މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

https://www.facebook.com/VaguthuMv/videos/2486447231571352/

00:04

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ އަބްދުލް ސަލާމް މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެސްއޯ ފުލުހުން އަޅައިގެން ތިބޭ ވެސްޓާއި ހެލްމެޓް އަޅުވައިގެން ކަމަށް ބުނާ ވީޑިއޯ އެއް އާއްމުވެއްޖެއެވެ.

23:49

ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ ފެންމަތިވި ފަހުން ޖެންޑާ މިނިސްޓްރީ އަމަލުކުރަމުންދާ ގޮތާއިމެދު ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން.

https://twitter.com/evillqueenn/status/1218238098808590336

23:36

ގައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގައި މަސައްކަތް ކުރާ ސިފައިންގެ ދެމީހަކު ކުއްޖަކު ރޭޕް ކުރި މައްސަލަައެއްގައި ސަރުކާރުގެ ރަސްމީ އިދާރާތަކުން އެއްވެސް ފިޔަވަޅެއް ނާޅައި، އެމައްސަލަ އޮއްބާލިކަން ހާމަވެއްޖެއެވެ.

23:15

އުމުރުން ދެއަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި އެކުއްޖާގެ ކާފަ އާއި މުނިކާފަ ގއ.ވިލިނގިއްޔަށް ގެންނަން އުޅޭކަމުގެ މައުލޫމާތު ލިބިގެން މުޒާހަރާއަށް ނިކުމެއްޖެއެވެ.

22:58

އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި އެކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައިފި.

22:53

https://twitter.com/dunyamaumoon/status/1218229146427568129

22:51

ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބަޔާނެއް ނެރެފި.

ޖޭޕީގެ ބަޔާނުގައި ބުނީ ދެއަހަރު ނުވާ ކުއްޖަކަށް އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި ކުއްޖާގެ ބައްޕަ ހިމެނޭ ގޮތައް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގެ ޚަބަރު އެޕާޓީން އެހީ ނުހަނު ހިތަމައާއި ކަންބޮޑުވުމާއި އެކުގައި ކަމަށް. ޖޭޕީން ވަނީ މިފަދަ އަނިޔާ ތަހައްމަލް ކުރަން ޖެހޭ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އިދާރާތަކަށް ގޮވާލާފައި. އަދި މިކަމުގައި ބައިވެރިވި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އެޕާޓީން ގޮވާލި.

22:45

އުމުރުން ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ ފެންމަތިވުމާއި އެކު އަނެއްކާވެސް ވަނީ ކުޑަކުއްޖަކާއި ބެހިގެން ޖަލަށް ލާފައި ހުރި އެމްޑީޕީގެ އިސް މެންބަރެއް ކަމަށްވާ އިބްރާހިމް ރަޝީދު (ހޯރައިއްބެ) މިނިވަންކުރަން ރައީސް ޞާލިހް ނިންމަވާ، އޭނާ މިނިވަންކުރި މައްސަލައިގެ ބަހުސް އަލުން ފެށިފައި.

22:29

އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ ހާދިސާ ހިނގި ރަށުގެ ބަދުއަޙްލާޤީ އިތުރު މައްސަލައަކަށް އަނެއްކާ ވެސް ސަމާލުކަން ލިބިއްޖެއެވެ.

އެ ރަށުން "ވަގުތު" އަށް މިރޭ މައުލޫމާތުން ދިން މީހުން ބުނާ ގޮތުގައި އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަންގައި ހުންނަ ކޮމްޕިއުޓަރެއްގައި އޮރިޔާން މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ހުރި މައްސަލައެއް މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. އެ ކޮމްޕިއުޓަރުން ވަނީ ވަރަށް ގިނައިން ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓްތަކަށް ވެސް ވަދެފައެވެ.

22:18

އިހުމާލުވުން ބަލައިގަންނަން ދަތި ކަމަށާއި އިހުމާލުގެ ނަތީޖާ އަކީ މަގާމުގެ ކުރިއެރުން ކަމުގައި ހަދާހާ ހިނދަކު ހައްލެއްނުލިބޭނެ ކަމަށް ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވެއްޖެ.

