އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އެއީ ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް ކަމަށެވެ.
"ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް. އެކަން ކުރި ބަޔަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ." މައުމޫން ވިދާޅުވިއެވެ.
Gaboolu kuran ves dhathi janavaarunge amaleh. Ekan kuri bayakah qaanoonee gothun dheven oiy emme bodu adhabeh dheyn jeheyne. https://t.co/0FoSnkFwjJ
— Maumoon Abdul Gayoom (@maumoonagayoom) January 17, 2020
"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.
މަޢުލޫމާތު އެނގޭ، އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ އެކުއްޖާއަށް ޖިންސީ ގޯނާކުރުމުގައި އެކުއްޖާގެ ބައްޕައާއި، ކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ.
ބޮޑުދައިތަ އެކުއްޖާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައީ، އެކުއްޖާ ފެންވަރުވަން އުޅުނުއިރު ތަދުވާކަމަށް ބުނުމުންނެވެ.
ބޮޑުދައިތަ އެކުއްޖާގެ ގާތުގައި ތަދުކުރީ ކާކުތޯ އެހުމުން ތުއްތު ކުުއްޖާ ބުނީ ""ބައްޕަ އޭ" ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެއެވެ.
އެ ތުއްތު ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ފެނި، އެކުއްޖާ ބެލި ޑޮކްޓަރަށް ވެސް ކުއްލި ސިހުމެއް ލިބި، ރުއި ކަމަށްވެއެވެ.
މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.
އެނގިފައިވާގޮތުގައި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ވަނީ މާލެ ގެނެސްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު ދެއަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާކަމަށާއި، އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ބޭބެ ތިބުނީ ތެދެއް
ދީނަށް ފުރައްސާރަ ކުރެވެން އޮތިއްޔާ މިބޭބެ ނުހުންނާނެ އަނގަ ނުހުޅުވާ. ކުޑަކުދީންނާ އިންނަ މީހުންނަކީ ޖަނަވާރުންނޭވެސް މިބޭބެ ބުނެފާނެ.
ތި ޖަނަވަާރުން ތަށް ފިލަން ދެން ތިބޭ ތަހުގީގް ކޮށްލަ ކޮއްލަ..
ތި ޖަނަވަާރުން ތަށް ފިލަން ދެން ތިބޭ ތަހުގީގް ކޮށްލަ ކޮއްލަ..
ތާޢީދުކުރެވޭ ރަގަނޅު ވާހަކައެއް!! ތިކަން އެންމެ ބޮޑީ ކަލޭމެން ކޮނޑާ ކޮނޑު ޖައްސާ އޮޅުލައި ގަނެގެން އުޅޭ ގެރި މޯދީގެ ގައުމުގައި! ޚުދުމުޚުތާރު 30 އަހަރުގެ ބާނީއަކީވެސް ހަމަ ތިމާގެ އަމިއްލަ އެދުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން އަޅުގަނޑުމެނަށް ވަނީ ސާބިތުކޮށްދީފަ ޔާމީނު ސަރުކާރު އޮތް ދުވަސްވަރު!!
އެމީޙަކު އެކަން ކުރިކަން ޔަގީން ވެގެންތޯ ތިހެން ތިބުނި.
އިންސާނުންގެ ތެރެއިން ތިބުނާ ޖަނަވާރުތަކާ، އަޞްލު ޖަނަވާރުތަކެންނު ކަލޭމެން ބޮޑެތި ސިޔާސީ މީހުންތައް އަބަދު ޙިމާޔަތް ނުކުރެވިގެން އުޅެނީ.... ދެން ކޮންމެހެން މާ ތިއްތިކަން ދެއްކޭކަށް ތިހެން ކިޔާނެކަމެއް ނެތް. ތިބުނި ބަހަކީ ވެސް ސިޔާސީ ސަޕޯޓު ހޯދަން ބުނި ބަހެއްކަން މިހާރު ކަލޭމެންނާ ދޭތެރޭ އެންމެން ބުނާނީ. މިގައުމު ހަލާކު ކުރި ބޮޑު މުއްލާ ތިޔައީ!
