މާލޭ މަގުމަތިިން 25000 ރުފިޔާ ހުރި ވޮލެޓެއް ފެނުމުން، މީހަކު އެ ވޮލެޓް ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ ގިނަ އަދަދެއްގެ ފައިސާ ހުރި ވޮލެޓެއް ރޭ އާއްމު ފަރާތަކުން މަގުމަތިން ހޮވައިގެން ގަލޮޅު ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"ވޮލެޓް ތެރޭގައި 25000 ދިވެހި ރުފިޔާ އާއި 1425 ޓާކާ (ބަންގްލަދޭޝް ފައިސާ) ހުރި. ވޮލެޓްގެ ވެރިފަރާތް ހޯދައި ވޮލެޓް ވަނީ ވެރިފަރާތާއި ހަވާލުކޮށްފައި." ފުލުހުން ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ފައިސާ ހުރި ވޮލެޓް ފެނުނު ސަރަހައްދެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަދި ވޮލެޓް ފެނުނު މީހާ އާއި، ވޮލެޓްގެ ވެރިފަރާތުގެ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    އަލްޙަމްދުﷲ. އަހަރެމެން ބޭނުންވާފަދަަ އިސްލާމީ މުޖުތަމައެއްގެ ސިފައެއް ތިއީ .ވަރަށްް އުފާކުރަން.

    44
  2. މީހާ

    ރާއްޖޭގައި ހާދަ ތެދުވެރީން ގިނަވާން ފަށައިފިއޭ ލާދީނީ މީހުން ގިނަވާ ވަރަކަށް؟

    11
    8
  3. ޟުހާނާ

    މޮޔަ ކަލޭގެ، ލޮލް...

    4
    14
  4. ޓޮއް

    މިއަމާނާތްތެރިޔާއަށް ﷲ ގިނަގުނަ ނިޢުމަތް ދެއްވާށި! އާމީން.

    12