ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާނީ އިސްތިއުފާ ދެއްވުމަށް ފަހުގައި އެއްވެސް ރޭޕް ކޭސް އެއް ނުހިނގާނެކަމުގެ ޔަގީންކަން ދިނުމުން ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މުޒާހަރާގެ ތެރެއިން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިސްތިއުފާ ދެއްވުމަށް ފަހުގައި ރޭޕް ކޭސް އެއް ނުހިނގާނެ ކަމުގެ ޔަގީންކަން އަރުވައިފިނަމަ މަގާމުން ދުރުވާނެ ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާ ދޭނަން އޭގެ ފަހުން އެއްވެސް ޗައިލްޑް ރޭޕް ކޭސް އެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެންޔާ" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ވަނީ މިނިސްޓަރާއި ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލައިފައެވެ.

ވަކި ހިސާބަކުން އެސްއޯ ފުލުހުން ވަނީ މިނިސްޓަރާއި މުޒަހާރާގެ ބައިވެރިން ދުރުކޮށް، ފުލުހުންގެ ވެހިކަލެއްގައި މިނިސްޓަރު އެ ސަރަހައްދުން ގެންގޮސްފައެވެ.

ފުލުހުންގެ ވެހިކަލަށް އަރައިވަޑައި ގަންނަވަމުން މިނިސްޓަރ ވިދާޅުވީ ވަރަށް ބޮޑަށް ޝުކުރިއްޔާ ކަމަށާއި އަދި މީޑީއާތަކުން މިފަދަ މައްސަލަތައް ގެނެސްދޭ އިރު ރަނގަޅު މައުލޫމާތާއި ސަރުކާރުން ކުރައްވާ މަސައްކަތްވެސް ގެނެސްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މުޒާހަރާގެ ތެރެއިން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝިދާތާ އިތުރަށް ވިދާޅުވީ ތުއްތު ކުއްޖާ މައްސަލާގައި ޒިންމާވާ މީހުން ހައްޔަރު ކުރުމައި ލަސްކަމެއް އުޅޭކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މީހުން ހައްޔަރު ކުރުމަކީ އެކަމަނާގެ ޒިންމާ އެއް ނޫން ކަމަށެވެ. ނަމަވެސް، އެކަމަށް ފުލުހުންނަށް ބާރު އެޅި ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ތުއްތު ކުއްޖާ ރޭޕް ކުރުމުން ހިނގަމުންދާ ކަންތައްތައް "ވަގުތު" ބްލޮގް އިން ފެނިވަޑައިގަންނަވާނެ.

މިއަދު ހިނގާ މުހިއްމު ކަންތައްތައް

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގލޅ

    ރޭޕް ކޭސް ނުހިނގާނެކަމުގެ ޔަގީންކަން ހޯދުމުގެ ކުރިން
    އިސްތިއުފާ ދޭންޖެހެއެވެ މިސަރުކާރަކީ ގައުމު ހިންގުމުގެ
    ގާބިލްކަމާއި ތަޖުރިބާ ހުރި ސަރުކާރެއް ނޫނެވެ ހުރިހާކަމެސް ބޮއްސުންލާނިމިއްޖެއެވެ މަތިފަޑީގައި ތިބިމީހުން
    ނަކީ ކުފޫހަމަނުވާ ބައެކެވެ މަކަރާއި ހީލަތްހެދުންނޫން ކަމެއް
    މިސަރުކާރަށް ނުކުރެވޭނެއެވެ.

    42
    8
  2. ައޭނަ

    ސިދާތާ ތިޔަހުރީ ފެއިލްވެފަ! މީ ސިޔާސީ ގޮތުން ބުނާ އެއްޗެއް ނޫން. ޖެންޑާއިން ބަލަންވާ ވަރަށް ނުބެލި ކިތައް މައްސަލަ މިހެން އެބައޮތްތޯ؟ ދެރަ ނޫން އެއްވެސް މައްސަލައެއް ނެތް. ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއެއްގެ ލޮލުން ކަރުނަ ހިލެނީ އެދަރިއެއްގެ އާއިލާ އެކަންޔެއްނޫން. މުޅި ރާއްޖެ މިއަދު މިއޮތީ ކަރުނައިގަ. ލަގޮނޑީގަ ނުރިހޭ ހަމަ އެކަކުވެސް ނެތް. އިބްތިހާލް ގެ މައްސަލަ އިބްރަތަކަށް ނުވޭތޯ؟

    37
    3
  3. އަހަންނަކީ....

