މިދިޔަ މަހުގެ 28 ވަނަ ދުވަހު އުތުރުގެ ރަށެއްގެ އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ފިހާރައެއްގެ ތެރޭގައި ޖިންސީގޯނާ ކުރި ފިރިހެނެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ވެސް އޭނާ ހައްޔަރުކޮށްފައި ނުވުމުގެ ސަބަބުން އޭނާ، އިތުރު ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފިއެވެ،
ނަން ހާމަ ނުކުރުމަށް އެދި "ވަގުތު" އަށް މައުލޫމާތުދިން މީހަކު ބުނި ގޮތުގައި، މިހާރު ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެފިރިހެން މީހާ ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އޭނާ މިހާރު ވަނީ ފިލައިގެން އެރަށުން ގޮސްފައި ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ އެފިހާރައިގައި މަސައްކަތް ކުރަމުން އައި އިތުރު ހަތަރު ކުއްޖަކަށްވެސް ޖިންސީގޯނާ ކޮށްފައިވާކަމަށާއި، އެހެން ނަމަވެސް މިހާރު އޭނާ ވަނީ ވީނުވީއެއް ނޭނގި ފިލައިގެން ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އެއްވެސް އަންހެން ކުއްޖަކު އެފިހާރައަށް ވަޒީފާ އަދާކުރުމަށް ނުދާކަމަށް ވެއެވެ.
ފުލުހުންގެ ބަހެއް އަދި މިކަމަށް ލިބިފައެއް ނުވެއެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފިހާރައެއްގެ ތެރޭގައި ޖިންސީ ގޯނާ ކުރަން އުޅެފައި ވާކަމަށާއި، އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް މީގެ ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ފުލުހުން، އެކަން ހިނގުމާއި އެކު އެރަށަށް ގޮސް މައްސަލަ ތަހުގީގު ކުރުމަށްފަހު އެފިރިހެން މީހާ ހުންނަނީ ދޫކޮށްލާފައެވެ. އޭނާ ހައްޔަރުކޮށްފައި ނުވާތީ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖިންސީ ގޯނާ ކުރާ މީހުން މުޖުތަމަޢަށް ދޫކޮށްލާފައި ތިބޭ މައްސަލަގައި އަނިޔާ ލިބޭ ކުދިންގެ އާއިލާތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ދޫކޮށްލާފައި ހުރި ޚަބަރަކާއި ސިފައިންގެ ދެ މީހަކު އަންހެން ކުއްޖަކު ރޭޕް ކުރިތާ ހަމަސް ދުވަސް ވެގެން ދިޔައިރުވެސް އެމީހުން ދޫކޮށްލާފައި ތިބި ޚަބަރެއް ރޭ ވަނީ ފެންމަތިވެފައެވެ.
މޯލެސްޑިވްސް
އަންނި އެބުނާ އެހެން ގޮތެއް ދިވެހިންނަށް ހޯދާނުދެނީސް މިޤައުމުގަ މިފަދަ ކަންކަން ހިނގުމިގެ ފުރުސަތުބޮޑު
އަންނި އެބުނާ އެހެން ގޮތަކީ މީ. އެއީ އިސްލާމްދީނާ ޚިލާފުކަންތައް. އެކަންތަކަށް މިސަރުކާރުން ކިޔާނީ މަރުހަބާ. ސޯލިހު ރައީސްކަމަށްއަރާ އެންމެ ފުރަތަމަ ކުރިކަމަކީ ކުޑަކުއްޖަކާ ބެހިގެން ޖަލަށްލާފާހުރި ހޯރަ އިއްބެ ދޫކޮށްލީ. ރާޅަކަށް މިކަންކަމެއް ނުފެންނާނެ. އެއީ ރާޅުފޮނުގައިވެސް ހުދު ކުލައިގެ ބަދަލުގައި މިހާރު ފެންނާނީ ރީނދޫކުލަ.
މީހާ އެނގޭނީ ސޯސަލް މީޑިޔާގަ ފޮޓޯ އާއްމު ކުރުމުން ނެވެ.
ތިޔަމީހާގެ ވަނަވަރު ސޯސަލްމީޑިޔާއައް ދޫކޮށްލަދީބަލަ
Sarukaarah vaakameh haraam.