އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ އާކްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޤާނޫނުތައް ތަންފީޒުކުރުމާއި، ޝަރުޢީ ނިޒާމުގައި އަދި އިޖުތިމާޢި ޚިދުމަތުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވި، ކުޑަކުދިންނަށް ކުރާ އަނިޔާގެ ކޭސްތަކުގައި އިހުމާލުވެ، އެކަށީގެންވާ ސަމާލުކަން ނުދެވޭތީ އާކްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާކް އިން ނެރުނު ބަޔާނެއްގައި ބުނީ ރޭޕް، ޖިންސީ ގޯނާ އަދި ޖިންސީގޮތުން ކުޑަކުދިންގެ ނާޖާއިޒް ފައިދާނެގުމަކީ ދިވެހިރާއްޖޭގައި ބޮޑެތި ކުށްތައް ގޮތުގައި ހިމެނޭ ކަންކަމެވެ. މިހެންވެ މިފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ޤާނޫނުތަކެއް ވަނީ ފާސްކޮށްފައެވެ. ވީމާ، ކުޑަކުދިން ރައްކާތެރިކުރުމަށް ހުރި ޤާނޫނުތަކާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާތަކާ އެއްގޮތްވާގޮތަށް، މިމައްސަލަ ތަޙްޤީޤުކޮށް މިފަދަ ބޮޑެތި އަނިޔާތައް ކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ކުއްޖާއަށް ބޭނުންވާ ޚާއްޞަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް އާކްއިން ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އަނިޔާ އާއި އިހުމާލުން ކުޑަކުދިން ރައްކާތެރި ކުރުމުގައި މުޅި މުޖުތަމަޢުގެ ޒިންމާ އޮންނަކަން ފާހަގަކޮށް، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އިނގޭނަމަ އަދި ޝައްކުކުރެވޭނަމަވެސް، ލަސްނުކޮށް 1412 ނުވަތަ 3000600 އަށް މައްސަލަ ރިޕޯޓުކުރެއްވުމަށް އާކްވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޭއެކީގަ

    ކޮން ނިޒާ މެކޭ ކިޔަން، އެ އޮތީ ﷲ ގެ ކަލާންފުޅު.އަމަލް ކުރޭ

    15
  2. އަބުދުލްމަންނާން

    މިފަދަ ބޮޑެތި ކުއްތައް ހުއްޓުވޭނީ މާތްﷲ ބާވައިލެއްވި އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހުރިހާ ހައްދެން ޤާއިމް ކޮށްގެން

    15
    1
  3. މަގޭ ހިޔާލު

    އިސްލާމީ ޝަރިއްޔާ ދޫކޮއް އަމިއްލަ އަތުން ހަދާ ކަނު ވަޞުޢީ ހަމަ ނުޖެހޭ އުނި ބުއްދި ހުރި މީހުން ހަދާ ގާނޫނު ތަކުގެ ސަބަބުން މިގައުމު ފަސާދަ ވެގެން މިދަނީ. އެ ތުއްތު މައުސޫމު ބޭބީ ގެ ކޮން ކުށެއް އޮތީ. މިކަހަލަ ޖަނަވާރުން ޖެހޭނީ ގަތލު ކުރަން. އިސްލާމީ ޝަރިއްޔާ ގާއިމްކޮއް ކޯޓުތައް މިނިވަން ކުރުމައްޓަކައި ރައްޔިތުން މަގުތައް މައްޗައް ނުކުމެ ކޯޓުތައް އިސްލާހް ކުރަން ޖެހޭ. މިލާދީނީ ހަރުކަށި ހައްދު ފަހަނަ އެޅި ސަރުކާރުން މިވަނީ ކޯޓުތައް އިސްލާހްގެ ނަމުގައި ލާދީނިއްޔަތު ނުވަތަ އަލްމާނީ ފިކުރު ވައްދައި ކޯޓުތައް އަޅުވެތި ކޮއްފައި.

    10
  4. ރަޝީދު

    އިސްލާމީ އުޞޫލޫ ތަކުން ޑިމޮކްރަސީއަށް ދިއުމުގެ ނަތީޖާ މިދަނީ ފެންނަމުން.އަދުލުވެރިކަމާއި ހަމަޖެހުން އެދޭނަމަ އިސްލާމީ ޝަރީޢަތަށް ތަބާވާންވީ އެވެ.މިޝަރީޢަތުން ބޭރުން ނިންމާ ކޮންމެ ނިންމުމަކީ ހަރުކަށި ނިންމުމެކެވެ.އަދި ހައްދު ފަހަނަ އަޅާދިއުމެވެ.

  5. ޢިސްތިރި

    ތިއީވެސް ހުޅަގުން އިސްލާމީ ގައުމުތަށް ހަލާކު ކުރުމަށް ހޭދަކުރާ ބައިގަޑެއް. ނުބައި އުފެއްދުން ނޫންކަމެއް ނުކުރާނެ!

    6
    1
  6. އަރަ

    ނިޒާމުގައި ހުރި މައްސަލަތައް ފެނުނީ މިއަދުތޯ؟ ނަމުން އާރކް، ކަމުން ކުރެވުނީ ކީއްތޯ ކުދިންނަށް ޓަކާ؟

    2
    1
  7. ާަާަަައަސްލު

    ޢެމްޑީޕީ އެކްޓިވިސްޓުންނާއި ލާދީނީބައިގަނޑު މުޒާހަރާގަވެސް...ޑޮރާމާ ދެއްތޯ..ދީނަށް ފުަރައްސާރަކުރީމަ އޯކޭ...؟!