މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

22:35

އއ. ތޮއްޑޫގެ ކަރާ ދަނޑުތައް ހުންނަ ސަރަހައްދުގައި އަލިފާން ރޯވެ އަންދަމުން އެބަދޭ.

21:52

ގެއްލިފައި ވަނީ ޒުވާން ފިރިހެނެއް.

21:24

ގާޒީގެ ބޭބެ ޖަލަށް ލާފައި ވަނީ ދޮން ދަރި އަކު ރޭޕް ކުރި ކަމުގެ ކުށް ސާބިތުވުމުން.

20:43

އިސްލާމިކް މިނިސްޓްރީ އިން އިބްރާހިމް ދީދީ ވަޒީފާ އިން ވަތްކެއް ނުކުރޭ.

19:58

ކާފަ މަރާލީ ދަރިފުޅާއި ބެހުމުން.

19:40

އިންޑިއާ ފަދަ ގައުމަކަށް ރާއްޖެ ވުމުގެ ފުރުސަތުވެސް ދީގެން ނުވާނެ.

19:12

އިތުރު މީހަކު ހިމަ ބިއްސަށް ޕޮސިޓިވް ވެއްޖެ.

18:28

އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި.

18:04

18:03

ތިނަދޫގައި ކުރަމުން އަންނަ މުޒާހަރާ/ ފޮޓޯ : ވަގުތު އިމޭޖަސް

17:59

ތ.މަޑިފުށީގައި ކުރަމުން އަންނަ މުޒާހަރާތައް/ ފޮޓޯ : ވަގުތު އިމޭޖަސް

17:58

ތ.މަޑިފުށީގައި ކުރަމުން އަންނަ މުޒާހަރާތައް/ ފޮޓޯ : ވަގުތު އިމޭޖަސް

17:57

އައްޑޫ ސިޓީ ހިތަދޫގައި ކުރަމުން އަންނަ މުޒާހަރާތައް / ފޮޓޯ : ކިޔުންތެރި އެއް

17:57

އައްޑޫ ސިޓީ ހިތަދޫގައި ކުރަމުން އަންނަ މުޒާހަރާތައް / ފޮޓޯ : ކިޔުންތެރި އެއް

17:57

ތ.މަޑިފުށީގައި ކުރަމުން އަންނަ މުޒާހަރާތައް/ ފޮޓޯ : ވަގުތު އިމޭޖަސް

17:52

މާލޭގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

17:51

މާލޭގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

17:50

މާލޭގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

17:50

މާލޭގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް : މުހައްމަދު އަފްޒަލް

17:49

ޖެންޑާ އިން ކުދިން އެހެން ރަށަކަށް ބަދަލު ކުރި ނަމަވެސް ދޮން ބައްޕަ މިހާރު މިވަނީ އެރަށަށް ބަދަލުވެ އަނެއްކާ ޖިންސީ އަނިޔާ ކުރަން ފަށާފަ.

17:42

މި ކުދިންނަށް އެންމެ ފުރަތަމަ ޖިންސީ އަނިޔާ ކުރީ 10 އަހަރާއި 11 އަހަރުގަ.

17:22

މާލޭގައި ކުރިއަށް ދާ މުޒާހަރާ/ ވަގުތު އިމޭޖަސް : އަހްމަދު އަފްޒަލް

16:57

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:57

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:48

ކުއްޖާގެ މައްސަލަ ލިބުމާއި އެކު ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް މިނިސްޓަރ ޝީދާތާ ވިދާޅުވެއްޖެ.

16:47

މަޑިފުށީގައިވެސް މުޒާހަރާތައް.

16:46

ފެއިލާ އެއް އޮތިއްޔާ އިސްތިއުފާ ދޭން ތައްޔާރުކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެ.

16:41

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:40

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:37

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:37

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:36

ތިނަދޫގައި ކުރިއަށް ދާ މުޒާހަރާ / ވަގުތު އިމޭޖަސް

16:03

ކަނޑުމަތީގެ އެކްސިޑެންޓެއްގައި ފަތުރުވެރިންތަކަކަށް އަނިޔާވެއްޖެ

ކަނޑުމަތީގައި އެކްސިޑެންޓެއްވެ ބަޔަކަށް އަނިޔާވެއްޖެ

 

16:02

ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކޮށްފައިވާކަމުގެ ރިޕޯޓު ލިބުމާއެކު ވަގުތުން ފިޔަވަޅުތައް އެޅި ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވެއްޖެ

ކުޑަ ކުއްޖާ ރޭޕްކުރުން: މައްސަލަ ލިބުމާއި އެކު ވަގުތުން ފިޔަވަޅުތައް އަޅައިފިން

 

16:01

ޖެންޑާ މިނިސްޓްރީގެ ފެއިލިއާއެއް އޮތިއްޔާ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވެއްޖެ

ފެއިލިއާއެއް އޮތިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ޝިދާތާ

 

16:00

ރޭޕް ކުރުމާއި ކުދަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަޑިފުށީގައިވެސް މުޒާހަރާ ކުރަނީ

ރޭޕާ ދެކޮޅަށް މަޑިފުށީގައިވެސް މިއަދު މުޒާހަރާ ކުރަނީ

 

15:35

ރާއްޖޭގެ ރިސޯޓަކަށް އިންސާނެއްގެ ބޮލުގެ ކަށިގަނޑުގެ ބައެއް ލައްގައިފި

15:26

ރޭޕް ކުރި 2 އަހަރުގެ ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގދ. ތިނަދޫގައިވެސް މުޒާހަރާ ކުރަން ނިންމައިފި. ތިނަދޫގައި މުޒާހަރާ ފަށާނީ މިއަދު ހަވީރު 16:15 ގައި އެރަށު ރަސްމީ ފާލަން ކައިރިން.

15:05

އަނެއްކާވެސް ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ދެކުނުގެ ރަށެއްގައި 5 އަހަރުގެ ކުއްޖަކަށް އާއިލާ މީހަކު ޖިންސީ ގޯނާކޮށްފި

 

14:58

ކުއްޖާ ރޭޕް ކުރި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންނަށް ކުރަނީ ތަފާތު ތުހުމަތުތަކެއް ކަމަށް ފުލުހުން ބުނެފި. ފުލުހުން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކަށް ކުރަނީ އިހުމާލުވި ތުހުމަތު ކަމަށާއި 2 މީހަކަށް ކުރަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށް

ރޭޕިސްޓުންނާ ދެކޮޅަށް ނުކުތީ އެހެން މަގްސަދެއް ހާސިލް ކުރަން: ފުލުހުން

 

14:53

ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލާގައި އެކުއްޖާގެ ބައްޕަ ހުޅުމާލެއިން ހައްޔަރު ކުރުމުން އެސަރަހައްދަށް އެއްވެ ތިބި މީހުންނަށް އަނިޔާވެފައިވަނީ މީހުން ގިނަވެ ފިތި ބާރުވެގެން އެކަކު އަނެކަކު ގައިގައި ޖެހި ވެއްޓިގެން ކަމަށް ފުލުހުން ވިދާޅުވެއްޖެ.

14:49

ސިފައިންގެ ދެ ބޭކަލަކު އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި ކަމަށް ރޮޒޭނާ ދެއްކެވި ވާހަކައާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ އެފަދަ މައުލުމާތެއް އެއްވެސް އިދާރާއަކުން އެމްއެންޑީއެފަށް ހުށައަޅާފައި ނުވާ ކަމަށް. އަދި އެފަދަ މައްސަލައެއް ހުށައަޅައިފި ނަމަ މައްސަލަ ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވި.

14:14

މިނިސްޓަރ ޝިދާތާ: އަޅުގަނޑުގެ ފެއިލިއާއެއް މިކަމުގައި އޮތްކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދޭކަށް ފަހެއް ނުޖެހޭނަން. އަޅުގަނޑަށް އިތުބާރު އެބައޮތް އަޅުގަނޑަށްކަން މިކަންކަން ރަނގަޅު ކުރެވޭނީ.

13:59

ޗީފް ސުޕްރިންޑެންޓެންޓް ދާއޫދު: އިއްޔެ ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި 17 ފުލުހަކަށް އަނިޔާވެފައިވޭ.

13:57

މިނިސްޓަރ ޝިދާތާ: ބަލާ މީހަކަށް ފެންނާނީ މި ސަރުކާރު ފެއިލްވާ ތަނެއް ނޫން. ފެންނާނީ ސިސްޓަމެޓިކްކޮށް ކަންކަން ސަރުކާރުން ރަނގަޅު ކުރަމުންދާ މަންޒަރު.

