މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިއެސް ޖަމާޢަތާއި ގުޅިގެން ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ ދިވެހިންގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން ތިން ގައުމެއްގެ އިންޓެލިޖެންސް ރިޕޯޓް ކޯޓަށް ހުށަހަޅައިފިއެވެ.

ރާއްޖޭގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ޏ.ފުވައްމުލަކު އަލުވިމާގެ، ޙުސައިން އަފީފްގެ މައްޗަށާއި ރ.މަޑުއްވަރީ ވިލުދޮޅި އިސްޙާގް ޢަލީގެ މައްޗަށެވެ.

އަފީފްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އިސްޙާގްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ.

މިމައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގައި ދައުލަތުން ވަނީ ޝަރީޢަތައް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އޭގެތެރޭގައި ރާއްޖެ ފިޔަވައި އިތުރު ތިން ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖްސް ރިޕޯޓްތައް ހިމެނެއެވެ. ނަމަވެސް އެއީ ކޮން ތިން ގައުމެއް ކަން މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހާމަކޮށްފައެއް ނުވެއެވެ. އެރިޕޯޓްތަކުގައި ހުރީ ރާއްޖޭގައި ދޭން އުޅުނު ހަމަލާގެ މައުލޫމާތުތައް ކަން ކަށަވަރު ކޮށްދިނުން ފިޔަވައި ރިޕޯޓްތަކާއި ބެހޭ އިތުރު މައުލޫމާތެއް ވެސް މިއަދު ޝަރީޢަތުގައި ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގައި ފުލުހުން ވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާތީ ހަމަލާގެ މައުލޫމާތު ހޯދާފައި ވަނީ ކޮން ގައުމުތަކެއްގެ އިންޓެލިޖެންސް އެޖެންސީތަކަކުން ކަމެއް ސާފެއް ނުވެއެވެ.

ދުނިޔޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައި ވާތީ ގިނަ ގައުމުތަކުން އެގައުމަށް ލިބޭ އިންޓެލިޖެންސް މައުލޫމާތު އެހެން ގައުމުތަކާއި ހިއްސާ ކުރެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިހަމަލާގެ މައުލޫމާތު އެހެން ގައުމުތަކުގެ އިންޓެލިޖެންސް އެޖެންސީތަކުން ރާއްޖެ އަށް ދީފައި ވަނީވެސް މިއުސޫލުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާދަވިލޭރޭ

    ޗައިނާއާއި ސައޫދީ އަދި ސެނެގާލަށް ތިޔަމައުލޫމާތުލިބިފަހުރެދާނެހެންހީވޭ ؟؟ މިއީއަމިއްލަޚިޔާލު .

    • ޙާމް

      ވައި ސެނަގާލް!!!

    • ޕަރަޕަރާސް

      ސުވިޒަލޭންޑުންނާއި ޓޯކިޔޯގެ އިންޓެލް ރިޕޯަޓު ހުށަހެޅި.

  2. ބުރަކި

    މިޔަދު ކޮންމެހެން މިހަބަރު ޖަހަން ޖެހުނު ސަބަބު ވަރައް ސާފު

    • ޙަމޭ

      ޚަކަލެ އައް ކޯޗެއް ސާފު ވީ ، ބަލަ މިކަހަލަ ސަރީއަތް ތަކަކީ ތާވަލު ކުރެވިގެން ތާރީހް ތަކެއްގަ ކުރާ ސަރީއަތް ތަކެއްކަން ނޭނގެ ދޯ. ކޮންމެ ކަމެއް ސިޔާސީ ވިސްނުމުން ވިސްނެނަޔާ ހުންނާނީ ތިހެން.

    • ޑިމޮކްރަޓިސްޓް

      ބުރާންތި ކަމާ ގަމާރުކަމުން ތިމާގެ ސިކުނޑި އެހެންބަޔަކު ހިސޯރުކޮށްފަ ބަނދެވިފަ ހުރިކަމުގެ ދިރިހުރި ފުރިހަމަ މިސާލެއް މިކަލޭގެމީ.. އަދިވެސް ސިޔާސީ ވާންއުޅޭތި..

  3. އަލްޖިބްރާ

    ދުހަކުވެސް ތިނޫންވަރެއް މިސަރުކާރަކަށް ނުވޭ ! އަބަދުވެސް ކޮންމެވެސް " ހޮޅި" ތުހުމަތެއް ކުރަނީ ! ހެކި ސާބިތެއް ނުކުރެވޭ ! ނުވިތާކަށް އޮންނަނީ ހެކި އުފެއްދުން ! އުފައްދާހެކީގަ އެއްވެސް ބުރަދަނެއް ނުހުރޭ !

  4. ދޮއްނާ

    އެމެރިކާ، އިންޑިއާ، ޗައިނާ.

  5. މުހައްމަދު

    ސާދަވިލޭރޭ ކަލޭނުފުއްޕާ ހުރޭ.
    މީވަރަށް ބޮޑެތިކަންތައްތަ.ކަލޭމާސިޔާސީ ނުވެހުރޭ