22:13

އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި އެކުއްޖާގެ ކާފަ އާއި މުނިކާފަ ގދ.ތިނަދުއަށް ގެންދާތީ އެކަމާއި ހިތްމަނުޖެހުން ފާޅުކުރަން އެރަށު ރައްޔިތުން ނިކުމެއްޖެ.

21:56

ރާއްޖޭގެ އުތުރުގެ ރަށެއްގައި އޯޓިޒަމް ކުއްޖަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ފެންމަތިވެއްޖެ.

21:37

ކުޑަކުދިންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ އާއްމު ނުކުރަން ފުލުހުން އެދިއްޖެ.

21:26

އުމުރުން ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ސާފުކުރަން މާދަމާ ދައުލަތުގެ އިދާރާތައް ރައްޔިތުން މަޖިލީހުގެ ޖެންޑާ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި.

20:56

އުމުރުން ދެއަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ހުރިހާ މައުލޫމާތެއް "އެމްވީ ކްރައިސިސް" ނަމަކަށް ކިޔާ ޓެލެގްރާމް ގްރޫޕުން އާއްމު ކޮށްފި.

20:50

އެސްއޯ ފުލުހުން ދަނީ ވަރަށް އަނިޔާވެރިކޮށް ބައެއް މީހުންނަށް ގަސްތުގައި އަނިޔާ ކުރަމުން.

20:48

ފްލެޓު ކައިރީ ފުލުހުންނާއި އާއްމުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ.

20:33

ރައްޔިތުން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމެއް މިރޭ 20:30 ގައި ބާއްވަން ނިންމާފައިވާ ކަމަށް މެންބަރު ރޮޒައިނާ ވިދާޅުވެއްޖެ.

20:28

ވަރަށް ގަދައަށް ޕެޕަ ސްޕްރޭ ޖަހާ މީހުން ދުރުކުރުމަށްފަހު އަނެއްކާވެސް ފުލުހުންގެ ވެހިކަލެއް ފްލެޓް ކައިރިއަށް އައިސްފި. އެސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ ފުލުހުން އެބަތިބި.

20:27

ކުއްޖާގެ ބައްޕަ ދިރިއުޅުނު ފްލެޓް ކައިރިން އާއްމުން ފުލުހަކަށް ހަމަލާދީފި. އޭނާ ވައްޓާލައިގެން އެތަނުގައި ތިބި އާއްމުން ހަމަލާ ދިން ކަމަށް މަންޒަރުދުއް މީހުން ބުނޭ. މިހާރު ފުލުހުން ވަނީ އާއްމުންތައް ދުރުކޮށް ފުލުސް މީހާ އެސަރަހައްދުން ގެންގޮސްފައި. ފުލުހުން ވެސް ވަނީ ފުލުހަށް ހަމަލާދިން އާއްމުން ދުރުކުރަން ބާރުގެ ބޭނުންކޮށްފައި.

20:20

ރޭޕް ކުރި ތުއްތު އަންހެން ކުއްޖާގެ ބައެއް މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އާއްމު ކޮށްފި.

20:11

ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި.

20:04


މިހާރު ފްލެޓު ސަރަހައްދަށް ވަނީ އެމްބިއުލޭންސެއްވެސް ގެންގޮސްފަ. ނަމަވެސް އެމްބިއުލޭންސް ގެންދިޔަ ސަބަބެއް އަދި ސާފެއް ނުވޭ./ ވަގުތު އިމޭޖަސް : އަހްމަދު އަޝްހާދު

20:00

އަނެއްކާވެސް ފްލެޓު ސަރަހައްދުގައި ތިބި އާއްމުންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި.

20:00

އުމުރުން ދެއަހަރު ނުވާ އަންހެން ކުއްޖަކު ރޭޕް ކުރި އެކުއްޖާގެ ބައްޕަ ދިރިއުޅެމުން އަންނަ ހުޅުމާލޭ ފްލެޓް ކައިރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާއްމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ.

