އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެކުއްޖާގެ ކާފަ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި މުނި ކާފަ 81 އަހަރުގެ ހަސަން މޫސާ ދީދީ މާލެ ގެނެސް ދޫނިދޫ ޖަލުގައި ބަންދު ކޮށްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އެ ދެ މީހުން މާލެ ގެނައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު 3:15 ހާއިރެވެ. މި ދެމީހުން ބަންދުކޮށްގެން ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެރަށު ރައްޔިތުންވަނީ މި ދެމީހުންނާ ދެކޮޅަށް މުޒާހަރާކޮށް އެ ދެމީހުން އެރަށުން ބޭލުމަށް ގޮވާލާފައެވެ. ގެމަނަފުށީ ރައްޔިތުން މުޒާހަރާ ކުރުމުން މި ދެމީހުން ދެން ގެންގޮސްފައިވަނީ ގދ. ހޯޑެއްދޫގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ.

މި މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނެފައި ވަނީ އިބްރާހިމް ދީދީ އާއި ހަސަން މޫސާ ދީދީއަކީ މީގެ ކުރިން ވެސް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާމިނަތު

    އެހެންވީއިރު ކީއްވެ މިސްކިތު އިމާމަކަށް ތިޔަ ބުނާ އިބްރާހީމް ދީދީ ބަހައްޓައިގެން އުޅުނީ... މި ކޮމެންޓް ޖަހާ ދިނުން އެދެން...

    18
    • ކޮސް

      މިސްކިތުން ނުފައިބައި ހުއްޓަސް އެއަކީ މާތްވާކަމެއް ނޫންކަމެއް ނޭނގޭތަ؟

  2. ކުޑަބެ

    އެކަކީ ދޮށީ އުމުރުގެ އިއްޒަތްތެރި އަކަށް ވުމާއި ދެންހުރި މީހަކީ ސކުޑި ހަމަނުޖެހޭ މީހަކަށް ވުމުން މާދަމާ އަނެއްކާވެސް ދޫކޮށްލާނެ ކޮބާ އެއްބަޑު އެއްބަފާ 5 ކުދިންނާ މަންމަ އާއި ބެހުނު މީހާ ހަމަޖެހިލާފަ އެއޮށް އުޅެނީ