ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ކަންކަން އޮންނަގޮތް އެނގިވަޑައި ނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ރައީސް ސޯލިހް ބުދަ ދުވަހުގެރޭ ދެއްކެވި ވާހަކަފުޅު އަޑުއެއްސެވުމަށްފަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގައި ރައްޔިތުން މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ޝިޔާމް ވަނީ ރައީސްއަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރު ނުހިނގާތަން އެބަފެންނަކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތަން ފެންނަކަމަށެވެ. އެހެން ވީމަ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު ޕީޕީއެމްއިން އަދާކޮށް ސަރުކާރު ޒިންމާދާރު ކުރާނެ ކަމުގައެވެ.

މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތައް ސަރުކާރުގެ ކެންޑިޑޭޓުންނަކަށް ސަރުކާރަށް އަޑުއިވޭވަރަށް ބާރަށް ވިދާޅުވާން ކެރިވަޑައެއް ނުގަންނަވާނެކަމަށާއި އެއީ ވަރަށް ދެރަވަރު ކަމެއް ކަމުގައިޮ އޭނާ ވިދާޅުވއެވެ.

" މިގައުމުގެ އާ ގާނޫނު އަސާސީ 2008 ވަނަ އަހަރު އައިފަހުން މިއޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއް. ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކު އެފަދަ އެބީދާއަކުން ވާހަކަފުޅު ދެއްކެވީމަ، އެއީ ޑިމޮކްރަސީއަށް މަލާމާތް ކުރުން ކަހަލަ ވަރަށް ދެރަވަރުކަމެއްކަމަށް." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ ބޭނުންވަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ކާމިޔާބުކުރުން ކަމަށައި އެމަންދޫބުންނަކީ މިދަންނަވާ ކަންތައްތައް ކުރާނެ މަންދޫބުން ކަމުގައިވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ޑިމޮކްރެސީގެ ކަންތަށް އެންމެރަގަޅަށް އެގޭނީ ޔާމީނު ކަހަލަ ވަގުންނަށް ! އެހެންދޯ ތިބުނަނީ !

    1
    4
  2. ޖައްލާދު

    ޝިޔާމު ނިކަން ގަޓުހުރެގެން ޔާމީނު ޖަލުން ނެރެ ބަލަ؟ މުޒާހާރާ ކޮށްގެން ވެސް...

    1
    3
  3. ހަމްޒާ

    ރައީސަކައް ނޭނގޭނެ ނޫންތޯ ރައީސަކީ މަތީތައުލީމު ހާސިލްކޮއްގެން ހުރި މީހަކައް ނުވާއިރު. ދިވެހީން ބޭނުމެއް ނުވޭ މަތީތައުލީމު ހޯދާފަ ތިބި ފަރާތްތަކައް ވެރިކަން ހޯދަދޭކަށެއް.

  4. ބެއްޔާ

    ސާބަހޭ. މިސަރުކާރު ލޭވާލިޔަ ނުދޭތި. ޝިޔާމް އެކަނި ތިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. މިލާދީނީ އަނިޔާވެރި ސަރުކާރު ނެތިކުރައްވާށި.

    2
    1