19:58

ތުއްތު ކުއްޖާގެ ބައްޕަ ހުރި ފްލެޓު ސަރަހައްދުން މީހަކު ހައްޔަރުކޮށްފި. ހައްޔަރު ކުރީ ކުއްޖާގެ ބައްޕަ ކަމެއް އަދި ސާފެއް ނުވޭ.

19:44

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އާއިލާ ތިން މީހުން ވެގެން ދެ އަހަރު ނުވާ އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ބަލައި، އެ މީހުންނަށް ގާނޫނުތަކުން ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި.

 

19:41

އަލްޙާން ވިދާޅުވީ މި މުޖުތަމައުގައި ޖާޙިލުކަމުގައި ހައްދުފަހަނަ އަޅައި ދިިއުމުގެ ފުރުސަތު ނޯންނާނެ ކަމަށް.

19:39

އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ރަށުގެ އިސް މެޖިސްޓްރޭޓުވެސް ހުރީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ސަސްޕެންޑްކޮށްފައިކަން ކަށަވަރު ކުރެވިއްޖެއެވެ.

19:30

ތުއްތު ކުއްޖާ ބައްޕަ ދިރިއުޅޭ ފްލެޓު ކައިރީ އާއްމުންނާއި އެސްއޯ ފުލުހުން/ ފޮޓޯ : ވަގުތު އިމޭޖަސް- އަހްމަދު އަޝްޙާދު

19:28

ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރިން ފުލުހުން މީހަކު ހައްޔަރުކޮށްފި. ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި މީހެއް.

19:28

ޓްރެފިކް ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފި.

19:27

ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރިއަށް އެއްވެފައި ތިބި މީހުން ކޮންޓްރޯލް ކުރަން ފުލުހުން އަނެއްކާވެސް ގިނަ އަދަދެއްގެ ޕެޕަ ސްޕްރޭ ޖަހައިފި.

19:20

ތުއްތު ކުއްޖާ ބައްޕަ ދިރިއުޅޭ ފްލެޓު ކައިރީ އާއްމުންނާއި އެސްއޯ ފުލުހުން/ ފޮޓޯ : ވަގުތު އިމޭޖަސް- އަހްމަދު އަޝްޙާދު

19:18

ތުއްތު ކުއްޖާ ބައްޕަ ދިރިއުޅޭ ފްލެޓު ކައިރީ އެސްއޯ ފުލުހުން/ ފޮޓޯ : ވަގުތު އިމޭޖަސް- އަހްމަދު އަޝްޙާދު

19:15

ކުއްޖާ ބައްޕަ ހުރިފް ފްލެޓަށް ހަމަލާދީފި - ވަގުތު އިމޭޖްސް
ކުއްޖާ ބައްޕަ ހުރިފް ފްލެޓަށް ހަމަލާދީފި - ވަގުތު އިމޭޖްސް
ކުއްޖާ ބައްޕަ ހުރިފް ފްލެޓަށް ހަމަލާދީފި - ވަގުތު އިމޭޖްސް

19:03

ފުލުހުންނާއި ދިމާލަށް މިހާރު ދަނީ ޕޭމެންޓް ގާ އުކަމުން.

19:02

ފުލުހުން އަނެއްކާވެސް ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ކުއްޖާގެ ބައްޕަ ފްލެޓަށް ވައްދައިފި.

18:58

ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ބައްޕައަށް އާއްމުން ހަމަލާ ދެމުން އެބަ ދޭ

 

18:52

ގެމަނަފުށީގައި މުޒާހަރާ އަދިވެސް ކުރިއަށް - ވަގުތު އިމޭޖްސް

18:51

އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު، ކުއްޖާގެ ބައްޕަ އަދިވެސް ހުރީ ފްލެޓް ތެރޭގައި.

18:51

ގެމަނަފުށީގައި މުޒާހަރާ އަދިވެސް ކުރިއަށް - ވަގުތު އިމޭޖްސް

18:45

ކުއްޖާގެ ބައްޕަ ކަމަށް ބެެލެވޭ މީހަކު ފްލެޓުން ނެރެފި. މީހުން ވަށާލުމުން އަދިވެސް އޭނާ ވެހިކަލަށް ނޭރުވޭ.

18:42

ފުލުހުން ޝީލްޑާއެކު ނުުކުމެ - ވަގުުުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

18:42

ފުލުހުން މީހުން ފަހަތަށް ޖައްސަަން ބާރުގެ ބޭނުން ކުރަމުން އާއްމުންނަށް ދަނީ އަނިޔާވަމުން.

18:37

ހަމަނުޖެހުންތަކުގައި ފުލުހަކަށް އަނިޔާވެއްޖެ.

18:35

އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރޭގައި ގްރޫޕްތަކަށް ނިސްބަތްވާ މީހުންވެސް ގިނަ.

18:31

ފުލުހުން ދަނީ އެ ސަރަހައްދުގައި ތިބި މީހުން ދުރުކުރަން ޕެޕާ ސްޕްރޭ ޖަހަމުން.

18:30

އެ ފްލެޓް ސަރަހައްދުގައި ފޮޓޯއެއްވެސް ނުނެގޭ. އެ ފްލެޓަށް އާއްމުން ދަނީ ވަންނަން މަސައްކަތް ކުރަމުން. އެސްއޯ ފުލުހުން ތިބީ އެ ގެ ވަށާ ގާޑުކޮށްގެން.

18:28

ރޭޕް ކުރި ތުއްތު ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފަށައިފި.

18:23

މިނިސްޓަރ ވަނީ ފުލުހުން މީހުން ހައްޔަރު ކުރުމުގައި ލަސްކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ.

18:22

މާލޭގައި ދަނީ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން. މިހާރު ބަޔަކު ދަނީ ދިރާގު ހުންނަ ސަރަހައްދުހައި އަޑު އުފުލަމުން.

18:14

ގެމަނަފުށީގައި ކުރިއަށްދާ މުޒާހަތާގެ ތެރެއިން/ ފޮޓޯ : ވަގުތު އިމޭޖަސް

18:13

މާފަންނު ވިލީ ފުލުހަކީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ބަލާ ފެމަލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޑިޕާޓްމެންޓް ހުންނަ އިމާރާތް.

18:13

ގެމަނަފުށީގައި ކުރިއަށްދާ މުޒާހަތާގެ ތެރެއިން/ ފޮޓޯ : ވަގުތު އިމޭޖަސް

18:13

ގެމަނަފުށީގައި ކުރިއަށްދާ މުޒާހަތާގެ ތެރެއިން/ ފޮޓޯ : ވަގުތު އިމޭޖަސް

18:12

ގެމަނަފުށީގައި ކުރިއަށްދާ މުޒާހަތާގެ ތެރެއިން/ ފޮޓޯ : ވަގުތު އިމޭޖަސް

18:12

މާލޭގައި މުޒާހަރާ ކުރާ މީހުން ވިލީ ފުލުސް ކައިރިއަށް އެއްވެއްޖެ.

18:12

ގެމަނަފުށީގައި ކުރިއަށްދާ މުޒާހަތާގެ ތެރެއިން/ ފޮޓޯ : ވަގުތު އިމޭޖަސް

18:12

18:10

އެސްއޯ ފުލުހުން ކުއްޖާގެ ބައްޕަ ހުރި ފްލެޓަށް ވަދެއްޖެ..އެސްއޯ ފުލުހުން ވަނުމާއެކު ގޭތެެިން އަޑުތަކެއް އިވިގެން ދިޔަ، ބެލެވޭގޮތުގައި ގޭތެރެއަށް ވަނީ ދޮރުވައްޓާލައި. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވޭ.

18:06

ކުއްޖާގެ ބައްޕަ ހުރި ފްލެޓް ތެރޭގައި ހިިނގާ ކަންތަކެއް ސާފެއް ނުވޭ. އާއްމުންގެ ބަޔަކާއި ފުލުހުންވެސް ފްލެޓް ތެރޭގައި ވެއްޖެ ކަމަށް މައުލޫމާތު ލިބޭ. އަދި ފުލުހުން ދަނީ ފްލެޓް ކައިރި މަގުގައި ހަރަކާތްތެެރިވަމުން.