13:56

މިނިސްޓަރ ޝިދާތާ: މީގެ ކުރިން މިފަދަ މައްސަލަތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނެތް. މިހާރު މިނިވަންކަން ލިބި މިފަދަ ވާހަކަތައް ދެއްކުން ވަނީ އިތުރުވެފައި. އެފަދަ މައްސަލަތައް ފާހަގަކޮށް ވަނީ ފިޔަވަޅު އެޅިފައި.

13:54

ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން: އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ހިސާބުން ސެކްސް އޮފެންޑަރ ވެބްސައިޓް އަޕްޑޭޓް ކުރަން.

13:52

ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފް: 2018 ވަނަ އަހަރު ޖޫން މަހު ހުށަހެޅުނު މައްސަލައިގައި އޭނާ ހައްޔަރު ނުކުރަން ފުލުހުން ނިންމީ މައްސަލައަށާއި އޭނާގެ ހާލަތައް ބެލުމަށްފަހު. 82 އަހަރުގެ މީހަކަށް އެކަނި މީގެ ކުރިން މިބާވަތުގެ ތުހުމަތެއް ކުރެވެނީ. އަޅުގަނޑުމެން ގަބޫލުކުރަން އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލަތައް. އެހެންމަވެސް މުޅި ސިސްޓަމްގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރި. އޭގެ ސަބަބުން ތަޙްޤީޤުތައް ވެސް ބައެއް ފަހަރު ކުރިއަކަށް ނުގެންދެވޭ. 15 ވަނަ ދުވަހު މައުލޫމާތު ލިބިފައި އިއްޔެ ހައްޔަރު ކުރުމުން ބައެއް މީހުން ކަންބޮޑުވޭ. ތަޙްޤީޤެއްގެ މަޤުޞަދަކީ ހައްޔަރު ކުރުމެއް ނޫން. މަޤުޞަދަކީ ޝަރީޢަތައް ސާބިތުވާވަރަށް ހެކި ހޯދުން.

13:48

ޗީފް ސުޕްރިންޑެންޓެންޓް ދާއޫދު: އާއްމުވެފައިވާ ވީޑިއޯ އިން އިވެނީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން.

13:46

ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު: ފުލުހުންގެ ވަކި ޓީމެއް އެރަށަށް ދިޔައީ އިއްޔެ. ހައްޔަރު ކޮށްފައި ވަނީ މީހުންގެ ބަޔާންތައް ނެގުމަށްފަހު.

13:43

ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފް: ދެމީހަކަށް ކުރަނީ ޖިންސީ އަމަލެއް ކުރުމުގެ ތުހުމަތު. ދެން ހުރި މީހާއަށް ކުރަނީ އިހުމާލު ވުމުގެ ތުހުމަތު. މައްސަލައިގެ މައުލޫމާތު އިތުރަށް ލިބުމުން އިތުރު ތުހުމަތުތަކެއް ކުރެވިދާނެ.

13:42

މިނިސްޓަރ ޝިދާތާ: އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރީ ކުއްޖާ ރައްކާތެރި ތަނަކަށް ބަދަލު ކުރުމަށް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކުއްޖާގެ މާހައުލުން ރައްކާތެރި ކަން ދެވޭތޯ. މާލެ ދަތުރުކޮށްފައި ވެސް ބެލޭ ކުއްޖާ އަށް އާއިލާގެ މީހަކަށް ރައްކާތެރިކަން ދެވޭނެ މީހަކާއި ހަވާލު ކުރެވޭތޯ.

13:40

ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފް: މައްސަލަ ހުށަހެޅުނީ 15 ވަނަ ދުވަހު. އެ ދުވަހުގެ މެންދަމު ކުއްޖާ އެސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުނު. 16 ވަނަ ދުވަހު އެމައްސަލައިގެ ކޯޓު އަމުރު ހޯދުމަށް މަސައްކަތް ކުރެވުނު. ހުކުރު ދުވަހު 10:00 ހާއިރު ކޯޓު އަމުރަށް އެދުނީ. 12:10 ހާއިރު ކޯޓު އަމުރުތައް ލިބުމުން ހަވީރު އަމުރުތައް ތަންފީޒު ކުރެވިފައި ވަނީ. އިއްޔެ މި މައްސަލައިގައި ތުހުމަތު ކުރެވޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވޭ މީހަކު ހައްޔަރު ކުރުމަށް ގޮވާލައި ނުރަނގަޅު ކަންތައްތަތަކެއް ހިނގާފައިވޭ. އެކި މީހުންގެ މައްޗަށް ކުރެވެނީ އެކި ތުހުމަތުތައް.

