ރާއްޖޭގެ އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބެމުންދަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެކުއްޖާގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކުއްޖާ އަށް ޖިންސީ ގޯނާ ކުރާ މައްސަލަ ތަޙްޤީޤު ކުރަން މިދިޔަ ހަފްތާގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންނާއި ފުލުހުން ވެސް އެރަށަށް ދިޔަކަމަށެވެ.

އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެކުއްޖާގެ ބޮޑުދައިތަގެ ފިރިމީހާއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހާ ބުނީ ޖިންސީ އަނިޔާކުރާ މީހާގެ ގެއަށް ކުޑައަންހެން ކުއްޖާ ގެންދަނީ އޭނާގެ އަނބިމީހާ ގޭގައި ނޫޅޭ ވަގުތުތަކުގައި އޭނާގެ ކުޑަދެދަރިން ބަލަން ކަމަށް ބުނެއެވެ.

"އެގޮތައް ގެންގޮސްފައި އެކުއްޖާ އާއި ބެހެނީ. މިދިޔަ ހަފްތާ ތެރޭގައި އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި ރިއްސާތީ އެވާހަކަ އެ ކުއްޖާ މަންމަ ކައިރިބުނީ. ދެން ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދި. ޑޮކްޓަރުންގެ ރިޕޯޓުން ކަށަވަރުވޭ އެކުއްޖާ އަށް ޖިންސީ ގޯނާކޮށްފައި ހުރިކަން." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެމައްސަލަ މިދިޔަ ބުދަ ދުވަހު ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް އަދިވެސް ޖިންސީ އަނިޔާކުރި މީހާ ހައްޔަރުކޮށްފައެއް ނުވެއެވެ.

އާއިލާ އިން މައުލޫމާތު ދިން މީހާ ބުނިގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުއްޖާ މިހާރު ތަފްސީލްކޮށް އެވާހަކަ ކިޔައިދެމުންދާ ކަމަށާއި ނަމަވެސް އަނިޔާކުރި މީހާ ހައްޔަރުނުކޮށް ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހަކު މައްސަލަ ހުށަހެޅިތާ އެތައް ދުވަހެއް ވީއިރުވެސް ހައްޔަރުނުކޮށް ހުރީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މަންމަ

  ބައްޔެއްނު. ކިހިނެއް ވެގެން އުޅޭ އެއްޗިހި ތަކެއްތަ😡

  80
  1
 2. ތަކަންދޫ

  ކުޑަކުދިންނައް އެފަދަ އަނިޔާދޭ ފަރާތްތަކައް އިސްލާމީ ޝަރިއްޔަތް ތަންފީޒްކޮއްބަލަ މިހާރު އިންޑިއާއަކައް ދޫނުކުރޭވިއްޔާ،

  68
 3. Anonymous

  ޝިދާތާއާއި ވެރިމީހާވެސް އިސްތިއުފާދެއްވާ.
  ގެރިމޯދީއާ ލޮލާލޯ ސީދާވެފަ ތިޔަހުރީ ރަނގަޅަށް

  65
  3
  • މިނިސްޓަރު ޝިދާތާ

   ތިކަމުގައި އަޅުގަނޑު އިސްތިއުފާ ދޭނީ، އަޅުގަނޑު އިސްތީއުފާ ދިނުމަށްފަހު ދެން މިފަދަ އެހެން ޗައިލް ރޭޕްކޭސްއެއް ނުހިންގާނޭކަމުގެ ޔަގީންކަން ދިނީމަ.
   އަޅުގަނޑު މަސައްކަތް ކުރާނީ ، ކުރަނީވެސް، ކުރީވެސް މިފަދަ ނޭއްގާނީ ކަންކަން ހުއްޓުވަން. އެހެންވީމާ އިސްތީއުފާއަށް ގޮވާލާއިރައް އިސްތީއިފާ ދިނުމަކީ އެއީ ކަންކަމުގައި އޮތް ހައްލދެއް ނޫން. ހައްލަކީ ކަންކަން އިސްލާހު ކުރުން. އިސްލާހުކުރަން އަޅުގަނޑު މަސައްކަތްކުރާނަން، އަދި ކުއްކުރާ މީހުންނައް ހައްޤު އަދަބު ދޭނަން..

