އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ބަސްމަގު ބެހެއްޓުނު ގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މިއަދު މަޢާފަށް އެދިވަޑައިގެންފިއެވެ.

މަހްލޫފް އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ތުއްތު ކުއްޖާގެ މުނިކާފަގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު އެއީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް ކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ޓްވީޓެއްގައި ވަނީ އެމައްސަލައިގައި ހިމެނޭ އަންހެން ކުއްޖާގެ ކާފަ ހަވަރަށް ދޭންވީ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ވާހަކަތަކާއި ގުޅިގެން ޚިޔާލުފާޅުކުރި މީހުން ވަނީ ޤާނޫނުތަކާއި ޤަވައިދުތަކުގެ ބޭރުން ބަޔަކަށް އަދަބު ދިނުމަށް ދައުލަތުގެ މިނިސްޓަރަކު ގޮވާލެއްވުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް ކަމަށެވެ. ކުށް ކުރި މީހުންނަށް ވެސް އަދަބު ދޭން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް މަހްލޫފް އަށް ފާޑުކީ މީހުން ބުނެފައިވެއެވެ.

ފާޑުކިޔުންތައް އަމާޒުވުމުން މަހްލޫފް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ކުރި ޓްވީޓްތަކުގައި ބަސްމަގު ބެހެއްޓިފައިވާ ގޮތުން މަޢާފަށް އެދޭކަމަށެވެ. "އުމުރުން ހައަހަރުގެ އަންހެން ކުއްޖެއްގެ ބައްޕަ އަކަށްވާތީ އަޅުގަނޑަށް ރުޅި ކޮންޓްރޯލް ނުކުރެވުނީ. މިނިސްޓަރަކަށް ވުމުގެ ކުރިން އަހަރެންނަކީ އިންސާނެއް." މަހްލޫފް ވިދާޅުވިއެވެ.

އަންހެން ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވެސް ވަނީ އެކުއްޖާ ރޭޕް ކޮށްފައި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ މެންދަމު ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވެނީ ކުއްޖާގެ ކާފަ ކަމަށެވެ. ނަމަވެސް ކުއްޖާގެ މުނިކާފަ އަކީ ވެސް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ޖ

  މިސަރުކާރުގަ އިނެތޭ ހަމަ އިގަ ހުރި އެކަކުވެސް

  65
  13
 2. Anonymous

  ކަލޭ ބުނީމެއްނު މިދިޔަ އަހަރު އިންދި އޮށުގެ މޭވާ މިއަހަރު ފެންނާނޭ. މިފެންނަނީ. މިކަހަލަ ތަންދޮރު ނުދަންނަ ރޯނު އެނދުރުން ތަންތާނގޭ ވެރިންނައް އިސްކުރީމަ މިފެންނަނީ ވާގޮތް. އިސްލާމީ ޝަރިއްޔާ ދޫކޮއް އަމިއްލަ އަތުން ހަދާ ކަނު ވަޞުޢީ ހަމަ ނުޖެހޭ އުނި ބުއްދި ހުރި މީހުން ހަދާ ގާނޫނު ތަކުގެ ސަބަބުން މިގައުމު ފަސާދަ ވެގެން މިދަނީ. އެ ތުއްތު މައުސޫމު ބޭބީ ގެ ކޮން ކުށެއް އޮތީ. މިކަހަލަ ޖަނަވާރުން ޖެހޭނީ ގަތލު ކުރަން. އިސްލާމީ ޝަރިއްޔާ ގާއިމްކޮއް ކޯޓުތައް މިނިވަން ކުރުމައްޓަކައި ރައްޔިތުން މަގުތައް މައްޗައް ނުކުމެ ކޯޓުތައް އިސްލާހް ކުރަން ޖެހޭ. މިލާދީނީ ހަރުކަށި ހައްދު ފަހަނަ އެޅި ސަރުކާރުން މިވަނީ ކޯޓުތައް އިސްލާހްގެ ނަމުގައި ލާދީނިއްޔަތު ނުވަތަ އަލްމާނީ ފިކުރު ވައްދައި ކޯޓުތައް އަޅުވެތި ކޮއްފައި. ދިވެހި އެންމެހާ ރައްޔިތުންނޭ މިކަންކަމައް ފާރަވެރިވާން ޖެހޭ. މިބައިމީހުންގެ އަތްމައްޗައް މިގައުމު ހަލާކުކުރަން ދޫކޮއް ނުލައްވާ.

  84
  7
 3. ނާސްތާ

  3މީހުންވެސް ދޫވުމާދިމާލަށް ބަސްް މަގުބަދަލުވާންފަށައިފި.