    ޜޭޕް ކޭސް ނުހިނގާނެކަމުގެ ޔަޤީން ކަމެއް ނޫން... ކީއްވެ އެކުއްޖާފުޅަށް އިންސާފު ހޯދާ ނުދެވިއްޖެއްޔާ އިސްތިއުފާ ދޭނަމޭ ނުބުނީ...؟ އަދި އެއްބަޔާން ނެރިލަން ފެނޭ... ޢޭރަން ކައެމެންގެ ޒިންމާ އަދާ ކުރެވުނީ... ޥަރަށް ސަލާން...

    29
    2
  4. ޙސސސ

    އޭނަ ނުދޭނެ އިސްތިއުފާ އެއް .އެޔަށް ވުރެން ދަހި ވާނެ

    30
    3
  5. ޖޯބެ

    ސިދާތާ ނިކަން ވިދާ ޅުވެބައްލަވާ އަޅުގަނޑު އިސްތިއުފާދޭނަމޭ އިސްލާމްދީނައް ފުރައްސާރަކުރުން ހުއްޓާލައިފިއްޔާ. ތިމަންނަ އިސްތިއުފާ ދިނުމައްފަހު. ތިހުން ނަނީ ނުވާނެކަންކަން ތިހެން ތިބުނީ ވެސް ނުވާނެތީ ނުހުއްޓުވޭނެތާ .މޮޅުއަގަނުތަޅާ ކަލޭ .

    18
    2
  6. ހަމަހަމަ

    ޢަދިވެސް ޢަންހެނަ ކަށް ވީތީވެ އެ ކަނި ވަޒީފާ ދީ މީސްމީހުންނަށް ، ކިތަންމެ ނާގާބިލަސް!

    13
    2
  7. ގޯތިބެ

    ކަމަނާ ކިތަންމެ ސަމަންތަރު ހެޔޮވެފާ ދޫފުޅު ހެލުނަސް ޒިންމާ އުފުލުމަށް ނުކުޅެދޭނަމަ ތިޔަމަގާމުގައި ހުންނެވުން ރަގަޅު ނުވާނެ!

    13
    2
  8. ހުސޭނުބޭ

    އުނހު! މިނިސްޓަރުކަމާ ބަގުޑިބައްދައިގެން ހުރޭ! ވަރެއްގެ މިނިސްޓަރުކަމެއް ތި އޮތީ ލިބިފަ!

    11
    1
  9. ކކކކ

    ކޮންތާކު! މުސާރައިގެ ބޭނުމުގަ އިސްތިއުފާ ނުދޭނީ. ދީން ވިއްކާ އަދާލަތު ޕާޓީ މީހެއް

    13
  10. ނަފީސާ

    ޝިތާދާ ލަދުގަންނަން ޖެހޭނެ. ޔަގީންކަން ދޭންވީ ނިކަމެތި ރައްޔިތުމީހާތޯ؟ ރައްޔިތުމީހާއަށް ރައްކާތެރިކަން ދޭންވާ ފަރާތްތަކުން ރައްކާތެރިކަން ކަށަވަރުކޮށް ނުދެވެންޔާ މަގާމުތަކުގަ ތިބުމުގެ ބޭނުމެއް ނެތް. އޭއްޗެކޭ މީއްޗެކޭ ކިޔާނެކަމެއް ނެތް. ނޫސްތައް ކިޔާލުމުން އެއް ދުވަސް ދެދުވަހުގެ ކަމެއް ނޫންކަން ހާމަވޭ. ދެތަކަމަކީ މި ފަދަ ޖަނަވާރުންތައް ކުށް ކުރަމުން ދާއިރު މި މުޖުތަމައުގައި މިނިވަންކަމާއެކު އުޅުމަށް ދޫކޮށްފަތިބޭތީ.

  11. Anonymous

    ހަޔާތްކުޑަ އަނގަޗޭ އަންހެނެއް. މިސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރަންވީ. ގާބިލް އެކަކުނެތް. މައްސަލަ ހުށަހެޅިތާ 3 ދުވަސް ފަހުން ބަޔާންގަނޑެއްވެސް ނެރެވުނީ. ރިސޯޓެއްގައި މަޖާކުރަން އުޅެފަދޯ ތިއައީ.

  12. ާއަހުމަދު

    ކަމަނާ ޔާމީނު އިސްތިއުފާ އަށް ގޮވީ ވައްކަން ނުކުރާނެ ޔަގީންކަން ދީފަތަ މިހާތުވައްކަން ނުކުރޭތަ

  13. ާއަހުމަދު

    އިނޑއާގެ އަވަށަކަށް ވެ ނިމެނީ