އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު އޭނާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ވެގެން ރޭޕް ކުރި މައުޟޫއަށް އިޝާރާތް ކުރައްވަވާ މިކަމުން ދޭހަވެގެންދަނީ މުޅި އިންސާނީ ނަސްލު ފެއިލް ވެފައިވާ ކަން ކަމުގައި ޒިންބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީމެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވީ، މިރޭ ބޭއްވި "ޔޫތް ޑިސްކަޝަން ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މެންކް ވިދާޅުވީ، ބައްޕައަކު އޭނާގެ އަމިއްލަ ދަރިފުޅު ރޭޕް ކުރުމަކީ މުޅި އިންސާނީ ނަސްލު ފެއިލްވުން ކަމަށާއި މިކަމުގައި ވަކި ޤައުމަކަށް، ޤަބީލާއަކަށް، ނަސްލަކަށް ނުވަތަ ޕާޓީއަކަށް އިނގިލި ދިއްކުރަން ނުޖެހޭ ކަމަށެވެ. އަދި ދަރިފުޅު ހިމާޔަތް ކުރުމުގެ ޒިންމާ އަދާ ކުރަންޖެހޭ ބައްޕައަކު މިފަދަ ކަމެއް ކުރުމަކީ ބޮޑު ލަދުވެތި ކަމެއްގެ ގޮތުގައި މުފްތީވަނީ ސިފަކުރައްވާފައެވެ.

އަދި ދަރިންދެކެ ލޯބި ނުވާ އަދި އެކުދިންނަށް އިޙްތިރާމް ނުކުރާ މައިންބަފައިން ތިބޭކަންވެސް މުފްތީ ފާހަގަކުރެއްވިއެވެ.

މުފްތީ މެންކް މިހެންވިދާޅުވެފައިވާއިރު، އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ޚަބަރާއި އެކު މުޅި ގައުމުގެ ސަމާލުކަން ވަނީ އެ ލާއިންސާނީ އަމަލަށް ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސީސީ

    އެންމެންވެސް ތަޤްވާގެ މަތިވެތި ފޭރާން ލާންވީ. އޭރުން މައްސަލަތަކެއް ނުނިކުންނާނެ. އިންޝާ ﷲ.

    83
    8
    • ބޯސް

      މައްސަލައަކަށް މިވަނީ ފޭރާންދޯ އަދިވެސް އެހެޔޮ ކުޑަކުއްޖަކަސް. ފުރަތަމަ ތިވެރިން ތަގްވާވެރިވެބަލަ އަންހެނެއްގެ ހިޔަނި ފެންނައިރަށް ވަހުޝީނުވެ.

      19
      18
      • ށހދހދގ

        އެއޮތީ ތަގުވާގެ މަތިވެރި ފޭރާމޭ، ނޮޓް ޕިޒިކަލީ މި އަޅާ ފޭރާން.
        ބޯ ބުރާންޗާ

        7
        1
  2. Anonymous

    އަދުލު އިންސާފު ޤާއިމް ކުރެވޭނީ އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހުރިހާ ހައްދެން ޤާއިމް ކޮއްގެން. އެއީ ދައުލަތުގެ ޒިންމާއެއް ފެއިލް ވީ ދައުލަތް ކުއްކުރާ ފަރަތެއްނުން

    59
    7
    • Anonymous

      މިޒަމާނުގަައި ދީނީ ފޭރާން ލައިގެން ތިބި ގިނަ މީހުންނަކީ ތިމާގެ ހުރި ޔަހޫދީކަން ފޮރުވަން އުޅޭ މީހުން.

      17
      10
  3. ރިޔާޒު

    ސަރުކާރުން ދަރިފުޅާ ހަވާލުނުވެ ދެ އަހަރުގެ ދަރިގެ މަންމަ ރީހެބަހ ގެނދިޔުން މީ މައްސަލައެއް
    މިހާ ކުޑަ ކުއްޖެގެ މަންމަ ގެންދަންޏާ ސަރުކާރުން ދަރިއައް ޒިންމާ ވާންޖެހޭނެ.

