ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރު ކޮށްގެން ގއ. ގެމަނަފުއްޓަށް ގެންދިއުމުން ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

އެ ދެމީހުން މިހާރު ހައްޔަރު ކޮށްފައި ތިބީ ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައެވެ.

އެރަށުގެ އާއްމުން ދަނީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

ގެމަނަފުށި ޕޮލިސް ސްޓޭޝަން ކައިރީ އެރަށުގެ އާއްމުން މުޒާހަރާ ކުރަނީ/ ފޮޓޯ : ވަގުތު އިމޭޖަސް

އަޑު އުފުލަމުން އަންނަ މީހުން ގޮވަމުން ދަނީ އެމީހުން އެރަށުން ބޭލުމަށާއި ރޭޕް ކުރާ މީހުންނަށް އެރަށުގެ ފަސްގަނޑުން ޖާގަ އެއް ނެތް ކަމަށެވެ.

ފުލުހުން ވަނީ މިހާރު މަގުގެ ދެ ފަރާތުގައިވެސް ޓޭޕް ދަމައި، ޕޮލިސް ސްޓޭޝަން ސަރަހައްދު އެއްކޮށް ބަންދު ކޮށްފައެވެ.

ތުއްތު ކުއްޖާ ރޭޕް ކުރުމުން ހިނގަމުންދާ ކަންތައްތައް "ވަގުތު" ބްލޮގް އިން ފެނިވަޑައިގަންނަވާނެ.

މިއަދު ހިނގާ މުހިއްމު ކަންތައްތައް

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުޒާހަރާ ކުރިޔަސް ފިތުނަފަސާދަ ނުފަތުރާތި

    ކިތަންމެ ޖަނަވާރު ދަރަޖައަށް ދިޔަޔަސް، ޝައިތާނެއްގެ ދަރަޖައަށް ދިޔަޔަސް ވާނީ އިންސާނަކަށް. ކިތަންމެ ނުބައި އަމަލެއް ކުރިޔަސް އިންސާނަކަށް ވީތީ ވާނެ ހައްގުތަކެއް. އިންސާނަކަށް ވީތީ ވާނެ ޝަރީއަތް ހިންގަން. ޝަރީއަތް ނުހިނގާ މާރާމާރި ހިންގައި ކޮންޓްރޯލުން ނެއްޓި އުޅުނީމާ ދެބައިމީހުންވެސް މިގޮތުން ވާނީ ޖަނަވާރުންގެ ގޮތުގައި. މާރާމާރި ނުހިންގައި ޝަރީއަތް ހިންގަންވީ. ފަސާދަ އުފައްދާމީހުންގެ އަދަބަކީ ހަތަރެސްފައި ބުރިކޮށް މެރުން. ޒިނޭކުރާ މަހުރަމުންގެ އަދަބަކީ ރަޖަމްކުރުން. ރޭޕްކުރުމަކީ ފަސާދައުފެއްދުން ކަމުގައި ދެކޭނަމަ، ބަޢާވާތްކޮށް މާރާމާރި ހިންގާ މީހުންނަށްވެސް އެއް އަދަބެއް ލިބެންޖެހޭނެ. ދީނާއި ދެކޮޅަށް ނޫނީ ހާވާރިޖުން އުޅޭގޮތަށް އުޅޭ މީހުންނަށްވެސް އެއް އަދަބެއް ލިބެންޖެހޭނެ. ޖަލުގެ އަދަބު (މިސަރުކާރުންވެސް ކުރީގެ ސަރުކާރުތަކުންވެސް ދޭ އަދަބު. މިކަމާ އަހަރެން ދެކޮޅު) ލިބެންޏާ ރޭޕްމިކުރި މީހުންނަށް ވެސް އޮންނަން ޖެހޭ އަދަބަކީ ޖަލުގެ ހުކުމް. މިހެން ނުވަންޏާ ކޮބާތޯ ތިބުނާ އިންސާފް؟ ޖަނަވާރުންނަށް ވާންވީ ވަކިބައެއްތޯ؟

    13
    • މަކިނބޫ އެޓް ދުބާއީ

      ކަލެއަށް ތިއޮތީ އިންސާފު އޭގެ އެންމެ ފުރިހަމައިގަ އެނގިފަ. ދެން ލަލަލަ

    • ހުސޭނުބޭ

      ކަލޭގެ ދެ އަހަރު ނުފުރޭ ދަރިޔަކަށް މިފަދަ ކަމެއް ދިމާވުމުން ތިހެން ކޮމެންޓް ލިޔަން ކެރޭނެތަ؟

      11
    • ކުޑޭ

      މިމައްސަލައާ ބެހޭގޮތުން ލިޔާ ކޮންމެ އާޓިކަލްއަކައް ކަލޭތިޔަ ކޮމެންޓް ކޮޕީޕޭސްޓް ކޮށްކޮށް ތިޔަ އުޅެނީ އަޅެފަހެ ކީއްވެގެންތަ؟ ކަލޭގެ ދަރިޔަކައް އެފަދަގޮތެއްބަޔަކު ހެދިނަމަވެސް ހަމަ ތިހެން ކޮޕީ،ޕޭސްޓް ކުރަން ހުންނާނީ ދޮއްތޮ؟

      6
      1
    • ގެރި މޯދި

      ކަލޭތީ މޯދީ ގެންގުޅޭ ގެރިތަ ކަނޑުމަތީގަ ޔޯގާ ހަދަން އުޅޭ. ތި އަނގަ ތަޅަން ގެރި މޯދީ ގާތަށް ދޭބަލަ މިތާނގަ ހުސް އަނގަ ނުތަޅުވާ!

    • މުޒާހަރާ ކުރިޔަސް ފިތުނަފަސާދަ ނުފަތުރާތި

      ހޭބަަލިި ލިޔާނެ އެއްޗެއް ނޭނގިގެންތަ ތިިއުޅެނީ. ކަލޭ ހުރެބަލަ ކާފޫރަށް ވެގެން ރެެޑްް ބެލޫން އަރުވަ އަރުވާ