ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުުރުން ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު ބަޔަކު ހައްޔަރުކޮށްފައި ނުވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް މުވައްސަސާތަކަށް ދަނީ އަމާޒުވަމުންނެވެ.

އެ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވެފައި ވަނީ، އެކުއްޖާގެ ބައްޕައާއި، ކާފަ އާއި މުނި ކާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.

މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.

އެނގިފައިވާގޮތުގައި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްްޓްރީން ވިދާޅުވީ، މި ދަނީ ނޫސް ބަޔާނެއް ނެރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޔާމު

    ނުކުރާނެ މި ސަރުކާރަކުން ތިކަމެއް

  2. ސިޔާމު

    ކޮށްނޫސްބަޔާނެއް ނެރޭކަށްތަ މިހާރަށް މިހާރަށް އަދަބު ދޭންވީ