    65
    8
  4. ނަވްބެ

    ސަރުކާރު ރުއްސަން ވާހަކަ ދައްކާ ފަރާތްތަކަށް ﷲ ތެދުމަގު ދައްކަވާށި. ފެއިލް ވެފައި ވަނީ 7 އުޑު މަތިން ﷲ ބާއްވާލެއްވި ޤާނޫނާ އެއްގޮތަށް ހުކުމް ނުކުރާ ސަރުކާރުތައް. ބައްލަވާ އިންސާނުންނަކީ ކުއްކުރެވޭގޮތައް ﷲ އުފައްދަވާފައިވާ މަޚުލޫގެއް. ޝައިތާނާ ދެމިހުރިހާ ހިނދަކު އިންސާނުންގެ ތެރެއިން ބޮޑުބައެއް ކުއްކުރާނެ. އެކުށާ ގުޅޭ ޢުގޫބާތް ދިނުމަކީ ދައުލަތުގެ ޒިންމާއެއް. ﷲ ގެ ޝރީޢަތަކީ ހަރުކަށިކަން ކަމަށް ބުނާ ކޮންމެ ބަޔަކީ އަސްލު ފެއިލްވެފައިވާ މީހުންނަކީ...މެންކުއަށް އެކަން ނޭނގުނީމަ އަޅުގަޑު ހައިރާންވަން....

    22
    4
  5. Anonymous

    ސަރުކާރުވެސް ފެއިލް

    19
    3
  6. އަން

    މުފްތީ ބުންޏަސް ދޮގެއް ވާނީ ދޮގަކަށް. ފެއިލްވެފައި ވަނީ އެނުބައި އަމަލު ހިންގި މުޖްތަމައު. އެފަދަ ނުބައި އަމަލުތަކަށް ނަފްރަތުކޮށް އެކަންކަމުން ބަރިއްޔަވެގެން ތިބި ފަރާތްތައް ފެއިލް ނުވޭ. މުފްތީމެންކް ދޮގުހެދުމުގެ ސަބަބުން އޭނަ ފެއިލްވެއްޖެ.

