މިއަދު ހެނދުނު ވިލިމާލޭ ގޮނޑުދޮށަށް ލައްވި ބޮޑުމަހެއް އެރަށު ފަޅު ތެރެއިން ނެރެ ސަލާމަތްކޮށްފިއެވެ.

ގޮނޑުދޮށަށް ލައްވި ބޮޑުމަސް ބަލާލަން ގިނަ އަދަދެއްގެ ބަޔަކު އަތިރިމައްޗަށް އެއްވެފައިވާ މަންޒަރު ވީޑިއޯތަކުން ފެނެއެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލައްވި ބޮޑުމަސް ސަލާމަތްކޮށް ފަޅުތެރެއިން ނެރެފައި ވަނީ އާއްމުންނެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ވޭލް ނުވަތަ ބޮޑުމަސް ފެނުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ.

ނަމަވެސް 2018 ވަނަ އަހަރު އޮކްޓޯބަރ މަސް ތެރޭގައި މާލެ ކައިރިން ބޮޑުމަހެއް ފެނިފައި ވެއެވެ. އެފަހަރު ފެނުނީ "ހަމްޕްބެކް ވޭލް" އެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މޫސުން

  މޫސުމީ ބަދަލުތަކުގެ ނަތީޖާ. އެ ސޮރުމެން ދިރި އުޅޭ މާހަ އުލުގެ ފިނިހޫނުމިން ތަފާތުވާން ފެށުމުން މަ އިގްރޭޓް ކުރަނީ އެހެން ސަރަހަ އްދުތަކަށް.

  24
  1
 2. ޙާމިދު

  ރޭގަ އެމްޕީއެލް އެތެރެ ބަދަރަށް ވެސް ތި ސައިޒްގެ ބޮޑުމަހެއް ވަދެގެން އެތާ މުއައްޒަފުން ވަނީ ނެރެ ކަނޑަށް އޭތި ދޫކޮއްލާފަ. ބޮޑަށް ބެލެވެނީ ތިއީ އޭތިކަމަށް

  3
  3
 3. ރިޝް

  ތިމަހަކީ ވިލިމާލެ މާސްޓަރު އޮފީސް ކުދިން ކޮޅަކާއި އެކު ގޮސް ބޭނި މަހެއް! ތީގެ އިތުރުން ދެރަތްމަހަކާއި އެްްޗިސް ބޭނުން!

  2
  4
 4. ނަން

  ޔޫރަޕް މީހުން ގާތުން ދަސްކޮށްގެން މަސްމަހާއި ޖަނަވާރުތަކަށް ހިމާޔަތް ދޭ ލާދީނީ ބައިގަނޑެއްވެސް އެބަ އުޅޭތާ

  3
  5
 5. ހަތާ

  2018 ގައި ބޮޑުމަސް އައިސް ހުޅުމާލެ ބްރިޖް ބަލާލާފައި ދިއައީ. ކުޑަމަސް އައިސް ވިލިނގިއްޔަށް ދިއައިރު އެ ދިމާލަކު އަޅަން ކިޔާފަ އޮތް ބްރިޖެއް ނެތް.

  7
  4
 6. ސަމީހް

  ސަޅި