މައްސަލަ ހައްލުކޮށް ފުވައްމުލަކު ސިޓީ އަށް ކަރަންޓް ދީފި އެވެ.

ފުވައްމުލަކުގެ ބޮޑު ބަޔަކުން މިއަދު ކަރަންޓު ކެނޑުނީ އެ ރަށުގެ ދޫޑިގަމް އަވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށްޓަކައި، ސްރީލަންކާގެ ސިއަރާ ކޮންސްޓްރަކްޝް ކުންފުނީގެ ފަރާތުން ހޮޅި ވަޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެޗްވީ ކޭބަލްގެ ދެ ތަނަކަށް ގެއްލުންވުމާ ގުޅިގެންނެވެ.

އެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން އެ ރަށަށް ދޭން މިހާރު ފަށާފައިވާ ކަމަށް ފެނަކަ އިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދިމާވި ދަތިތަކަށް ފެނަކަ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ކެތްތެރިކަމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.