ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދާއިމީ ގޮތެއްގައި ހައްލުކޮށް މުޖުތަމައުގައި ހިމެނޭ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޖުތަމައުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ޒިންމާވެސް ފުރިހަމައަށް އަދާކޮށްގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައިމިވަނީ ދެ އަހަރު ނުފުރޭ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. މިކަމަށް ރިއާޔަތްކޮށް ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އެއްވެސް މުއައްސަސާއަކުން ލުއިކޮށް ނުނަގާނެކަށެވެ.

ނަމަވެސް ޖިންސީ ގޯނާ ލިބޭ ކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެކުދިންގެ އައިޑެންޓިޓީ ސިއްރުކޮށް މައްސަލައިގައި އެކުދިނަށް އިތުރު ގޯނާއެއް ނުލިބޭނެ އެސޫލަކުން ކަންކަން ކުރިއަށް ގެންދިއުމަށް ރައްޔިތުން ބޭނުންވާ އަވަސް މިނުގައި ބައެއް މައުލޫމާތުތައް އާންމުނުކުރެވިދާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މައްސަލަތައް ދާއިމީ ގޮތެއްގައި ހައްލުކޮށް، މުޖުތަމައުގައި ހިމެނޭ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޖުތަމައުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ޒިންމާ ވެސް ފުރިހަމަ އަށް އަދާކޮށްގެން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ކަނޑުހުޅުދޫން 2 އަހަރުގެ ތުއްތު ކުށްޖަކު ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ބައްޕައާއި ކާފަ އަދި މުނިކާފަ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އައްޔަ

    ޖިންސީ ގޯނާކުރުން ހުއްޓުވޭނީ އެކަންކުރި ފަރާތްތަކަށް ޙައްޤު އަދަބު ދީގެން. ނިކަން އެމީހުން ދަންޖައްސާ ރައްޔިތުންގެ ކުރިމަތީގައި މަރާލަބަލަ. އޭރުން މިކަހަލަ ހަޑިމުޑުދާރު ޢަމަލުތައް ހުއްޓުވޭނެ. ތި ބޭފުޅުން ތިޔަ ހައްދަވާގޮތަކީ މިފަދަ ހަޑިމުޑުދާރު ޢަމަލުކުރާ މީހުންނަކީ ސިކުނޑި ހަމަނުޖެހޭ މީހުންކަމުގައި ހަދާފަ މުޖުތަމަޢަށް ދޫކޮށްލަނީ. ދެ ކޮންމެފަހަރަކު މިކަހަލަ ކަމެއް ހިނގާއިރަށް ބުނާނެ މިފަދަ ކަންކަންހުއްޓުވޭނީ އެންމެ ޒިންމާ ނަގަނއިގެންނޭ. އެވަރުން ތި ނިންމާލަނީ. މުޑުދާރު އަމަލު ހިންގާ މީހުންނަށް ޙައްޤު އަދަބު ދޭން ނުކެރެންޏާ އެކަން ކުރެވޭ މީހަކާ ޙަވާލުކޮށްބަލަ

    31
    • މަގޭ ހިޔާލު

      އިސްލާމީ ޝަރިއްޔާ ދޫކޮއް އަމިއްލަ އަތުން ހަދާ ކަނު ވަޞުޢީ ހަމަ ނުޖެހޭ އުނި ބުއްދި ހުރި މީހުން ހަދާ ގާނޫނު ތަކުގެ ސަބަބުން މިގައުމު ފަސާދަ ވެގެން މިދަނީ. އެ ތުއްތު މައުސޫމު ބޭބީ ގެ ކޮން ކުށެއް އޮތީ. މިކަހަލަ ޖަނަވާރުން ޖެހޭނީ ގަތލު ކުރަން. އިސްލާމީ ޝަރިއްޔާ ގާއިމްކޮއް ކޯޓުތައް މިނިވަން ކުރުމައްޓަކައި ރައްޔިތުން މަގުތައް މައްޗައް ނުކުމެ ކޯޓުތައް އިސްލާހް ކުރަން ޖެހޭ. މިލާދީނީ ހަރުކަށި ހައްދު ފަހަނަ އެޅި ސަރުކާރުން މިވަނީ ކޯޓުތައް އިސްލާހްގެ ނަމުގައި ލާދީނިއްޔަތު ނުވަތަ އަލްމާނީ ފިކުރު ވައްދައި ކޯޓުތައް އަޅުވެތި ކޮއްފައި.

      15
  2. ރަށު ކުއްޖާ

    ބަލަ މިހިރަ އިމްރާނޫ! ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ.