  63
 4. ކަހޭ

  ކަލޯ ރުޅިއެއްނޫން އެކަށްޗެއްވެސްވެސް ދެން ކަލެއަށް ކޮންޓުރޯލްނުކުރެވޭނެ ކަލެއަށް ތިހިރީ ވަރަށް ބޮޑަށް ރީދޫހުންޖެހިފައި ދެން ކަލޭ މުޅި އުމުރުވެސް ހޭދަވާނީ ވާނުވާނޭންގޭ ހާލުގައި ޔޫ އެސް ޑޮލަރ ގައި ޔާމީނުގެ ފުޓޯޖެހި ހިސާބުން ކަލޭގެ ސިކުނޑި ހަލާކުވެއްޖެ ކެނެރީ ނަސީދު އާ އީވާ ކަލޭ މަގުފުރައްދައިފި ހިތިނިމުމެއް ކަލެއަށް މިންވަރު ކުރަށްވާށި އާމީން

  48
  12
  • ރޮނޑާ

   އާމީން

   27
   3
   • ރަސީދު

    ޢާމީން

    21
 5. ކަޅުމަރިޔަނބު

  ތަނެއް ދޮރެއް ނޭނގުނަސް އަދިވެސް ކަމެއް އޮތިއްޔާ އަނގަ ގަޅާތި.

  49
  8
 6. ކަރަންޓޭ

  އިންޑިޔާގެ ގެރި މޯދީގެ ސަގާފަތް ރާއްޖެއަށް ވާރުތަވަނީ މިވެރިކަމަކީ ލާދީނިއްޔަތު ފެތުމަށް އައި ބައެއް އިސްލާމީ އުސޫލްތަކާ ބީރަށްޓެހި ބައެއް އެމީހުން އެބުނާ ނިޒާމަކީ އިސްލާމު ދީން ފިޔަވާ އެހެން ދީން ތަކުގެ މަށްޗަށް އެކުލެވޭ ނިޒާމެއް ދިވެހިންނަށް އެހެން ގޮތެއްހޯދައިދޭން ނަސީދު އެބުނަނީ އެގޮތަކީ އެހެން ދީތަކަށް މިގަމުން ފުރުސަތު ހޯދައި ދިނުން ވަރަށް ސަލާމް ރީދޫ ގުރޫޕު.....

  44
  5
 7. ގުއިދައިތަ

  މިނިސްޓަރަކަށް ވުމުގެ ކުރިން ތީ އިންސާނެކޭ؟؟ މިހާރު ކޯއްޗެއް؟؟ ޖަނަވާރެއްތަ؟ ނޫނީ މިނިސްޓަރުންނަކީ އިންސާނުންނަށް ވުރެ މާތް ބަޔަކީތަ؟ ބޯގޯސް ރީލޯޑޭ.

  39
  3
 8. ؟؟؟؟؟

  " މިނިސްޓަރަކަށް ވުމުގެ ކުރިން އަހަރެންނަކީ އިންސާނެ އް" ދެން މިނިސްޓއަރަކަށް ވުމަ އްފަހު ކޮން އެއ އްޗެ އްބާ؟؟؟

  36
  1
 9. ދދސސސސސސސސ

  وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَـٰئِكَ هُمُ الْغَافِلُونَ ﴿١٧٩﴾ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ.

  ހަމައެކަނި 2 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރީމަ ނުން ޖަނަވާރުންގެ ދަރަޖަ ދޭންޖެހޭނީ
  ރާބޯމީހުންނާއި، ފިތުނަ އުފައްދާ މީހުންނައި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ﷲ ކަނޑައަޅުއްވާފައިވާ ހައްދު ފަހަނައަޅާ ދާ ކޮންމެ މީހަކީ މިދަރަޖައިގައި ވާ މީހެއް.

  މީހެއްގެ މައްޗަ ތުހުމަތު ކުރެވުނީމަ އޮންނަނީ ތަހުގީގު ކުރުން،. ތަހުގީގަށްފަހު ޝަރީޢަށް ހިންގާ ކުށް ސާބިތުވީމާ އެމީހަކީ ކުށްވެރިއެއްކަމަށް ކަނޑައެޅެނީ،
  ތުހުމަތު ކުރެވުނު ކުށާއި ގުޅިގެން ރިޕޯޓް ކުރިކުރުން އެއީ ޞައްހަ ވާހަކައެއްތޯ ވެސް ބަލަންޖެހޭ. މިހާރު މުޖުތަމަޢުގައި ބައެއްފަހަރު ކަން ހިގާ ގޮތަށް ބަލާއިރު ތިމާ ނުރުހޭ މީހެއްގެ އަގުވައްޓާލުމަށް ނުވަތަ ދުވަސް ދުއްވާލުމަށް މީޑިއާގެ ވަޞީލަތް ބޭނުންކުރޭ.
  ތުހުމަތު ކުރެވޭ މީހާ ޖަނަވާރަކަށް ހަދާ ހަވަރަށް ދީ ޖިންސީ ގުނަން ބުރިކުރުމަށް ގޮވާލުމަކީ ލާއިންސާނީ ކަންކަން.
  އެހެންވީމާ ހަމަ ތުހުމަތެއް ކުރެވޭއިރަށް އިމުން ބޭރުވާކަަށް ނުޖެހޭ. މިފަދަ ކުށްތަކަށް އަރައިގަންނަނީ ހަމައެކަނި ކުށްކުރާ މީހާގެ ގޯސްކަމަކުން ނޫން. އެއީ ވަރަށް ގިނަ ބައެއްގެ އިހުމާލު އޭގައި ހިމޭނޭ

  ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްް އެކަން ޤަބޫލު ކުރެވޭ.
  އެފަދަ ބަޔަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބުވެސް ދޭންޖެހޭ.
  އެކަމަކު އަހަރުމެން އިމުން ބޭރުނުވަމާ
  30 އަހަރު ގައުމުގެ ވެރިއަކަށް ހުރި ދީން ދަންނަ މީހަކު މީޑިއާއިން ކުރި ރިޕޯޓަކަށް އިންސާނަކު ޖަނަވާރުންގެ ދަރަޖައަށް ވައްޓާލުމަކީ ހިތާމަކުރާ ކަމެއް. (ހިތާމައަކީ މިތަހުގީގުކޮށް އެމީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުރިހާ މަރުހަލާއެއްގައި ކަނޑައަޅައިފިނަމަ ޖަނަވާރުންގެ ދަރަޖަ ދިން މީހުން ކީކޭ ބުނާނީ. އަބުރުގެ ދައުވާ ނުކުރެވޭނެ ބާވައޭ ހިތައް އަރަނީ)

  23
  2
  • ޢަލީ

   މިހާރު އަބުރުގެ ދައުވާއެއްނުކުރެވޭނެ، ޤާނޫނުއޮތީ އުވަލާފަ މިމީހުން އައިސް އެންމެފުރަތަކުރި ކަމަކީ އެއީއެއްނު، އެކަމުގެ ނާޖާއިޒު މަންފާ އެހެރަދނީ، ނަގަމުންނެއްނު. ވައްކަން ސާބިތުނުވާ މީހެއްގެ އަބުރުކަތިލަމުންދާއިރު އެޅޭނެ ފިޔަވަޅެއްނެތް،

 10. ރީލޯޑޭ

  ކަލޭ މަރުމޯލެކޭ ކިޔަނީ ދައްކަންވާ ވާހަކައާ ނުދައްކަންވާ ވާހަކަ ނޭނގި ޖަޒުބާތު ވާތީ. ކޮންމެ އެއްޗެއް ކިޔާފަ މައާފޭ އެބަކިޔައެއްނު.

  26
  1
 11. އަލްޖިބްރާ

  ކަލޭ ދިވެހި ރައްޔިތުންނަށް ރުޅި ބާލާކަށް ނުޖެހޭ. އަޑުބަރޭއާ ކަލެއާ އޮތް ކަމެއް އަހަރުންނަކާ ކީކީތަ؟

  28
  1
 12. ރައްޔިތުމީހުން

  ޝަހިންދާ ރުޅިއައިމަ ސައިޒްވީދޯ.. ޝަހިންދާ އެބުނާ ގާނޫނު ތަކަށް ފިލަންތާ އޭނާ ވެސް ގޮސް އެހެރީ..

  ސްލާމީ ޝަރިއްޔާގަ އޮންނަ ގޮތަށް ހުކުމް އިއްވާނަމަ ޖެހިުންވާނެ މިކަހަލަ ކަންތައް ކުރަން..

  22
  2
 13. ބެއްޔާ

  ކުރެވެނީ ތުހުމަތެއް. ސާބިތުވުމުގެ ކުރިން އެއީ މައުސޫމް މީހެއްކަމަށް ޤާނޫނުބުނަނީ. މަރުމޯލު ވަޒީރުން މިސަރުކާރުގަތިބެނީ. ލޭމައްޗަށް ގޮސްފަތިބެނީ. އާދައިގެ ރައްޔިތުންނަށްވުރެ ވަޒީރުން ތަންކޮޅެއް ޒިންމާދަރުވާންޖެހޭނެ. މީހުންނަށް ޖަނަވާރަކަށް ނުގޮވޭނެ. ކުށްވެރިންނާމެދުވެސް ހެޔޮކޮށް ކަންތައްކުރުމަށް އިސްލާމްދީން ބާރުއަޅަނީ. ލާދީނީވީމަ ވާގޮތް.