13:37

ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު: މި މައްސަލަ ހުށަހެޅުމާއި އެކު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށުނު. 16 ވަނަ ދުވަހު ތަޙްޤީޤު ޓީމެއް އެރަށަށް ގޮސް ލިބުނު މައުލޫމާތުގެ އަލީގައި 17 ވަނަ ދުވަހު ކޯޓު އަމުރެއް ހޯދައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު. މައްސަލަ ހުށަހެޅުނު ހިސާބުން ވަރަށް ދިގު މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހުނު. ގދ.ގައި ތިބި ފުލުހުން ގއ.އަށް ގޮސް މަސައްކަތް ކުރަން ޖެހުނީ. ނަމަވެސް ވަރަށް ފުރިހަމައަށް މަސައްކަތް ކުރެވިފައި ވަނީ.

13:35

މިނިސްޓަރ ޝިދާތާ: މައްސަލަ އަޅުގަނޑުމެންނަށް ހުށަހެޅިއިރު ކުއްޖާ ހުރީ މައިންބަފައިންގެ ބެލުމުގެ ދަށުގައި. އެވަގުތު މަންމަ ނެތުމުން އާއިލާ މީހަކު ކުއްޖާ ބެލެހެއްޓުމުގެ ކޮންމެވެސް ވަރެއްގެ ކަންކަން ކުރަމުން އައީ.

13:33

މިނިސްޓަރ ޝިދާތާ: މިހާރުވެސް މީޑިއާތަކުގައި ތަފާތު ވާހަކަތަކެއް ދެކެވެމުން އެބަދޭ. މި ބައްދަލުވުމުގެ ބޭނުމަކީ މިމައްސަލައިގެ ސައްހަ މައުލޫމާތު ހާމަކުރުން. 15 ޖަނަވަރީގައި ހުށަހެޅުނު މައްސަލަ އާއި ގުޅިގެން ވަގުތުން ވަގުތައް ފުލުހުންނާއި ޖެންޑާގެ މުވައްޒަފުން އެ މާހައުލަށް ގޮސް މައްސަލަ ހުށަހެޅުނުތާ ދެގަޑިއިރު ތެރޭގައި އެ ކުއްޖާ މާހައުލުން ދުރުކުރެވިފައި ވަނީ.

13:31

ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފް: މިއީ ވަރަށް ސެންސިޓިވް މައްސަލައަކަށް ވާތީ ސަލާމުކަން ދިނުން އެދުން. އެއްވެސް ވިކްޓިމަކު އިތުރަށް ވިކްޓިމައިސް ނުވާނެ ގޮތައް މީޑިއާތަކުން ވާހަކަ ދެއްކެވުން އެދެން.

13:30

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި.

12:41

ރޭޕް ކުރުމަށް ފަހު ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ދެ ކުއްޖަކު މަރާލާފައި ވެއެވެ.

12:19

ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ހައްޔަރު ކުރަން ގޮވާލާ އިއްޔެ ހުޅުމާލޭގައި މުޒާހަރާ ކުރި ސަރަހައްދުގައި އިން އަންހެނަކަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.

11:51

11:31

ދެއަހަރު ނުފުރޭ ތުއްތު ކުޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރާ އެކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލާ އޭނާ ހުރި ފްލެޓު ދޮށަށް އެއްވެ ހަމަނުޖެހުން ހިންގިކަަމަށްބުނެ ފުލުހުން ހައްޔަރު ކުރި 27 މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލައިފިއެވެ.

11:26

11:01

ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދާއިމީ ގޮތެއްގައި ހައްލުކޮށް މުޖުތަމައުގައި ހިމެނޭ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޖުތަމައުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ޒިންމާވެސް ފުރިހަމައަށް އަދާކޮށްގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

10:39

ކާފަ ޖިންސީ ގޯނާކުރި ދެއަހަރު ނުފުރޭ ތުއްތު ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

10:32

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑެތި އެތައް މައްސަލައެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާ މަންޒަރެއް ނުފެނެއެވެ.