    36
    1
  3. ޒވ

    އެއް ދޮރުން ވަށްދާފަ އަނެއް ދޮރުން ރެކޯޑް ހަދަން ދޫކުރީމަ ހުންނާނީ ޒިންމާ ނެގިފަ. އިސްލާމީ ޝަރީޢަތުގަ އޮތް ހުކުމް ތަންފީޒު ކޮށްފަ ބަލަންވީ ޒިންމާ ނުނެގޭތޯ. ގާނޫނު އަސާސީގެ އޮތީ ފެއަލް ވެފަ. ކޯޓް ތައް އޮތީ ކޮރަޕްޓް ވެފަ. އަރާ ކޮންމެ ވެރި އްއްވެސް ބަލަނީ ފަސް އަހަރު ވަންދެން ސިޔާސީ ހުކުމް ތަންފީޒް ކުރެވޭތޯ. މިދޮރުން ވަށްދާނީ ކުށްވެރިއެއްގެ ނަމުގަ. އަނެއް ދޮރުން ނެރޭނި ސާފު ހުދު ފޮތިކޮޅެއްގެ ނަމުގަ. ލޮލް

    29
    2
  4. ލިރުގާމު

    ޚަމެއް ދިމާވެގެން ފުލުހުން ނައްގުޅިއަސް އެބޭފުޅުންގެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ް އަޅާލުމެއް ނުލިބޭ ކައުންސިލް އިން ގުޅައި ގެން ވެސް

    22
  5. ހައްސާނު ހާފުސީ

    ސިދާތާ ޔަށް މަޖުބޫރު ކޮންގެން ނަމަވެސް އެމަގާމުން އޭނަ އިސްތިއުފާ ދޭވަރު ކުރަންއެބަޖެހޭ މިހާރު ކޮންމެވެސް ބަޔަކު މިކަމާ އުޅެންވެއްޖެ ނޫންތޯ ކޮބައިބާ އިއްޔެ އެކުއްޖާގެ ބައްޕަ ފަހާދުވިމީހުން މާދަމާ ސިދާތާ އޮފީހަށް އައްނައިރަށް ސިދާތާ ފަހާ ދުވަން ހިނގާ މަދާނަން....

    17
    1
  6. ބެއްޔާ

    އެންމެން ޒިންމާ ނަގާކަށް ނުޖެހޭނެ. ރައްޔިތުންގެ މުސާރަ ނަގައިގެން އެކަމުގެ ޒިންމާ އުފުލުމާއި ހަވާލުވެގެންތިބި މީހުން އެކަމާއުޅެންވީ. ރައީސް ސޯލިހު އިބޫވެސް ކުޑަކުއްޖަކާ ބެހހިގެން ޖަލަށް ޙުކުމްކޮށްފަހުރިމީހަކު ދޫކޮށްފައިވޭ. އެޒިންމާ ނަގަންޖެހޭނީ އިމްރާން .

    19
    2
  7. ހައްސާނު ހާފުސީ

    އިމްރާން އިސްތިއުފާ ސިދާތާ އިސްތިއުފާ ސޯލިބޭ އިސްތިއުފާ ކެނެރީ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ....

    26
    1
  8. ފަ ތަށް

    ފުލުހުން ކުރަންޖެހޭ ހާވެސްކަމަކީ އިސްޓިކާ ޖެހުންތޯ މަގުމަތީ ސިގެރެޓު ބޯ މީހުން ޖޫރިމަނާ ކުރުން އެއީ ފުލުހުންގެ ޒިންމާއެއްނޫންތޯ ހޯމް މިނިސްޓަރ ބުނެދީ ބަލަ ކައިރީ...

    17
  9. ސަމީ

    ހޯރަ އިއްބެ އަށް ކަންތައް ކުރި ގޮތަށް ކުރީމަ ބަރާބަރު ވާނެ

    21
  10. މޮޔަ ކަލޭގެ

    މީނާއަކީ ދުނިޔޭގެ ދަހިވެތި ކަަމަށް، މަކަރުވެރި ޖާހިލު މީހެއް.

    14
  11. ޜަންދި

    ލާމަރުކަޒީ ގާނޫނު އޮތްގޮތުން އަތޮޅު ތަކުގެ ފޭރާން ކުދި ކުދި ވެއްޖެ!އިމްރާނަށް މަގާމުގެ ޒިއްމާއެބަ އުފުލޭތޯ؟ކައުންސިލަށް ޒިންމާ އުފުލޭތޯ؟ ޥޯޓަކަށް ބޯމަތިވީމާ އަތޮޅުތަށް މިފެންނަނީ! ކައުންސިލަރު ސިސްޓަމް މިގައުމކަށް ބޭނުމެއް ނޫން! ކަތީބު ސިސްޓަމްވެސް މާރަގަޅު!އެއީ ކާބަފައިން ދެމެހެއްޓި ނިޒާމެއް! އިޖުތިމާއީ ނުރައްކާތެރި މައްސަލަތައް ބޮޑުނުވަނީސް ހައްލުކުރޭ!