17:57

މިހާރު އެގޭ ތެރެއަށް އާއްމުންގެ ބަޔަކު ވަނީ ވަދެފަ.

17:56

ކުއްޖާގެ ބައްޕަ ހުރި ގޭގެ ކުޑަދޮރު ބިއްލޫރިގަނޑު ތަޅާލައިފި.

17:51

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އެމީހުން އެރަށުން ބޭލުމަށް.

17:43

އެ ސަރަހައްދުގައި ހުރި މީހަކު ފުލުހުންނާއި ހަވާލާދީ ބުނީ، އެގެއަށް އޭނާ ހައްޔަރު ކުރަން ވަދެވޭނީ ކޯޓު އަމުރެއް ލިބިގެން ކަމަށާއި، އަމުރު ލިބުމުން ފުލުހުން އޭނާ ހައްޔަރު ކުރާނެ ކަމަށް.

17:41

އެ ސަރަހައްދުގައި ތިބި މީހުން ދަނީ އޭނާ ހައްޔަރު ކުރުމަށް ގޮވަމުން.

17:40

ފުލުހުން މިހާރު ދަނީ އެ ގެ ކައިރީގައި ހަރަކާތްތެރިވަމުން.

17:39

ގްރޫޕަކުން އަނެއްކާވެސް ތުއްތު ކުއްޖާގެ ބައްޕަ ހުރި ގެ ކައިރިއަށް އެއްވެއްޖެ. އޭނާ މިހާރު ހުރީ ހުޅުމާލެ ފްލެޓް ނަމްބަރު 108ގެ ގްރައުންޑްގައި.

17:37

ރޭޕްކުރި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާގެ ބައްޕަ ހުރި ގެއަށް ބަޔަކު ވަދެ އޭނާއަށް ހަމަލާދީ މާރާމާރީ ހިންގައިފި.

17:33

މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ވަނީ މިނިސްޓަރާއި ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލާފަ.

17:28

މިނިސްޓަރ ވިދާޅުވީ މިކުޅެނީ ކުޅިވަރެެއް ނޫން ކަމަށް.

17:27

17:16

ބައިވެރިން ގޮވާލަނީ މިނިސްޓަރ ޝިދާތާ އާއި ސަރުކާރިގެ އިސްތިއުފާ އަށް/ ވަގުތު އިމޭޖަސް : އިބްރާހިމް ޝާބިލް

17:15

މިނިސްޓަރުގެ ފަހަތުން ގިނަ ބަޔަކު ދަނީ މިނިސްޓަރާއި މި ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލަމުން/ ވަގުތު އިމޭޖަސް : އިބްރާހިމް ޝާބިލް

17:15

އަޅުގަނޑަށް އިނގޭ ތުއްތު ކުއްޖެއްގެ މިކަހަލަ ކަމެއްގައި ވަރަށް ގިނަބަޔަކު ހިތްނުތަނަވަސްވެ ރުޅިގަދަވެ މި ކަންކަން ވާނެ ކަން. އަޅުގަނޑުމެން އެކަން އިހުތިރާމާއެކު ބަލައިގަންނަން - ޝިދާތާ

17:07

ދެ އަހަރު ނުވާ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކުރުން އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި އެކަން ކުށްވެރިކޮށްފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނުބަޔާނެއްގައި.

17:04

ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި މިނިސްޓަރ އެ ސަރަހައްދުން ދުރަށް ވަޑައިގަންނަވާއިރު، ފަހަތުން މީހުން ދަނީ މިނިސްޓަރގެ އިސްތިއުފާއަށް ގޮވަމުން.

17:04

ބައިވެރިން ދަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވައިލަމުން

17:02

މުޒާހަރާގެ ބައިވެރިންތަކެއް/ ވަގުތު އިމޭޖަސް : އިބްރާހިމް ޝާބިލް

17:02

ޝިދާތާ ކައިރީގައި ހަށިފާރަވެރިންގެ ގޮތގައި ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުން.