ކުޑަކުދިންނާ ބެހޭ މީހުންނަށް ގާނޫނު ދަށުން އެންމެ ހަރުކަށި އަދަބުދީ ޖަނަވާރުންނަށްވުރެވެސް ދަށް އެސޮރުމެންވެސް އެއެއްޗެހީގެ ދަރިން ހިމާޔަތް ކުރޭ ﷲ މާތް ކުރެއްވި އިންސާނާ ވަލު ޖަނަވާރަކަށް ވުރެ ދަށަށް ވެއްޓި ގަތުމުން ގާނޫން އަރާ ހަމަކުރަންޖެހޭނެ
ޖަނަވާރުންވެސް އެހާ ދަށު ދަރަޖައަކަށް ނުވެއްޓޭނެ. ޖަނަވާރުން އޭގެ ޅަދަރިން ރޭޕްކުރޭތަ؟ މަށަށް އެސޮރުމެން ޅަދަރިން ހިމާޔަތް ކުރާތަން ފެންނަނީ. މީ ވަލު ޖަނަވާރުންގެ އަމަލު ހުންނަ ގޮތެއްވެސް ނޫން
ފަނޑިޔާރުންނަށް ރިޝްވަތުދީ ބާތިލް ކޯޓް އަމުރުތައް ނެރުމަކީ ލާދީނިއްޔަތުންގެ ޢަމަލެއް.
ތިކަން ގާނޫނީ އިމުގެތެރެއިން ނުކުރެވިގެން އެބައިމީހުން ސަރުކާރު ދެކެ ރުޅިއައިސް ގެން އުޅެނީ. ހާދަ ސިކޭދޯ ދެން. ?
ބުއްދި ހުރެ ފުރިހަމަ އާރާއި ބާރު ހުރެ އަމިއްލަ އިހްތިޔާރުގައި ﷲ ގެ ޝަރީއަތް ގާއިމް ނުކޮށް 20 އަހަރު ފަހުން ދުނިޔަވީ މޮޅުގޮތް ހޯދަން މަސައްކަތް ކުރީ ﷲ ގެ އާޔަތްތަކަށް ދެކޮޅު ހެދުމުގެ ގޮތުން ކަން އަމިއްލަ އިއުތިރާފް އިން މަނިކްފާނު ވަނީ ހާމަކޮށް ދީފައި. އެފަދަ މީހުން ހިމެނިގެން ވަނީ. ކޮން ދަރަޖައެއްގައި ކަން ބަޔާންކޮށްދެއްވަ ބައްލަވާ!
ވާނެތޯ؟
އެއ އްބަނޑު އެ އްބަފާ ކަމާ ރަހިމުގެ ގުޅުންކަނޑާ ދުނިޔެއ އާހެދި ޢާފިލުވެ ފަނާކުރުވަނިވި މިދުނިޔޭގެެ ލަ އްޒަތަ އް ދަހިވެތި ވުމަކީ ވަކިން ކުޑަކަމެ އްނޫން. އިއ އްޔެ މަ އުމޫނަ އް ގޮޅާބޮލޭ ކިޔާ ހުތުރުހާ އެ އްޗެ އްގޮވާ އަވަގުރާނަ ގޮވިމީހުން ފަހަތުގަ ހުރެ އެއްބަނޑު މީހާގެ ކަށިހަފާ ކެއުން އެއީމަނިއްޕުޅުގެ އުޚްރަވީ ހަޔާތްބާއްޖަވެރިވާކަމަކީތޯ؟
އެއީ އެބުނާ އަނެއްގޮތް އެގޮތް ހޯދަދެން މައުނޫން މެންގެނާ ބައެއްބީ ރޭޕުސްތާނުގެ ލޮލާ އަނެއްގޮތް ހޯދައިދެން މުޅިރާއްޖޭގައެދުވާ މީހާޔާ ލޮލާލޯދިމާވީމަވާގޮތް
ޖަނަވާރުވެސް އެސޮރުމެންގެ ޅަދައެއްޗިހި އެއީ ޅައެއްޗެހިކަން ދަނެ އޯގާތެރިކޮށް ހިތާ. މީ ޖަނަވާރަށް ވުރެ ވެސް ނުބައި އެއްޗިހި.
މިއީ އިންޑިއާ ވައްތަރު ތަރައްގީ
ބަކަރި ގެންގުޅޭމީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ހަމަ ޔަޤީނުންވެސް ބަކަރިއެއް ތިހާ ކުޑައެއްޗަކާ އެގޮތަށްނޫޅޭ... ޖަނަވާރަކަށްވެސް ދަށުދަރައިގަ އެމީހުންއެތިބީ. ..
