ދެކުނުގެ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މިހާރު ބަންދުކޮށްފައިވާ ކުއްޖާގެ ކާފަ އާއި މުނިކާފަ އެރަށުން ބޭލުމަށް ކަމަށް އެރަށު ރައްޔިތުން ބުނެފިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރުއެވެ. ހައްޔަރު ކުރުމަށްފަހު މިހާރު ވަނީ ގެމަނަފުށީ ޕޮލިސް ސްޓޭޝްންގައި ބަންދުކޮށްފައެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ގެމަނަފުށީ ކައުންސިލް ރައީސް ޝިޔާން ވިދާޅުވީ، މުޅި ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ ކަމަށާއި، އެ މީހުން ގޮވަމުން ދަނީ އެރަށަށް ގެނެސްފައި ތިބި ދެ މީހުން ރަށުން ބޭރު ކުރުމަށް ކަމަށެވެ.

"ވަކިން ހާއްަސަކޮށް އަންހެން ކަނބަލުން ވަނީ ނުކުމެ އަޑު އުފުލަން ފަށާފައި. އެ މީހުން ގޮވަމުން ދަނީ އެރަށަށް ގެނެސްފައި ތިބި މީހުން ރަށުން ބޭރު ކުރުމަށް". ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ، އެރަށު ކުދިކުދި ބޮޑު އެންމެން ނުކުމެ ގޮވަނީ އެރަށުން އެ މީހުން ބޭރުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.

ތުއްތު ކުއްޖާ ރޭޕް ކުރުމުން ހިނގަމުންދާ ކަންތައްތައް "ވަގުތު" ބްލޮގް އިން ފެނިވަޑައިގަންނަވާނެ.

މިއަދު ހިނގާ މުހިއްމު ކަންތައްތައް

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގެރި

    އިންޑިއާގެ ގެރި މޯދީގެ ލޮލާއި ނަޝީދުގެ ލޯ ދިމާވާ ކަމަށް ނަޝީދު ބުނެފައިވޭ އިންޑިޔާގައި ވިހާތަނުން ރޭޕް ކުރޭ އަދި ރާއްޖެ ވެސް އެ ދަރަޖައަށް އަދި ވެއްޓޭނެ. ލަޑަޔާވާނީ ލަޑަޔާއަށް. އެ ދަރަޖައަށް ވެއްޓޭނެ ދެން ރައްޔިތުން ނޭ ބަލަން ނުތިބޭ. ވެރީންގެ އިހުލާސްތެރިކަމެއް ނެތް

    27
    2
  2. ިހިއްވަރު

    ސާބަސް ގެމަނަފުށީ ރަށްޔިތުންނައް..ގ.އ.ގެމަނަފުއްޓަ ކީ އިސްލާމީ ޟަރީއަތް އެރަށުގައި ގާއިމް ކުރަން ބޭނުންވާ ބައެއް..މީގެ ކުރިން ވެސް ކޮންމެވެސް މައްސަލައެއް ގައި ހައްދު ޖަހަން އެރަށުގެ ރައްޔިތުން ނު ކުތުމުނ....

    31
    1
  3. Anonymous

    ލޮލާއި ލޯ ދިމާވަންޏާ އަދި ގޯހުން ގޯހަށް ދާނެ

    11
    1
  4. މެޑޯނާ

    ހައްލަކީ އިސްލާމީ ޝަރީޢަތް. އަހަރުން މީ މުސްލިމުން އެހެންވީމާ ބޭނުންވަނީ އިސްލާމީ ޝަރިއަތް

    20
    1
  5. ޤަބުކުއްޖާ

    ބަލަ ވެރިންތަ ކުޑަކުދިންރޭޕްކުރަނީ ކާފައާއި ބައްޕައާއި މުނި ކާފަގެ ފަރާތުން ރައްކާތެރި ކަމެއް ނުލިބޭނަމަ ދެންކާކުގެ ފަރާތުން ދަރިންނަށް ރައްކާ ތެރިކަމެއް ލިބޭނީ ކޮންމެކަމަ ކަށް ފުލުހަކުވެސް ނުބެހެއްޓޭދޯ ކުށްކުރާމީކުށްކުރާތޯއެއީވެސް ވާނެކަމެއްނޫން

    5
    3
  6. ދަވާލި19

    ބަލަ އެކަމަކު މިސަރުކާރަކުން ބޭނުމެއްނުވޭ ތޮގޮތައް ތިކަން ކުރާކަށް މިސަރުކާރުންތާއީދު ކުރަނީ މިކަހަލަ ކަންތައްތަކައް އެހެންވީމަތާ ހޯރައިއްބެވެސް މިސަރުކާރުން ދޫކޮށްލ£

    9
    1
  7. އަލީ

    ކޮބާ ތޯ ތި ބުނާ ހަރުކަށި އަދަބަަކީ؟ ދިގު މުއްދަތަކަށް ޖަލަން ހުކުމް ކުރުން ތޯ؟ މި ފަދަ ބޮޑެތި ހައްދު ތަކަށް އަރައިގަތުމުން އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކޮށްގެން ނޫނީ މިފަދަ ބޮޑެތި ކުއްތައް ނުހުއްޓުވޭނެ. ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ..

    6
    1
  8. ޢަންސާރު

    ސާބަހޭ ދިވެހި ރަައްޔިތުން .ނަހަލާލު ވެރިކަން ވެއްޓެނީ އިންޝާ ﷲ