‏ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ދަޢުވާ ކުރުމަކީ މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިގޮތަށް ވިދާޅުވެފައި ވަނީ، އުމުުރުން ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު، އެ ކުއްޖާގެ ބައްޕަ އާއިކާފަ އަދި މުނި ކާފަ ބައިވެެރިވެގެންރޭޕް ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

ޝަމީމް ވިދާޅުވީ، އެފަދަ މައްސަލަތައް އަވަސް ކުރުމަށް ފުލުހުން ޕީހީ އޮފީހާއި ގުޅިގެން މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަވަހަށް ޝަރީޢަތް ނިންމުމަކީވެސް އެހާ މުހިންމު ކަމެއް. ނިޒާމު ހިނގާކަން އިހްސާސްވާންޖެހޭ.". ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެ ތުއްތު ކުއްޖާގެ މައްސަލަ ފެންމަތިވެ އެ މައްސަލާގައި ހިމެނޭ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބައްޕަ މިހާރު ވަނީ ފިލާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.

މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.

އެ ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޅުގަނޑު

    އަޅުގަނޑު އުންމީދުކުރަނީ ޕީޖީ މިމައްސަލައިގައި ފުރިހަމަ ތަހުގީގެއްކޮށް ވީ އެންމެ އަވަހަކަށް މި ކުއްވެރިންނަށް ދެވެންއޮތް އެންމެ ބޮޑު އަދަބު ދިނުން. އަދި މިފަދަ މީހުންގެ އަދަބު ދުވަހަކުވެސް ލުއި ކޮށް ނުދިނުމާއި މިފަދަ މީހުން ކުޑަކުދިންނާ ދިހަ ފޫޓަށް ވުރެ ކައިރި ނުވެވޭނެ ގޮތަކަށް ގާނޫނު ބަދަލުކުރުން (އެގޮތް ގާނޫނުގައި ބަޔާން ކޮށްފައި ނެތްނަމަ). ހާދަ ބިރުވެރި އަދި ހިތާމަވެރި ކަމެކޭ މިއީ. ޔާ ﷲ މިފަދަ ނުބައި މީހުންގެ ކިބައިން މި ކުޑަ މުޖްތަމަޢު ސަލާމަތް ކުރައްވާނދޭވެ. އާމީން.

    1
    2
    • ރައްޔިތުމީހާ

      ބޭކާރު ވާހަކަ ނުދައްކާ މިފަދަ މީހުންނަށް މިހާރު ވެސް 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ހުކުމް ކުރޭ އެކަމަކުވެސް ކުޑަކޮށް ނަމަވެސް ނުހުއްޓުވޭނެ. ހައްލަކީ އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހުރިހާ ހައްދެން ޤާއިމް ކުރުން. ކަލޭމެންނަށް ނުކެރިގެން ތިޔަ އުޅެނީ ކީއްވެ ތަ ޔުނައިޓެޑް ނޭޝަން، ޔޫރަޕިއަން ޔޫނިއަން ނޫނީ ﷲ ތަ ރިޒުޤު ދެއްވަނީ.

      • އައްމަޓީ

        ޝަރުޢީ ހަމަރުހަލާ އޭ ޕީޖީ އޭ ކިޔާ ފަސް ހަ އަހަރު ފަހުން ޖަލު ހުކުމެއް ކޯއްޗެން ހަދަން ތި އުޅެނީ. މީ އިސްލާމީ ޤައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ އިސްލާމީ ޝަރީޢަތް ޤާއިމް ކުރަން.

      • އައްމަޓީ

        ޝަރުޢީ ހަމަރުހަލާ އޭ ޕީޖީ އޭ ކިޔާ ފަސް ހަ އަހަރު ފަހުން ޖަލު ހުކުމެއް ކޯއްޗެން ހަދަން ތި އުޅެނީ. މީ އިސްލާމީ ޤައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ އިސްލާމީ ޝަރީޢަތް ޤާއިމް ކުރަން..

  2. Juhaa

    ތިޔަ ޕީޖީއަށް އެއްޗެއް ބުނަން ކެރެނީ ބައެއް ކަންތައްތަކުގައި. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކުގައި ތިޔަ ކަލޭގެއަށް އެއްޗެއް ބުނާކަށް ނުކެރޭ. .

    5
    1
  3. އައްޑޫ މީހާ

    ދާދި ފަހުން އައްޑޫގައި ދޮންބައްޕަ އެއް އޭނަގެ ދޮންދަރިންނާއި ބަދު އަޙްލަަޤީ އަމަލު ހިންގި މައްސަލައެއްގައިވެސް ފުލުހުން އިހުމާލުވި ޖެންޑާ އިހުމާލުވެފައޮތީ މިހާރުވެސް އޭނަ ބޭނުން ގޮތަކަށް މުޖްތަމައު ތެރޭގައި އުޅެނީ މި ގައުމުގައި ތިކަހަލަ މައްސަލައެއް މިހާތަނަަށް ބަލާފައިއޮތީ ރައްޔިތުން ނިކުމެ ހައިޖާނު ހަދައިގެން ޝމީމަށް މިކަން މާރަނގަޅަށް އެގޭނެ މީގެ ކުރިން މިކަހަލަ ކަންތައް ކޮށްފައިތިބި މީހުންގެ ވަކީލަކަށް އުޅުއްވީމަ

  4. އަލީ

    ކޮބާ ތޯ ތި ބުނާ ހަރުކަށި އަދަބަަކީ؟ ދިގު މުއްދަތަކަށް ޖަލަން ހުކުމް ކުރުން ތޯ؟ މި ފަދަ ބޮޑެތި ހައްދު ތަކަށް އަރައިގަތުމުން އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކޮށްގެން ނޫނީ މިފަދަ ބޮޑެތި ކުއްތައް ނުހުއްޓުވޭނެ. ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ.

  5. Anonymous

    ކޮބާ ތޯ ތި ބުނާ ހަރުކަށި އަދަބަަކީ؟ ދިގު މުއްދަތަކަށް ޖަލަން ހުކުމް ކުރުން ތޯ؟ މި ފަދަ ބޮޑެތި ހައްދު ތަކަށް އަރައިގަތުމުން އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކޮށްގެން ނޫނީ މިފަދަ ބޮޑެތި ކުއްތައް ނުހުއްޓުވޭނެ. ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ.