2 އަހަރު ނުފުރޭ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހުރި ފްލެޓަކުންނެވެ.

އެ ފްލެޓު ކައިރީ މިއަދު ހަވީރުން ފެށިގެން ގިނަ އަދަދެއްގެ އާއްމުން ވަނީ ޖަމާވެ އޭނާ ދިރިއުޅެމުން އައި ފްލެޓަށާއި އޭނާ އަށްވެސް އެކިވަރުގެ އަނިޔާތައް ދީފައެވެ.

ނަމަވެސް، ފަހުން އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވެ އާއްމުން އެތަނުން ފޮނުވާލަން މަސައްކަތް ކޮށްފައެވެ. މިކަން ކުރުމުގެ ތެރޭގައި ފުލުހުންނާއި އާއްމުންނާއި ދެމެދު ވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި ފުލުހުންގެ އަތުން ކުޑަ ވަގުތުކޮޅަކަށް ކުއްޖާގެެ ބައްޕަ އާއްމުންގެ އަތްދަށުވި އިރު އެ ވަގުތުކޮޅުގެ ތެރޭގައިވެސް އޭނާ އަށް އާއްމުން ވަނީ އަނިޔާ ކޮށްފައެވެ.

ފުލުހުން ވަނީ އެތަނަށް އެއްވި ތިބި އާއްމުންނާއި ދިމާލަށް އެތައް ފަހަރެއްގެ މަތިން ޕެޕާ ސްޕްރޭވެސް ޖަހާފައެވެ.

ކުއްޖާގެ ބައްޕަ ހައްޔަރު ކުރި ނަމަވެސް، އޭނާ ހުރި ހުޅުމާލެ ފްލެޓު ކައިރީގައި އަދިވެސް ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

އެ ފްލެޓު ކައިރީ އާއްމުންނާއި ފުލުހުންގެ ކުރިމަތިލުންތަކުގައި އާއްމުންގެ ވެހިކަލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ކުއްޖާގެ ބައްޕަ މިހާރު ހައްޔަރު ކޮށްފައި ވާއިރު، މިއަދުގެ ވަގުތެއްގައި އެ ކުއްޖާ ރޭޕް ކުރި ކުއްޖާގެ ކާފަ އާއި މުނި ކާފަވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެމީހުން ހައްޔަރުކޮށްގެން ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން އެރަށުގެ ރައްޔިތުން ދަނީ ސްޓޭޝަން ކައިރިއަށް ޖަމާވެ، އެމީހުން ރަށުން ބޭލުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ލައި

    ކުދިންނާ ބެހޭ ޖަނަވާރުންނަށް ހައްގު އަދަބްދީ.......................... ތިވަރުގެ ކަމެއް ކުރަން ކީތްކުރަން ދޫ ކޮށްފަ ބަހައްޓަނީ......... ރަށަށް ވެސް މަޝްހޫރު މީހުންނާ ބެހޭ މީހެއް، ކީތް ކުރަން ދޫ ކޮށްފަ ބަހައްޓަނީ............. ހައްގު އަދަބް ދީ............ ނުލަފާ މީހުންތަކެއް.

    64
    • Anonymous

      ކޮބާ ތޯ ތި ބުނާ ހަރުކަށި އަދަބަަކީ؟ ދިގު މުއްދަތަކަށް ޖަލަން ހުކުމް ކުރުން ތޯ؟ މި ފަދަ ބޮޑެތި ހައްދު ތަކަށް އަރައިގަތުމުން އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކޮށްގެން ނޫނީ މިފަދަ ބޮޑެތި ކުއްތައް ނުހުއްޓުވޭނެ. ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ.

      61
  2. Anonymous

    ހިމާޔަށްދިނީ، މިސަރު ކާރުން އެއްވެސް އަދަބެއްނުދޭނެ، މިއުއްމަތުގެ ނަބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރިމީހުންނަށް އަދަބެއްނުދެވުނު، މިއީޖައްބާރުސަރު ކާރެއް.

    68
  3. ވާނުވާ

    މާލޭން ބޭރުކުރޭ މި އެއްޗެހި...

    46
  4. ވާނުވާ

    މާލޭން ބޭރުކުރޭ މި އެއްޗެހި.....

    35
    2
  5. ޙޖނބދ

    ކޮންތާކު އަދިވެސް ނުނެރޭ ފުލެޓް އިން

    29
  6. Anonymous

    ހުވަދުއަތޮޅަކީ ދެކުނުގެ ރަށެއްތަ؟ ދެކުނުގަ އޮނނަނީ ފުވައްމުލަކާއި ކަލޭމެން ނުހަނު ރުޅިއަންނަ އައްޑުއަތޮޅު!އަދިވެސް އައްޑޫއާ ގެޅެން ހުވަދޫމީހުންނާއި އުތުރުމީިހުން އުޅޭތި!ކޮބާ ކަލޭމެން ތިކުރާ ކަންތައް މާނުބައި!އެކަމަކު ނަންވާނީ ހައިވަކަރުއޮޑި

    14
    21
    • އ

      ކަލޭ ކިތަންމެ ހިތްހަމަ ނުޖެހުނަސް ހުވަދު އަތޮޅު ވާނީ ދެކުނުގެ އަތޮޅަކަށް

      34
      1
  7. ާއަފްލާ

    ފުރަތަމަ ކުޑަ މޯޑީ ބޭރުކުރޭ

    28
  8. ނ

    އެވަރުގެ ލާއިންސާނީއަމަލުތަށް ކުއްވެރިކުރަން އާއްމުން އެއްވެލާއިރަށް ފުލުހުން ޖެހޭތަ ޕެޕަސުޕުރޭޖަހަން މިބަޔަކު ކުރާކަމެއްކުރާނަމައާއްމުން ކުރާކަންތަކަށް ހުރަސްނާލާ އެވަރުގެ ލާއިންސާނީއަމަލެއް އާއިލާގެ ބަޔަކު ހިންގީމަވެސް މީހުންގެ ރުޅިގަދަވާނެ ފުލުހުން ނުޖެހޭ އެކަމަކަށް ހުރަސްތަށް ކުރިމަތި ކުރުވާކަށް ޑިމޮކްރަސީ މިއޮންނަނީވަކި ކަމެއްގަ ހަލޭލަވަންވީމަތަ ؟

    27
    2
  9. އަހަރެން

    މިކަމާ ގުޅޭ އެހެން ހަބަރަކަށް ކޮމެންޓްކުރިން އެކޮމެންޓް ނުގެނެވުނީ ކީއްވެޔޯ އެކުއްޖާގެ އަސްލު ރަށުގެ ނަން ބުނީމަދޯ އެރަށުގެ ނަން އެނގުނީމަ ކޮން ގެއްލުމެއްތަވަނީ

    14
  10. އީވާ

    ހޯރަ އިއްބެ ކަހަލަ ކުޑަކުދިން ނާއި ބެހޭމީހުން މިނިވަން ކުރާ ސަރުކާރެއްގައި މިކަހަލަ ޖަނަވާރު އަމަލު ހިނަގާނެ. އިންޑިއާއަށް ރާއްޖެވަނީ

    20
  11. އަލީ އަހްމަދު

    މަރުގެ އަދަބް ދޭންޖެހޭނީ މިކަހަލަ ޖަނަވާރުންނަށް

    18
  12. ކޯރާޑި

    މިޝަޔްތޯނު ނުބައިޢަމަލުގަބައިވެރިވެފަ ފިލަންކަމައްތަ މާލެއައްމިއައީ ފިލިއްޖެއެއްނު ދެންބަރީއަވާންވެގެން މޮޅުސްޓަންޓް ޖައްސަން ނޫޅޭތި

    11
  13. ހައްވަ

    ދެން މާދަން ދޫކޮއްލާ...ހެކިނެތޭ ކިޔާފަ