    7
    27
  7. ޕުއްޕުޚާން

    އަސްލު ހަގީގަތަކީ ﷲ އަށް ބިރުވެތި ނުވާ ކަން އެއްވެސް އަޚްލާގެއްނެއްކަން ކާފަ މުނި ކާފަ އަދި ބައްޕަ ތުއްތު ތުއްތު ކުޑަ ކުއްޖަކު ރޭޕް ކޮށް އެފަދަ އަނިޔާ އެއް ދިނުމަކީ ޖާހިލުކަމާ ވަހުޝީ ކަމުގެ އިންތިހާ . މީ އިންސާނުން ތަކެއް ހަގީގަތުގައިވެސް ފެއިލްވެފާ ވާ ކަމުގެ ހެކި .ސިޔާސީ ނުވެ މިނިވަން ސިކުނޑި އަކުން ފަރުދީ ޒިންމާ އާ ދޭތެރޭ ވިސްނާލަބަލަ ހޮދު ތިމާ ޔަށް ތިމާގެ ޒިންމާ އާއިމަސްއޫލިއްޔަތު އަދާ ވެއްޖެތޯ ވިސްނާކަށް ނުވޭތޯ .މިފަދަ އެތައް ދިވެހިން ނެއް މިނިވަން ކަމާ އެކު އަދިވެސް ދިރި އުޅޭނެ މީ ގައުމު ގެ ހާލަތު މިކަން ކަމަކީ ސަރުކާރަށް ނުވަތަ ޝިދާތާ އަށް ހައްލު ކުރެވޭނެ ކަންކަމެއްނޫން މުނިކާފަ ހަމަޔަގީނުންވެސް އިބޫ ސޯލިހަށްވުރެ ދޮށިވާނެ ކާފަ ޝިދާތާ އަށްވުރެ ދޮށިވާނެ . އެމީހުންނަށް އެއަހްލާގް ލިބުނީ އިބޫސަރުކާރުގެ ފަރާތަކުން ނޫން . އެއީ އެމީހުންގެ ކާބަފައިން އެމީހުން ތަރުބިއްޔަތުކޮށް ބޮޑެތި ކުރިގޮތް އަޅުގަނޑު ސަރުކާރަކަށް ތާއީދެއް ނުކުރަން އެކަމަކު ތިމާމެންނަށް މިތިބެވޭ ހިސާބު އަންދާޒާ ކޮށްލާ ﷲއަށް ބިރުވެތިވުމަށް ދިވެހިންނަށް ދަންނަވަން .އަމިއްލަ އާއިލާ ނަރަކައިން މިންޖުކުރެވޭތޯ ބެލުމަކީ ހޮދު ތިމާގެ ފަރުދީ ޒިންމާ ތުންދިގު ފުޅިއާ ހުދު ކުނޑިއަާ ހިކިފަތް ބުއިމުގެ ކުރިން އެތަކެއްޗަށް ދަރިންގެ ހިތުގައި ނަފްރަތު އުފައްދާ އެތަކެތިން ދުރުކުރަންޖެހޭ ﷲގެ އަޒާބުގެ ވާހަކަ ކިޔާދީ ނަރަކައިގެ ވާހަކައިން ބިރުވެރިކަމުގެ ޚަބަރު ދޭންޖެހޭ ހިލޭ އަންހެން ކުދިން ގޮވައިގެން ސިޓިން ރޫމްގައި ތިބޭ އިރު ގަޔަށް ބޮލަށް ނާރާ ތިބުމަށް ފިރިހެން ދަރިފުޅަށް ބުނެދެންޖިހޭ . އެއެއްޗަކުން ނިކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް މީ ވަރަށް ވާހަކަ ތަހުޒީބުގެ ނަމުގައި ދަރިން ގޯޅި އަޅުވާފައި ހުރިހާ ނުބައި އާދަތަކަށް އަހުލުވެރި ކުރުވާފައި ދޫކޮށްލީމަ ބޮޑުމަންޒަރު ފެންނާނީ ތިމާ އުންމީދު ކުރާ ގޮތަކަށް ނޫން.ހަރާމް ކަމަކީ ކޮންމެ މީހަކު ކުރިއަސް ހަރާމް ކަމެއް

    9
    2
  8. މާޔޫސް

    ހުރިހާ ނުބައެއްގެ އަސްލު ގުޅިފައި މިވަނީ މަސްތުވުމާ. މަސްތުވާތަކެތި ބޮއި ހެދުމަކީ ފެޝަނަކަށް ވެއްޖެ. މަސްތުވުމަކީ ކުށަކަށް ނުވެ ބައްޔަކަށް ވެއްޖެ. މަސްތުވާ މީހުންނަށް ހޭހަންކުރުން ދުވަހެއް ދުވަހަކަށް އިތުރުވަނީ. އޭގެ ނަތީ މުޅި ގައުމުން މިފެންނަނީ.

    15
    4
  9. ކިންގް

    100 ޕަސަންޓް މުސްލިމު ގައުމެކޭ ކިޔައިގެން މެންކު ގެނައިރު މެންކަށް މިފެނުނީ ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ނަސްލެއްގެ އެއްވެސް ދީނެއްގެ ބަޔަކު ނުކުރާ ޒާތުގެ މުޑުދާރު ދަށުދަރައިގެ އަމަލެއް، އެއީ ބައްޕަ އަދި ކާފަ އަދި މުނިކާފަ 2 އަހަރުގެ ކުއްޖެއް ރޭޕްކޮށްލުން.

    22
    1
    • ރޯންގް

      މިއީ އިންޑިޔާގައިޔާއި މެދުއިރުމަތީ ހަނގުރާމައިގެ ގައުމުތަކުގަިޔާއި (ހިންދޫއިންނާއި "މުސްލިމުން" ހިމެނޭގޮތަށް) ޗައިނާގަޔާއި އެމެރިކާއި ކްރިސްޓިއަން އާބާދީ ގިނަ ގައުމުތަކުގައި ވަރަށް އާންމުކަމެއް. ކްރިސްޓިޔަނުންގެ ފާދިރީން އެމީހުން ކުޑަކުދިންނަށް ގޯނާކުރާކަން ފަޅާއެރިޔަސް ރޭޕްގެ ވާހަކަ ސިއްރުކޮށް އެކުދިންނަށް އިންސާފެއް ނުލިބޭ. މިއީ ރާއްޖޭގައި އެކަނި ހިނގާ ކަމެއް ނޫން.