  11
  2
 14. ކަތީބު

  ޖިންސީ ގޯނާ ކުރުން ހުއްޓުވޭނީ އެކަން ކުރާ މީހުން އެކަން ހުއްޓާލުމުން. އެހެން ބުނިއްޔާ މާ ތާހިރެއް ނު

  13
  1
 15. ކައިލީ

  މީނާ އަކީވެސް ތުއްތު ކުއްޖެއް! ކިޔޭނުކިޔޭ އެއްޗެއް ނޭގެ! ތިޔަހިސާބަށް މަނިއްޕުޅު ގެނައީ ރަންތިރީސް އަހަރުގެ ބާނީ! ޢެވެސް މިގައުމު ގެބަތަލެކޯ! މަގާމުތަކަށް އައުމަށް ބޫތު ކައިފަތިބި ބައެއްމީ!

 16. Alibe

  މިކަހަލަ ތަންދޮރު ނުދަންނަ ރީލޯޑަރުންނަށް އަދިވެސް ގިނަގިނައިން މިނިސްޓަރުކަމާ ސަރުކާރުގެ މަ ތީ މަގާމު ތައްްދީ. އޭރުން ރަގަޅަށް ދައުލަ ތް ހިންގޭނީ ފިނިހަކަ ސްޕީޑުގަ.

 17. Anonymous

  ސަރުކާރުގެ ނާޤާބިލް ކަން މިފެންނަނީ. މަގުމަތީ ދުވެ މުޒާހަރާ ކުރަން ވަރަށް ފަރިތަ އަދި އެހާމެ ޤާބިލް ވާނެ

 18. ގލޅ

  މަހްލޫފަކީ ކުރިއްސުރެވެސް ތިމާއަށް ތިމާއޮޅި ހައްދުފަހަނަ
  އަޅާފައިވާ ކުށްވެރިއެކެވެ ދައުލަތުގެ އިސްމަގާމެއްގައި އެއްވެސް ހާލެއްގައި ބެހެއްޓިގެންވާނެ މީހެއްނޫނެވެ މިހާރުން
  މިހާރަށް އިސްތުއުފާ ދޭށެވެ!

 19. ޢަލީ

  ތީވެސް ހަމައިގަ ހުންނަމީހެއްނޫނެއްނު. އަހަރެމެންނަކަށް މައްސަލައެއްނޫން މާފަށް ނޭދުނަސް، އެއޮތީއެއްނު އެކިޔާ އެމްއެމްޕީއާރސީގެ ފައިސާލިބުނު އެސްއޯއެފް އެކައުންޓުން ލިބުނު ލާރިގަނޑުގެ މައްސަލަވެސް ހަމޖައްސާފަ. ތީނައަތުގަ އެކަންޏެއްނު ޑޮލަރުގަތް ރަސީދު ބާއްވާފައޮތީ، އެހެން އެއްވެސްމީހެއްގެ އަތުގައެއްނެތް. އަނެއްކާ އެއީ ދިންއެއްޗެއްވެސް ނޫން، އެކަމަކު މީނައަށް ރަސީދެއްލިބިއްޖެ.

 20. ފެކްޓް

  ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟
  ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟

 21. މަހުލޫފު

  "މިނިސްޓަރަކަށްވުމުގެ ކުރިން އަހަރެންނަކީ އިންސާނެއް" މިނިސްޓަރުކަން ލިބުމުން ޙައިވާނެއް؟

  4
  1
 22. ޙަސަނާ

  ނޫން ބަސްމަގު ރަގަޅު އެ އެޖެންޑާ19 ގެ ބަސްމަގު ބޮޑުތަނުން ވަކަރުގޭ ބަސްމަގު...

 23. އަޙްމަދު

  ޖަޒްބާތުގައި ޖެހޭއިރު ތިމަންނޭމެންނީ ކޮންބައެއްކަން ނޭނގުނީމާ ވާނެގޮތްވީ! އަދި ރަނގަޅަށް މީހެއްގެ މުށުތެރޭގައި ބަނދެވުނިމާ 100 ފަހަރަށްވުރެ ގިނަ ފަހަރު މާފަށް އެދެންޖެހޭނެ! ފަހަރެއްގައި ވެދާނެ މެންކްގެ ދަރުސު އަދުއަހާފައި އޭގެއިން އިބުރަތެއް ޙާސިލް ވީހެން. އެހެންވެއްޖެއިޔާ ވަރަށް ރަނގަޅު!

 24. މަބުނީ

  އަމިއްލަޔަށް ޖަޒުބާތު ކޮންޓްރޯލްނުވެޭ. ރައްޔިތުން ލޭކައްކުވާ ހާޖާނު އުފައްދާފަ މާފޭ އެބަކިޔައެއްނު؟ ވާނުވާ ނުބަލާ ހުކުން ކުރަނީ ގޭ ސޯފާގަ ނޫސް ކިޔަންހުރެ.