   33
   29
 4. ތަރިކަ

  ކޮމެންޓެއް ފޮނުވިއަކަސް ޖަހާކަށް ނުކެރޭނެ pop

  18
  2
 5. ޏަމް

  އުތުރު ރަށެއްގެ ޤާޒީ އެއްވެސް 2016 ވަނަ އަހަރު އޭނާގެ އަމިއްލަ ޢޯޓިޒަމް ހުންނަ ދަރިޢާއި ޖިންސީގޯނާ ކުރިކަމަށް ނޫސްތަކުގަ އޮތް.އަދި ޢެނާ ސަސްޕެންޑު ކުރިކަމަށް ޖޭ.އެސް.ސީގެ ވެބްސައިޓްގަ 2016 ފެބްރުވަރީ23 ގަ އޮތް. ޢެކަމުމިހާރު ހުރީއެ އަތޅުގެ އެހެން ރަށެއްގެ ގާޟީ އަކަށް ބަދަލުކޮށްފަ. ޤަޢުމުގެ ޚާލަތު

  36
  1
 6. ސިއްރު

  ތިބުނާ ބޮޑުދައިތަގެ ފިރިމީހާ އެއީ ކޮން ރަށެއްގެ ކޮންނަމެއް ކިޔާމީހެއްތަ އެފަދަ މީހުންގެ މައުލޫމާތު ސިއްރު ކުރުމަކީ ރޭޕުކުރުމަށް ލިބޭހިތް ވަރެއް ޖެނާވިޔަސް އެޖެންޑާ 19 ވިޔަސް

  39
 7. މާމިގިލީ މީހާ

  މިކަހަލަ އަމަލު ކުރާ މީހުންނައް. ހަރުކަށި އަދަބު ދީ ބަލަ. ނޫނީ މި ރާއްޖެ ދުވަހަކައް ފަހު ދުވަހެއް ދާނީ ހަލާކު ވަމުން.

  40
  1
 8. އަހަމަދު

  ކުޑަކުދިންނައްޖިންސީގޯނާކުރާމީހުންގެ މަޢުލޫމާތު ނޫސްތައްމެދުވެރިކޮށް ރައްޔިތުންނައްހާމަކުރަންވީ އޭރުންހަމަގައިމުވެސް ތިކަމައްހައްލެއްހޯދާނެ

 9. ޢާސީ

  ޚުކު އްލި އަކަށް ހާދަ ކުޑަކުދިންނޭ ކިޔަން ފަށަ އިފިޔޭ މީ އަނެއްކާ ކޮންކަހަލަ ކަމެ އްބާ

  5
  1
  • އަހްމަދު

   ރޯގާ އެއް. އަވަހަށް ވެކްސިންދޭންވީ.

   3
   1
 10. ފާތި

  މީއިންޑިޔާގެ އަވަށެއްތަ

 11. ނައީމް

  މިސަރުކާރަކުން ރައްޔިތުން ނުކުމެ މުޒާހަރާ ނުކުރާހާހިދަކު ލާހިކެއްނޫން ތިކަމެއް ކުރާކައް ބަންދެއްވެސް ނުކުރާނެ ކުރިނަމަވެސް ސާބިތެއްނުވޭކިޔާފަ ދޫކޮއްލާނީ މިހެންތާވާނީ ވެރިކަމައް އެރިގޮތައް އެންމެފުރުތަމަވެސް ދޫކޮއްލީ ކުޑކުއްޖަކު ރޭޕްކުރިމީހާ މީނަމޫނާ އަކީ ދެންވިސްނާ މަސްތުވާ ތަކެތި އާންމުވެއްޖޭ ކުރީ ސަރުކާރު ތަކުން މިކަންތައް ކިހާބޮޑައް ކޮންޓްރޯލް ކުރި މިހާރި އަނެއްކާވެސް އާންމުވެއްޖެ ބިރެއްނެތީ މަޖާކުރުމުގެ ހިތި ނަތީޖާ. އިސްތިއުފާ އިދްތިއުފާ