      9
      4
  10. Anonymous

    ކަލޭ ބުނީމެއްނު މިދިޔަ އަހަރު އިންދި އޮށުގެ މޭވާ މިއަހަރު ފެންނާނޭ. މިފެންނަނީ. މިކަހަލަ ތަންދޮރު ނުދަންނަ ރޯނު އެނދުރުން ތަންތާނގޭ ވެރިންނައް އިސްކުރީމަ މިފެންނަނީ ވާގޮތް. އިސްލާމީ ޝަރިއްޔާ ދޫކޮއް އަމިއްލަ އަތުން ހަދާ ކަނު ވަޞުޢީ ހަމަ ނުޖެހޭ އުނި ބުއްދި ހުރި މީހުން ހަދާ ގާނޫނު ތަކުގެ ސަބަބުން މިގައުމު ފަސާދަ ވެގެން މިދަނީ. އެ ތުއްތު މައުސޫމު ބޭބީ ގެ ކޮން ކުށެއް އޮތީ. މިކަހަލަ ޖަނަވާރުން ޖެހޭނީ ގަތލު ކުރަން. އިސްލާމީ ޝަރިއްޔާ ގާއިމްކޮއް ކޯޓުތައް މިނިވަން ކުރުމައްޓަކައި ރައްޔިތުން މަގުތައް މައްޗައް ނުކުމެ ކޯޓުތައް އިސްލާހް ކުރަން ޖެހޭ. މިލާދީނީ ހަރުކަށި ހައްދު ފަހަނަ އެޅި ސަރުކާރުން މިވަނީ ކޯޓުތައް އިސްލާހްގެ ނަމުގައި ލާދީނިއްޔަތު ނުވަތަ އަލްމާނީ ފިކުރު ވައްދައި ކޯޓުތައް އަޅުވެތި ކޮއްފައި. ދިވެހި އެންމެހާ ރައްޔިތުންނޭ މިކަންކަމައް ފާރަވެރިވާން ޖެހޭ. މިބައިމީހުންގެ އަތްމައްޗައް މިގައުމު ހަލާކުކުރަން ދޫކޮއް ނުލައްވާ.

    4
    7
  11. ާއަފްލާ

    ސަރުކާތު ރުހޭހާ ގޮތަކައް ވާހަކަދައްކަން މުފްތީއައް ހުއްދަތޯ؟ ބަލަ މިގައުމުގަ އިސްލާމީ ޙުކޫމަތު ގާއިމް ނުކުރެވުމުގެ ސަބަބުން ނުކުންނަ މައްސަލަތައް ވ ގިނަ މީކީ ޒިންބާބްވޭ އެއްނޫން މީ ދިވެހި ރާއްޖެ ތިގޮތައް ފަތުވާފޭމީހުން ވަންނަހުށީ ނަރަކައައް

    7
    10
  12. ހަބީބު.

    އިސްލާމްދީނުގަ އޮންނަ އުސޫލުން އަމަލު ނުކުރާނަމަ މިކަހަލަ ކަންކަމާ ކުރިމަތިވާނެ

  13. ޓީޖޭ

    އިންސާނުން ގެތެރޭގަ ނުބައި ނުލަފާ މީހުން އުލޭނެ ... ގައުމެއްގަ ގާނޫނު ތަންފީޒް ނުކުރެވިއް ޖެށްޔާމު ވާނީމިހެން. މިއަށް ކިޔާނީ ގައުމުފޭލުވުން .. މިކަހަލަ މީހުން ގެނެސްގެން މިމީހުން ވެސް ސިޔާސީ ކުރަނީ .....ބޯހަލާކު