ރާއްޖޭގެ ދެކުނުގެ ރަށެއްގައި އާއިލާ ތިން މީހުން ވެގެން ދެ އަހަރު ނުވާ އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ބަލައި، އެ މީހުންނަށް ގާނޫނުތަކުން ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކުއްޖާ ރޭޕްކުރި މައްސަލަ ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުއްޖާ ރޭޕްކުރި މީހުން ހޯދައި، އެ ފަރާތްތަކުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެ މީހުންނަށް ގާނޫނުން ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މިފަދަ ލާއިންސާނީ އަމަލުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރުވެގެން ދާދިއުމަކީ އެ ކޯޝިނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިފަދަ ލާއިންސާނީ އަމަލު އަނިޔާވެރި އަމަލުތައް ރާއްޖޭގެ ކަންކޮޅުތަކުން ހުއްޓުވުމަށްޓަކައި ދައުލަތުގެ މުވައްސަސާތަކުން ކުރަން ޖެހޭ ކަންކަން ހަރުދަނާކަމާއެކު ކުރުމަށްވެސް މި ފުރުސަތުގައި ގޮވާލަމެވެ". އެ ބަޔާނުގައި ވެއެވެ،

މިދިޔަ ހަފްތާ ތެރޭ އެ ކުއްޖާ ރޭޕް ކުރި މައްސަލަ ފެންމަތިވީ، އެ ކުއްޖާގެ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.

މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.

އެ ކުއްޖާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަލީ ޝިފާޒް

    ކޮބާ ތޯ ތި ބުނާ ހަރުކަށި އަދަބަަކީ؟ ދިގު މުއްދަތަކަށް ޖަލަން ހުކުމް ކުރުން ތޯ؟ މި ފަދަ ބޮޑެތި ހައްދު ތަކަށް އަރައިގަތުމުން އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކޮށްގެން ނޫނީ މިފަދަ ބޮޑެތި ކުއްތައް ނުހުއްޓުވޭނެ. ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ.

    27
    • ބުރޯ

      100 ކައިގެ ވާހަކައެއް

      17
      1
  2. Anonymous

    ހަރުކަށި އަދަބޭ ނުކިޔާ ބުނެބަލަ އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކުރަށޭ

    26
  3. ާއަނިޔާ ހުޓާލާ

    ކަމެއް ވާއިރަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނާނެ .. އެކަން ދުވަހަކު ވެސް ވާކަމަކަ ނުވޭ .. މިކަހަލަ މީހުން ޖެހެނީ މަރާލަން .. ? އެއް ތުއްތު ކުޖާގެ ދިރިއުޅުން ހަލާކުވީ .... ކޮބާ މިކުޖާ އައް އިސާފުލިބޭނެތަށް ... ??

  4. އަލްޖިބްރާ

    މީހުންމަރާ މީހުނަށް މަރުގެ އަދަބު ތަންފީޒު ކުރާނަމޭ ގޮވީ ކަލޭމެނެއްނު ! އެކަން ކުރެވުނުތަ ؟ އިސްލާމްދީނުގެ ހުކުމް ތަންފީޒު ނުކުރާ ބަޔަކު( ކޮންމެ ބަޔަކުނަމަވެސް ) ހަރުކަށި އަދަބޭ ކިޔައިގެން ހަޅޭއް ލަވާނެކަމެއް ނެތް

    3
    4
  5. ސަޒަން

    ކޯޢްޗެއްކިޔާކަށް ކަލޭމެންތީ ގައުމުގެ ބައެތުލްމާލް ފެންތައްޓަކާނުލައި ދިރުވާލި މީހާވެސް ދޫކުރާށޭ ކިޔާބައިގަނޑެއް

    1
    7
    • ވޮއްލެ

      މިދިޔަ އަހަރުގެ 32 ބިލިއަން ރުފިޔާގެ ބަޖެޓް ފެނާއެއްކޮށް ދިރުވާލީ މިސަރުކާރުންކަން ސަޖަނަށް ނޭގެނީކީ ނޫންތާ؟ ޕާޓީގެމީހެއްވީމާ އެނގޭކަމަށް ނުހެދީ.

  6. އުތުރުން

    ކުށްވެރިން މައްސަލަތައް ބެލުމާއި އަދަބުދިނުމަކީ މިސަރުކާރުން ކުރަމްބޭނުންވާ ކަންކަމެއްނޫނެވެ މޑޕ އަކީ
    ކުށްކުރުމަށާއި ޖަރީމާތައް ހިންގުމަށް ފަރިތަ ޕާޓީއެކެވެ އަދި
    އެމީހުން ދެކެނީ އެއީ ޑިމަކްރަސީ ކަމުގައެވެ މިޑިމަކްރަސީ ފެތުރީމާ ކުށްވެރިންގެ ސަޕޯޓްލިބި އެތައް ޒަމާނަކަށް ވެރިކަމުގައި ދެމި ތިބެވޭނެތީއެވެ.

  7. އަހުމަދު

    ކޮން ކަރުކަށި އަބަދެއްގެ ވާހަކަ ތި ދައްކަނީ އިސްލާމީ ހައްދޭ ބުންޏަސް މާ ތާހިރުވާނެ