ޤާނޫނާ ހިލާފަށް މަނިކުފާނުގެ އަމިއްލަ އެނދުން ބޮޑުކަމުން ކުރަން ނުޖެހޭ ޝަރިޔަތެއް ކޮށް އިވަންނުޖެހޭ ހުކުމެއް މަގުމަތީއުޅޭ ގުންޑާ ޔަކާހަވާލުކޮށް މަނިކުފާނު ބޭނުން ވާގޮތަށް ތިބުނާ ޤާނޫނާޚިލާފަށް ޝަރިޔަތް ކުރަން ހަވާލުކޮށް އެއްވެސް ކުށެއްނެތް ނިކަމެތި މައުސޫމް ޒުވާނުންގެ ދިރުމާ އުންމީދާ އުފަލާ ހިތްހަމަޖެހުން ކަމަށްވާ ރައީސްޔާމީން މަނިކުފާނަށް 30 އަހަރުން ނޭޅުނު ބުރުޖާއި ނުގެނނެނުނު ތަރަށްޤީ އެންމެ 5 އަހަރުން މުޅި ދިވެހި ރާއްޖެއަށް ތަރަށްޤީއާ މުއްސަދިކަން ގެނެސްދެއްވި ތަރައްޤީގެ ރަސްގެފާން ރައީސްޔާނީން މިއަދު ޖަލުބަންދުކޮށް ތިމަނިކުފާނުގެ ތާއީދާ އެކުއަނިޔާ ކުރަށްވަ މުން ތިޔަގެންދަވަނީ މަނިކުފާނު ތިޔަ ވިދާޅުވާ ބާރުގަދަ ޤާނޫނުއަސާސީގައި ގައި މަކިކުފާނަށް ލިބިފަވާ ކޮން ބާރަކުން ތޯއެވެ.
ޖަނަވާރުން ޖިންސީ ގުޅުން ހިންގަނީ ޅަ އެއްޗެހި ބޮދެތިވެ މައި ވީއްލީމަ. އެހެންވީމަ އެއަމަލު ޖަނަވާރުންނާއިވެސް ގުޅުވޭކަށް ނެތް. މިފެންނަނީ އަވައްޓެރިކަމުގެ ގުޅުން ބަދަހި ވަމުންދާތަން.
މީ އެކަކު އަނެކަކު ޒާތީވެގެން ވާހަކަ ލިޔަންވީ ވަގުތެއް ނޫން، އިންސާފާ ނާއިންސާފު ދެނެގަތުމަކީ އެކަކު އަނެކަކަށް އާދަ ފުރައްސާރަ ކުރުމެއްނުން. މި ވަގުތ އެ މައުސޫމު ކުއްޖާއަށް އަނިޔާވެރިވި މީހުންނަށް އަޅަންފެންނަ ފިޔަވަޅެއް ޙިއްސާކުރުން ބުއްދިވެރި. އެންވެސް އިންސާނަކީ ފުރިހަމަ އިންސާނެއްނޫން އެހެންވީމާ އަމިއްލައެދުމާ ރަައްޔިތުންގެ އެދުމާ ތަފާތުވާނެ. ރަނގަޅުވާނީ އެމީހަކު އަމިއްލައަށް އެމީހެއްގެ ފޫކޮޅު ބަލައިލިއްޔާ ގުއި ހުރިތޯ.
ޢިންޑިޔާއިން ނަމޫނާ....
ގައުމެއްގެ އެންމެ އިސްވެރިކަން 30 އަހަރު ކޮށްފައިވާ މީހަކު ގައުމު ފުޑުފުޑުވެ ބަންޑުންވާ އިރުވެސް ކޮއްކޯ ފުޅުގެ ތަރައްޤީ އަށް ތައުރީފު ކުރަންޖެހޭތީ ހައްގު ބަސް ނުބުނެ ދެން މިވާހަކަ ބުނީމަ ލަދު ޙަޔާތް ކުޑަކަން ހިތަށް ގެނެވޭ.
ޤާނޫނީ ގޮތުން ދެވެންއޮތް އެންމެ ބޮޑު އަދަބަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އުމުރު ދުވަހު ކާންދީ ފަރުވާކޮށްދީ އަނިޔާނުވާގޮތަށް ބެލެހެއްޓުން ނޫންތޯ؟؟؟!!!