  12. ދަވާލި19

    އިމްރާނު ކިހިނެއް މުޖުތަމައުގައި ހިމެނޭ އެންމެހާ ފަރާތްތަކައް ޒިންމާނެގޭނީ އެފަދަކަންތައްކުރާމީހުންނައް އަދަބުދޭންތިބީ ކަލޭމެން ކަލޭމެންނަކަށް އެކަމެއްނުވޭ މުޖުތަމައުން އެހެންމީހަކު ބަހެއްބުނެފިނަމަ ކަލޭމެން އެމީހަކު ނިޒާމުން ގެއްލުވާލާ އެއާއިލާއެއްބިކަކޮއްލާ ދެން އެފަދަ ކުއްވެރިންނައް މުޖުތަމައުގަ އިތުރުބާރެއް މިލިބެނީ

    12
  13. ލަބީބު

    މުޅި ޤަވްމު އެކީއެކައްޗަކަށް ހަނާވެ ، ނާމާންވަމުންދާ މަންޒަރު ލޮލަށް ފެންނައިރުވެސް ކަލޭ އަދިވެސް އިސްތިޢުފާދޭކަށް ނުވޭ ދޯ؟

  14. ފްރޭމްވޯކް ވާރޝަން 10

    ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟
    ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެންނުން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ބޫޓް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟..

  15. NoDIdi

    Hama hairaanvejje minister

  16. ާއާވިމް

    ޢެމްމެންގެ ބޮލުގަ ނާޅުވަާ! ދަރުކާރެއް އޮނަނީ ތހިކަން ހުއްޓުވަން.

    5
    1
  17. Anonymous

    ޖިންސީ ގޯނާކުރުން ހުއްޓުވޭނީ އެކަންކުރި ފަރާތްތަކަށް ޙައްޤު އަދަބު ދީގެން. ނިކަން އެމީހުން ދަންޖައްސާ ރައްޔިތުންގެ ކުރިމަތީގައި މަރާލަބަލަ. ތި ވިދާޅު ވަނީ ތެދެއް. ޖިންސީ ގޯނާ ކުރުން ހުއްޓުވޭނީ އެންމެން ޒިންމާ ނަގައިގެން.. ފުރަތަމަ ސަރުކާރުގެ މުއަށް ސަސާ ތައް އެބަޖެހޭ އިސްލާމް ދީނު ގައި ވާގޮތަށް ކުށުގެ އަދަބުތައް ތަންފީޒް ކުރަން އެހެންނޫނީ މި ގައުމަކުން މިކަހަލަ ފާހިޝް އަމަލު ކުރާ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުން މަދެއްނުވާނެ... މަރާލަ ބަލަ... މާދަމާ ތި ޖަނަވާރުންތަށް ދޫކޮށްލާނެ ކުއްސާބިތު ނުވިއޭ ކިޔާފަ...

  18. އެމް ޝަމް

    2015 އިން 2018 އިމްރާން އަށް ކިހާ ވަރަކަށް ތޯ ޒިއްމާ ނެގުނީ؟

  19. ާެިޕޯރނ

    ސަރުކާރުން މި މީހުންގެ ސިކުންޑި ގޯސްކުރާ އޮރިޔާނ ވެބްސައިޓްސް ތަށް ބުލޮކް ކުރާކަށް ނުވޭ؟

  20. ކެޔޮޅު

    ތީގެޖަވާބު ވަރައްފަސޭހަ ކުއްކުރާމީހުން ކުއްނުކުރީމަ ޖަލުތައްވެސް ބޭނުމެއްނުވާނެދޯ؟

  21. ކެޔޮޅު

    ފުރަތަމަ މިކަން ފޫދިޔައީ ސޯލިހު ހޯރަ އިއްބެ ދޫކޮއްލި ހިސާބުން އިސްލާމީސަރީއަތް ގާއިމުކުރޭ ކޮންއިތުރުބަހަނާތަކެއް!

  22. ތަކަންދޫ

    ( ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދާއިމީ ގޮތެއްގައި ހައްލުކޮށް މުޖުތަމައުގައި ހިމެނޭ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ) އިސްލާމީ ޝަރީޢަތް ޤާއިމް ކޮއްގެންނޭ ވިދާޅުވާން ލަދުގަތީތޯ؟ ބިރުގަތީތޯ؟ނޫނީ ހަނދުމަނެތުނީތޯ؟

  23. މުޙައްމަދު

    ތި ގޮތަށްތޯ ޤުރްއާންގައި އޮތީ.

  24. ވެރިން

    އި މްރާނު ބުނީ ވަރަށް ރަނގަޅު ވާހަކައެއް ،އެކަ މަކު ކީއްކުރާނީ ފުލުހުންނާ ސިފާއިން ނާ ހުރެ ޖިންސީގޯނާޔާ ވައްކަ މާ މިކަހަލަ ކަންކަ ކަ މުގަ ހުރިހާ އެން މެންގެ(ރައްޔިތުންގެ) ޒިއް މާ އަދައެއް ނުކުރެވެޔޭ.

  25. ފާރަ

    ދެއުޅިއެއްނުވާ މީހުން މިނިސްޓަރުންނައް ތިބޭތީ ވަރަށް ދެރަ ނަމުގަ ދީނީ ކަންކުރަނީ ޖާހިލަކު ކުރާހެން