ހުޅުމާލެ ފްލެޓެއްގެ ބޭރުދޮރު ތަޅުނުލާ ހުއްޓަ ވަގަށް ވަދެ އެ ފްލެޓުން އައިފޯނަކާއި އެއާޕޮޑެއް ވަގަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އެ ފްލެޓަށް ވަދެ ވައްކަންކޮށްފައި ވަނީ ރޭ 3:40 ހާއިރު ކަމަށާއި، އެގެއަށް ވަގުން ވަދެފައިވަނީ ބޭރު ދޮރު ތަޅުނުލާ ހުއްޓާ ކަމަށެވެ.

ފުލުހުން ވިދާޅުވީ،އެމައްސަލަ ފުލުހަށް ހުށަހެޅުމުން، ހުޅުމާލެ ފުލުހުން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރި ކަމަށާއި، އެމަސައްކަތުން އެ ފޯނާއި އެއާޕޮޑް ހޯދާފައިވާ ކަމަށެވެ.

އެ ތަކެތި ފުލުހުންނަށް ހޯދުނީ 4:20 ހާއިރުއެވެ. ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީބެ

    ވަރަށްމޮޅު، ފުލުހުން ތިކަން ނުކުރިޔަސް ވެރިމީހާއަށްވެސް ތި އޮތްތަން ހޯދޭނެ.

    1
    1
    • ޏޮމް

      ނުހޯދޭނެ ބުރޯ ފަސޭހަކަމެއް ނޫނޭ އެއީ 30މ ރޭޑިއަސް އެއްތެރޭގަ ފޯނު އޮއްނާނީ ޕިންޕޮއިންޓް ކުރަން އަދި އެހެން އާލާތެއް ބޭނުންވާނެ..

      • ޢަބްދުﷲ

        30 މީޓަރ ތެރޭ ހުރީ ހަމައެކަނި އެމީހާ ވިއްޔާ ދެނޯ؟ އަނެއްކާ ޓާގެޓް މޫވް ކުރަންޏާ މާ ފަސޭހަ ވާނެ އައިސޮލޭޓް ކުރަން