އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ އަބްދުލް ސަލާމްގެ ފޮޓޯ ކަމަށްބުނެ މީސްމީޑިޔާގައި ދައުުރު ކުރަމުންދަނީ އެކުއްޖާގެ ބައްޕަގެ ފޮޓޯއެއް ނޫންކަން "ވަގުތު" އަށް އެނގިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދައުރު ކުރަމުން ދާ ފޮޓޯގައި ފެންނަ މީހާއަކީ އެކުއްޖާގެ ބައްޕަ ހައްޔަރު ނުކުރުމުން މިއަދު ހުޅުމާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ފޮޓޯއެއެވެ.

ބައްޕަ އަބްދުލް ސަލާމްގެ ފޮޓޯ ތިރީގައި އެވަނީއެވެ.

ކުއްޖާ ރޭޕް ކުރުމުގައި ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ބައިވެރިވި ޚަބަރާއި އެކު ގިނަ ބަޔަކު ގެންދަނީ އެމީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. އަންހެން ކުއްޖާ ރޭޕް ކުރި ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް މިރޭ ދީފައެވެ. ކުއްޖާގެ ބައްޕަ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އަދި އިތުރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ?އުމަރު

    އެއްވެސް ހެއްކެއް ގަރީނާ އެއް ނެތި ބަޔަކައް ހަމަލާދީ އަނިޔާކުރުމަކީ ރޭޕްކުރުމުގެ އަމަލާއި ދާދި އެއްވަރު ކަމެއް.ގާނޫނީ ވެރިކަމެއް ހިގާ ގައުމެއްގައި ގާނޫނުގެ ބޭރުން މަގު މަތިން ކުއްވެރި ވީކަމައް ނިންމައި ބަޔަކައް އަނިޔާދިނުމަކީ ނާތަހުޒީބު އަމަލެއް.

    54
    37
  2. ޕުއްޕުޚާން

    ރާއްޖެ ތެރޭ ރަށެއްގައި މީގެ 25 އަހަރު ކުރިން ހިގި ކަމަކީ ރަށު ސްކޫލްގެ ޕްރިންސިޕަލް އަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ކައިރި އަށް އެއަންހެން ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާގެ މަންމަ ވަނީ ނިޔާވެފައި އުމުރުން 13 ވަރަކަށް އަހަރުގެ މިކުއްޖާގެ ވާހަކަ ޕްރިންސިޕަލްއަށް އިވުމުން ވަގުތުން ރަށު އޮފީހަށާ ކޯޓަށް މައްސަލަ ހުށައެޅި އެބައްޕަ ބުނިކަމަށްވަނީ މަންމަޔާ ވައްތަރު ކަމުން ވަދެވުނިއްޔޯ މިކަހަލަ ވަހުޝީ މީހުން ރާއްޖޭގައި ބައިވަރު . މީގެ ހެއްވާ ތަންކޮޅަކީ ރަށުގެ ކަތީބުގެ އަންހެންދަރި އޭނަޔާ ދެވިއްޔޯ މައްސަލަ އޮއްބާލާފައި ބޯޓުދަތުރުކުރާ މީހެއްވީމަ އޭގެ ދުވަސްކޮޅެއްފަހުން ... މީ ދިވެހިންގެ ހާލު ކަމަށް ވާއިރު ކީކޭދޯ ބުނާނީ

    12
  3. ދޮން ޙަސަނު

    މީ މަގުމަތިން ކަންނިންމާ ސަރުކާރު ހުރިހާކަމެއްވެސް ނިންމާނީ މަގުމަތިން ތިޔަ ޢަމަލަކީ ވަރަށް ގޯސް ޢަމަލެއް އެއްވެސް ކުއްޖަކަށް އެއްވެސްކަހަލަ އަނިޔާއެއް ދީގެން ނުވާނެ ކުޑަކުދިންގެ ރާމާތަށް އުނިކަން ލިބޭ އެއްވެސް ޢަމަލެއް އެއްވެސް މީހަކު ކުރުމަކީ ވަރަށްބޮޑު ކުށެއް އެފަދަ ޢަމަލުތައް ކުށްވެރިކުރަން އިވެމުންދާ އަޑާ ހާދިސާ ހިނގި ގޮތާ މިހާރުވެސް އަންނަނީ ތަފާތުވަމުން އަޑު މާ ގަދަކޮށްލައގެން މި އުޅެނީ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދައްކާތީ ރައްޔިތުންގެ ވިސްނުން އެހެން ދިމާޔަަށް އަނބުރާލުމަށްކަމަށް ފެންނަނީ ކައުންސިލަރުންގެ މުސާރައިގެ މައްސަލައިގައި ސިވިލް މުވައްޒަފުން ރުޅިގަދަވެފައިވަނިކޮށް އަދި މިނޫނަސް ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދައްކާތީ ކައުސިލް އިންތިޙާބުގައި ބޭނުނާވ ވަރަށް ވޯޓު ނުލިބިދާނެތީ އެންމެންގެ ވިސްނުމާކުޅެލަނީކަމަށްފެންނަނީ