17:01

ބެލެވޭގޮތުގައި މުޒާހަރާ ކުރާ ސަރަހައްދުން ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި ގެންދަން ތައްޔާރު ވަނީ.

17:00

ފުލުހުން ދަނީ ޝިދާތާ އާ ވަށާލައިގެން ތިބި އާއްމުން ދުރު ކުރަމުން.

17:00

އާއްމުން ނުކުމެ ޝުއޫރުތައް ފާޅު ކުރަމުންދާ ސަރަހައްދަށް ފުލުހުން އަތުވެއްޖެ.

16:58

ޝިދާތާ މިހާރު މަގުގެ ވާތް ފަޅީގައި ހަމަ ހިމޭން ކަމާއެކު ޝުއޫރުތައް ފާޅުކުރަމުންދާ މީހުންނާ ބައްދަލު ކުރަން އެ މީހުން ކައިރިއަށް ވަޑައިގަންނަވައިފި.

16:56

އާއްމުންގެ ޝުއޫރު: ތިހެން ދޭ އިންޓަވިއެއް ބަލައެއް ނުގަންނަން. މިނިސްޓަރގެ މަސްއޫލިއްޔަތު ލާރި ކައިގެން ހުރުން. މިހާރު މިހާރަށް އިސްތިއުފާ ދީ.

16:55

މުޒާހަރާގެ ބައިވެރިން މިނިސްޓަރ އާ ވަށާލާފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މުޒާހަރާގެ ބައިވެރިން މިނިސްޓަރ އާ ވަށާލާފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:54

މުޒާހަރާގެ ބައިވެރިން މިނިސްޓަރ އާ ވަށާލާފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:52

އާއްމު މީހެއްގެ ޝުއޫރު: މިހާރު މާ ލަސްވެއްޖެ. ދެން އިސްތިއުފާ ދީފަ ދާން އުޅޭ.

16:50

އަދި މިނިސްޓރަ މީގެ ކުރިންވެސް މީޑިއާތައް އެއްކޮށްގެން މޮޅެތި ވާހަކަދައްކާ ކަމަށް.

16:50

އާއްމުން ގޮވަކުން ދަނީ މިނިސްޓަރ މަސްއޫލިއްޔަތު އަދާ ނުކުރެވުނު ކަމަށް. އެހެންވީމަ އިސްތިއުފާ ދެއްވުމަށް.

16:48

މިނިސްޓަރ ކިޔާ އެއްޗެއް ސާފެއް ނުވޭ.. މިީޑިއާތަކަށް ދަނީ މައުލޫމާތު ދެމުން.

16:44

އާއްމުން ދަނީ އިސްތިއުފާއަށް ގޮވަމުން.

16:43

ޝިދާތާ ނުކުމެވަޑައިގެންފި.

16:40

‏ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ދަޢުވާ ކުރުމަކީ މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

16:33

16:27

16:26

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:26

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:26

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:25

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:25

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:23

ކުޑައިރުކޮޅެއްގެ ތެރޭގައި މުޒާހަރާ ކުރާ ސަރަހައްދަށް، ޖެންޑާ މިނިސްޓަރ ޝިދާތާ ވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ހާމަކޮށްފި. މިނިސްޓްރީން ވިދާޅުވީ، އެތަނަށް ވަޑައިގެން ބައިވެރިންނާއި މުހާތަބު ކުރައްވާނެ ކަމަށް.

16:23

ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޒާހަރާކުރާ ސަރަހައްދަށް ޖެންޑަރ މިނިސްތަރ ސިދާތާ ޝަރީފު ވަޑައިގެން މުހާތަބު ކުރައްވާނެ

16:15

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:15

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:14

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:14

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:14

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ | ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

16:11

މިހާރު ފެންމަތިވެގެން އުޅޭ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، ޖެންޑަރ މިނިސްޓަރ، ޝިދާތާ ގޯސް ވާން ޖެހޭ ސަބަބެއް ނެތް ކަމަށް، ޔޫތު މިނިސްޓަރ، އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

16:00

ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްގެން ގެންދަނީ

15:59

15:43

ދެ މީހުންވެސް ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗުގައި ވަނީ ގެންގޮސްފައި.