ސުވާލަކީ ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ، ހައްލެއް ނުވާނެ ހެއްޔެވެ؟

10:29

އަވައްޓެރި އިންޑިއާއަކީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު، އަދި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ނިސްބަތުން ބަލާއިރު، ރޭޕް އަދި ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލަ މިވަގުތުގައި އެންމެ ގިނައިން ހުށަހެޅޭ ޤައުމުތަކުގެ ތެރޭގައި އިންޑިއާ މުޅި ދުނިޔެއިންވެސް ފާހަނގަކޮށްލެވޭއިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެޤައުމުގައި ޖިންސީ ޝިކާރައަށް ވެގެންދެއެވެ.

މިއީ ވެސް އެއްފަދަ އެންމެ ހާދިސާއެކެވެ.

09:57

މިދިޔަ މަހުގެ 28 ވަނަ ދުވަހު އުތުރުގެ ރަށެއްގެ އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ފިހާރައެއްގެ ތެރޭގައި ޖިންސީގޯނާ ކުރި ފިރިހެނެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ވެސް އޭނާ ހައްޔަރުކޮށްފައި ނުވުމުގެ ސަބަބުން އޭނާ، އިތުރު ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފި.

09:38

އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ބަސްމަގު ބެހެއްޓުނު ގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މިއަދު މަޢާފަށް އެދިވަޑައިގެންފި.

09:30

އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެކުއްޖާގެ ކާފަ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި މުނި ކާފަ 81 އަހަރުގެ ހަސަން މޫސާ ދީދީ މާލެ ގެނެސް ދޫނިދޫ ޖަލުގައި ބަންދު ކޮށްފި.

08:32

އުމުރުން ދެއަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވެނީ އެކުއްޖާގެ ކާފަގެ މައްޗަށް ކަމަށާއި، އެކުއްޖާގެ މުނިކާފަ ހައްޔަރުކޮށްފައި ވަނީ އޭނާ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހަކަށް ވާތީ ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ.

 

02:03

 

01:49

01:35

ކާޑެއްދޫއަށް ކާފައާއި މުނިކާފަ ލުމަށްފަހު ތިނަދުއަށް ދިޔަ ފުލުހުންނާ ދެކޮޅަށް ތިނަދޫގައި ފާޑުކިޔާ ދަނީ އަޑު އުފުލަމުން.

 

ވަގުތު އިމޭޖްސް
ވަގުތު އިމޭޖްސް

01:25

މިއަދު ހަވީރުން ފެށިގެން ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވޭ. ނަމަވެސް މިކަމުގައި ފުލުހުންގެ ބަހެއް އަދި ލިބިފައިއެއް ނުވޭ.

01:22

ކާފައާއި މުނިކާފަ މިހާރު ކުރީ ކާޑެއްދޫ ސިފައިންގެ ބެލުމުގެ ދަށުގައި

01:13

ކާފައާއި މުނިކާފަ ގެންނަ ފްލައިޓް ވެލާނާ އިންޓަރޭޝަނަލް އެއަރޕޯޓްގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ހެނދުނު 06:30ގައި

01:08

 

00:59

ރޭޕްގެ ޝިކާރައަކަށްވި އެންމެ 2 އަހަރުގެ ކުއްޖާއަށް އިންސާފް ހޯދާދިނުމަށް ގޮވާލާ މާދަމާވެސް އިޙްތިޖާޖް ކުރަން ނިންމައިފި. އިޙްތިޖާޖް ކުރިޔަށްދާނީ މާދަމާ ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީވް ކުރިމަތިން.

00:56

 

ކުއްޖާގެ ބައްޕަ ކަމަށްބުނެ ދައުރުވަމުންދާ ފޮޓޯ އެއީ ކުއްޖާގެ ބައްޕައެއް ނޫން.

 

00:28

 

ދެއަހަރު ނުފުރޭ ތުއްތު އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފައާއި މުނިކާފަ ގއ.ގެމަނަފުށިން ބާލައިފި

 

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ޚަބަރާއި އެކު މުޅި ގައުމުގެ ސަމާލުކަން ވަނީ އެ ލާއިންސާނީ އަމަލަށް ހުއްޓިފައެވެ. ކުއްޖާ ރޭޕް ކުރުމުގައި ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ބައިވެރިވި ޚަބަރާއި އެކު ގިނަ ބަޔަކު ގެންދަނީ އެމީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

އަންހެން ކުއްޖާ ރޭޕް ކުރި ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް މިރޭ ދީފައެވެ. ކުއްޖާގެ ބައްޕަ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އަދި އިތުރެއް ނުކުރެއެވެ.

https://www.facebook.com/VaguthuMv/videos/2486447231571352/