައި ވަނިކޮށް ކަމަށާއި ރިޔާޒު ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައި މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް ރިޔާޒަށް އެއިން ކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށް އަމީތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުދެ

    މަސް ކަނޑާފަ ފޮނި އަނގަތަޅާ ހުސޭނު

  2. Anonymous

    ކިނބިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ބާޣީ ައބްދުﷲ ރިޔާޒު

  3. Anonymous

    ޢައްޔާބެ ވީޓީވީއައް އަރާ ބުނީ ކުއްލި ހާލަތު އާޒިމާއަކައް އިއުލާނެއް ނުކުރެވޭނެޔޭ. ހަމަ ސީދާ ރައީސް ޔާމީނު ޓީވީއައް އަރާ ލައިވުކޮއް ރައްޔިތުންގެ ކުރިމަތީގައޭ ކުއްލި ހާލަތު އިއުލާނު ކުރަންވާނީ. އާޒިމާ އިއްވީ ރައީސް ޔާމީނު ސޮއިކޮއް ހަދާފަ އޮތް ގަރާރެއް. ގާނޫނު އަސާސީއަކު ނޯވެ ކުއްލި ހާލަތު އިއުލާނު ކުރަންވާނީ އޭރަކު ހުންނަ ރަޢީސަކު ޓީވީއައް އަރާފައޭ. އަލީ އަޑުއެހިންތަ ދާދިފަހުންވެސް ގައުމެއްގެ ރައީސަކު ޓުވީޓަކުން ކުއްލި ހާލަތު އިއުލާނު ކުރިކަން. ކަލޯ ބޯގޯސްވާހަކަ ނުދައްކާ . ބާޣި ރިޔާޒު ހައްޔަރު ކުރީ ގާނޫނާ އެއްގޮތައް. ދެން އަތްޖަހާ

  4. ޢަބްދުﷲ

    ޖަލުގައި ތިބި ހުރިހާ ގައިދީންވެސް އެތިބީ ރަހީނު ކުރެވިފަދޯ؟
    ކާކު އޭނަ ވަގަށްނެގީ ކަލޭގެ............ ތަ؟
    ރަހުނު ކުރެވިފައި ނުންތަ އެހުރީ؟

  5. ކާޑުބަކުރު

    ތިޔަ ކެންދޫ ކަލޭގެއަށް ނޭނގޭނެ ޤާނޫނުގެ ބަނޑެރިގަނޑުވެސް! ދޭބަލަ ރަށުފަޅުން މުށިމަސް ބާނަން!