15:38

ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްގެން ގެންދަނީ
ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްގެން ގެންދަނީ
ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްގެން ގެންދަނީ

15:35

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންެހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ކާފަ އާއި މުނި ހައްޔަރުކޮށްފި.

15:30

ފުލުހުން އަނެއްކާވެސް އެގެއަށް ވަދެއްޖެ. ބެލެވޭގޮތުގައި، ކުއްޖާގެ މުނި ކާފަ ހައްޔަރު ކުރަން.

15:28

އެގެ ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ

15:23

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންެހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ކާފަ ހައްޔަރުކޮށްފި.

 

15:18

ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރު ކުރަން ފުލުހުން އެގެއަށް ހިނގައްޖެ.

 

15:14

15:10

14:56

ކުއްޖާ ރޭޕް ކުރި މައްސަލާގައި ބަޔާނެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ.

14:52

ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުުރުން ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ.

14:31

ދެކުނުގެ ރަށެއްގައި ރޭޕް ކުރި ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި އެއްވުމަށް ބާއްވަން ނިންމައިފި.

13:54

ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައިރޭޕްކުރި ކުޑަ އަންހެން ކުއްޖާއަށް ދެ އަހަރު ނުވާކަން އެނގިއްޖެ.

13:18

11:39

ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ރަށުގައި ހައެއްކަ އަހަރުގެ ކުއްޖަކަށް އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

11:08

މިހާރު ފެންމަތިވެގެން އުޅޭ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވެސް ބައިވެރިވާ ކަމަށް އެހާދިސާގެ މައުލޫމާތު އެނގޭ މީހުން ބުނެފިއެވެ.

10:14

މާލޭ މަގުމަތިިން 25000 ރުފިޔާ ހުރި ވޮލެޓެއް ފެނުމުން، މީހަކު އެ ވޮލެޓް ފުލުހުންނާއި ހަވާލުކޮށްފިއެވެ.

09:32

މިއަދު ހެނދުނު ވިލިމާލޭ ގޮނޑުދޮށަށް ލައްވި ބޮޑުމަހެއް އެރަށު ފަޅު ތެރެއިން ނެރެ ސަލާމަތްކޮށްފިއެވެ.

08:53

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

08:39

އެމްޑީޕީގެ ވާހަކަ މިހާރު ވެސް މާގިނަވެއްޖެ، މިހާރު މިއީ ވާހަކަ ގިނަނުކޮށް އަމަލުން ތަރައްޤީ ދައްކަވަން ޖެހޭ ވަގުތު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

00:53

ސެނެޓުގައި ޓްރަމްޕުގެ ޝަރީއަތް އަންގާރަ ދުވަހު ފަށާނެ. ސެނެޓުގެ ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް.

00:53

ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ސެނެޓުގެ 100 މެމްބަރުންގެ ވޯޓުގެ ތިން ބައިކުޅަ ދެ ބައި ޓްރަމްޕާ ދެކޮޅަށް ވޯޓް ލާ ހާލަތެއްގައި.

00:43

ޓްރަންޕް މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅިކަމަށް ބުނެ. ޓްރަންޕް ދުރުކުރުގެ މަސައްކަތް ފަށާފައިވަނީ، ޖުލައިމަހުގެ ތެރޭގައި ޔޫކްރޭންގެ ރައީސްއަށް ގުޅާ ދެއްކި ވާހަކަތަކާ ގުޅިގެން.

ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން:

  • އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާ ތަހުގީގެއް ހިންގަން ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކުރުން.
  • އަދި ޔުކްރެއިން އަށް ދޭން ކޮންގްރެސް އިން ފާސްކުރި 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ، އެ ތަހުގީގުކުރާނެކަން އާންމުކޮށް އިއުލާންކުރެއްވުމުގެ ކުރިން ހިފެހެއްޓުން.

ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް:

އެ ތަހުގީގަށް ބޭނުންވާ ލިއެކިއުންތަކާއި ހާޒިރުކުރަން ބޭނުންވި ބައެއް މީހުްނ ކޮންގްރެސްގެ ކޮމިޓީތަކަށް ނުފޮނުވުން.

00:38

 

00:33

ޓްރަމްޕް އެމެރިކާގެ ރައީސްގެ މަގާމުން ދުރުކުރާނީތޯ ނިންމާނީ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން. ސެނެޓަކީ އެމެރިކާގެ ރައީސް ޓްރަންޕްގެ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ތަނެއް.

00:30

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް މަޤާމުން ދުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށަފި.

00:23

 

މިއަދު ރާއްޖޭގެ މަސްރަހުގައި ހިނގި މުހިއްމު ކަންކަމަށް ބަލާއިރު އެންމެ މުހިއްމު އެއް ކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އައްޔަން ކުރައްވަން ނުފެންނަ ކަމަށް ޖޭއެސްސީ އިން ލަފާ ދެއްވެވި ޚަބަރެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅުންނަށް ބޮޑު މުސާރައެއް ދެއްވަން ސިވިލް ސާވިސް ކޮމިޝަނުން ނިންމި ޚަބަރު ވެސް މިއަދު ލިބިފައިވެއެވެ.

ދެން މިއަދު ލިބުނު އެންމެ މުހިއްމު އެއް ޚަބަރަކީ މިއަދު ހިމަބިއްސަށް ޓެސްޓް ކުރި އެއްވެސް މީހަކު އެއްބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވި ޚަބަރެވެ.

މިރޭ ލިބުނު ކުއްލި ހައިރާންކަމެއް ގެނުވި ޚަބަރަކީ އުމުރުން ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ ޚަބަރެވެ. އަދި މިރޭ ވަނީ މިފަދަ އެހެން ޚަބަރެއްވެސް ލިބިފައެވެ. އެއީ ދިވެހި ބިދޭސީއަކު ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ޚަބަރެވެ.

ފުލުހުންގެ ތަރުޖަމާނާއި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ ވެސް މިރޭގެ ވަގުތެއްގައެވެ.

ދުނިޔޭގެ މަސްރަހުން މިއަދު ފާހަގަ ކުރެވުނު އެންމެ މުހިއްމު ޚަބަރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައި އޮތް ނިންމުން ކޮންގްރެސް އަށް ފޮނުވަން ނިންމި ޚަބަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ދިވެހި ރާއްޖޭގަ ކިތަމެ ވަރަކަށްވެސް ޤާނުނު ހެދިފަހުރީ އެކަމު ކިއްކުރާނީ . ޢެއް ޤާނޫނުން ހުކުން ކޮއްފިޔާ އަނެއް ޤާނޫނުން މީހާ ސަލާމަތްވޭ.

  2. އަނގައައްޕަޗި

    ބެޑްޝީޓު ކޮބާ؟ ގޭގަ ބާއްވާފަ ދިޔައިމަ ވާނީ ތިހެން. ކެކެކެ

  3. ހަމަހަމަ

    ސިއްދާތާގެ ލަދުހަޔާތްކުޑަކަން! ބަލަ ހެވިފަހުރި ވަރެއް!

  4. ލައި

    ކުދިންނާ ބެހޭ ޖަނަވާރުންނަށް ހައްގު އަދަބްދީ.......................... ތިވަރުގެ ކަމެއް ކުރަން ކީތްކުރަން ދޫ ކޮށްފަ ބަހައްޓަނީ......... ރަށަށް ވެސް މަޝްހޫރު މީހުންނާ ބެހޭ މީހެއް، ކީތް ކުރަން ދޫ ކޮށްފަ ބަހައްޓަނީ............. ހައްގު އަދަބް ދީ............ނުލަފާ މީހުންތަކެއް.

  5. Anonymous

    ވަރަށް ނާގާބިލް ސަރުކާރެއް. ދެވަނަ އިންޑިޔާއަށް މިގައުމު ހަދަން ސަރުކާރުން ބޭނުންވަނީ.