ދެކުނުގެ ރަށެއްގައި ރޭޕްކުރި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާގެ ބައްޕަ ހުރި ގެއަށް ބަޔަކު ވަދެ އޭނާއަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

އެ ކުއްޖާ ރޭޕް ކުރިކަން މީޑިއާތަކަށް ފެންމަތިވުމާއެކު އެ ކުއްޖާގެ ބައްޕަ ވަނީ ފިލާފައެވެ. އޭނާ ފިލައިގެން އައިސްފައި ވަނީ ހުޅުމާލެއަށެވެ.

އޭނާއަށް ހަމަލާދީފައި ވަނީ ހުޅުމާލޭގައި އޭނާ ހުރި ގެއަށް ވަދެ އެވެ.

މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ތުއްތު ކުއްޖާ ރޭޕް ކުރުމުގައި، މަސްތުވާތަކެތި ބޭނުންކުރާ މި ފިރިހެން މީހާގެ އިތުރުން، އެ ކުއްޖާގެ ކާފަ އާއި މުނި ކާފަވެސް ބައިރިވިއެވެ.

މިހާރު އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެެވެ. ފުލުހުން އެ މީހުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ގެމަނަފުއްޓަށެވެ.

އެ ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވުމާއެކު، ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާ އަށް ގޮވާލާ މުޒާހަރާކޮށްފައި ވެއެވެ. އަދި މިނިސްޓަރ ވަނީ މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކާފައެވެ.

ތުއްތު ކުއްޖާ ރޭޕް ކުރުމުން ހިނގަމުންދާ ކަންތައްތައް "ވަގުތު" ބްލޮގް އިން ފެނިވަޑައިގަންނަވާނެ.

މިއަދު ހިނގާ މުހިއްމު ކަންތައްތައް

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެޔޮ

    ޢަތޮލުތަކުގައި ހިންގާ ޖެންޑާމިނިސްޓްރީގެ ސެންޓަރުތަށް މިއީ ކީއްކުރާ ތަންތަން!އަދިވެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރޭ! ޥޯޓު ހޯދުން ނޫން އެހެންކަމެއް ބޮލުތެރެ އަކު ނުހުރެ!ތިޔަފެންނަނީ ފެނުތެރޭ އޮތް ގަޑުފެންކޮޅުން ހިއްލިފައި އިންތަންކޮޅު!ޑްރަގް، މީހުން މެރުން،ވައްކަން މާރާމާރީ ޒިނޭ ހައްދުން ނެއްޓިފާ. ނަންވާނީ އިންޑިޔާ!

    52
    3
    • Anonymous

      ?

      2
      1
  2. ޔޫސުފް ހަންބަލް

    އަހަރެމެންގެ ދަރިން މެރީ ކުރުވުމުގަ ވަރަށް ބަލަން ޖިހޭ މެރީ ކުރަން ބޭނުންވާ މީހާގެ ބެކްރައުންޑު ތިބައިގަނޑުގެ ޖާހިލު ކަމާއެވެ ނުބައިވެގެންވާ ރޫޓް އަކުން ނިކުންނާނީ ނުބައި ވެގެންވާ މޭވާއެވެ.

    37
    4
  3. އެންދެރި

    ފްލެޓް އިން އޭނަ އަށް ހިމާޔަތް ދިން މައްސަލަ ބަލަން ޖެހެ އެވެ.

    10