އުމުރުން 2 އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލާގައި އިއްޔެ ހުޅުމާލޭގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާކޮށް އަޑު އުފުލާފައިވަނީ އެހެން މަގްސަދެއް ހާސިލްކުރުމަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޑެންޓެންޓް ދާއޫދު ވިދާޅުވީ، އެސަރަހައްދަށް ގިނަ ބަޔަކު އެއްވުމުގެ ސަބަބުން އެސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން ބޭރަށް ނުދެވިގެންނާއި ސަލާމަތާއި ރައްކާތެރިކަމަށް އެދިފައިވާ ކަމަށެވެ.

އަދި އެތަނަށް ގިނަ ބަޔަކު އެއްވެފައިވަނީ އެހެން މަގުސަދެއް ހާސިލް ކުރުމަށް ކަމަށާއި އެފަރާތްތަކުން ކޮންމެވެސް އެހެން ޝުއޫރުތަކާއި އަޑު އުފުލާފައިވާ ކަަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

"ކުޑަކުދިންތަކެއް ތާށިވެ، ގެއިން ބޭރަށް ނުނިކުމެވި، އެކުދިންގެ ސަލާމާތާއި ރައްކާތެރިކަން ނެތުމުން އެކުދިންގެ އާއިލާތަކުން އަޅުގަނޑުމެންނަށް އެތައް ޝަކުވާއެއް އެވަގުތު ކުރަމުން ގެންދިޔަ. އަޅުގަނޑުމެންނަށް އިއްޔެ ފާހަގަ ވެގެން ދިޔައީ ކުއްޖާގެ ހައްގު ހޯދުމުގެ ނިޔަތުގައި ބަޔަކު ނުކުމު ކޮންމެވެސް އެހެން މަގުސަދެއް ހާސިލް ކުރުމަށްޓަކައި މިދެންނެވި ސަރަހައްދަށް އެއްވެ ކޮންމެވެން އެހެން ޝުއޫރުތަކެއް، ކޮންމެވެސް އެހެން އަޑުތަކެއް އެތަނުގައި އުފުލަމުން ގެންދިޔައީ" ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ އިއްޔެގެ ހަވީރުގައި ހިނގާ ދިޔަ ކަމަކީ ކުޑަކުއްޖެއްގެ ހައްގުގައި އާއްމު ރައްޔިތުން ނުކުމު އުޅުމަށް އެބޭފުޅުންނަށް ދެވޭނެ ލައިސަންސެއް ނޫން ކަމަށެވެ. އަދި އެއެއްވުމުގައި އެސަރަހައްދުގެ ގޭގޭގެ އިތުރުން އާއްމުންގެ މުދަލަށާއި އާއްމުންނަށާއި ފުލުހުންނަށް އެކި ކަހަލަ އަނިޔާ ވެފައިވާ ކަމަށެވެ.

“އިއްޔެގެ ހަވީރުގެ ވަގުތެއްގައި މިދެންނެވި ހުޅުމާލެ ފްލެޓް 108 ކައިރީގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެ ފްލެޓްގެ ބިއްލޫރި ތަކާއި އެސަރަހައްދުގައި ހުރި ދުއްވާ ވެހިކަލް ތަކަށާއި އެސަރަހައްދަށް ޖަމާވި ގިނަ ބަޔަކަށް ތަފާތު އެކި ގޮތްގޮތަށް ގޯނާކޮށް، ޖިއްސުންކޮށް، އަނިޔާކޮށް މިޒާތުގެ ވަރަށް ގިނަ ކަންތައް ހިނގަމުންދިޔަ." ދާއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ހުސޭނުބޭ

    ހޯރަ އިއްބެގެ މައްސަލަ ފަދައިން މައްސަލަ އޮއްބާލީ! ތި އޮތީ އިންސާފު ހޯދާދެވިފައި!

    185
    6
  2. ކައްކަކާއްކޯ

    ޜައްޔިތުން ކުރާވަރުން މިހިސާބުގައި ވެސް މިއޮތީ، މިއީ ވަކިބައެއްގެ ގައުމެއް ނޫން،. ދިވެހިންގެ ގައުމު. އައްނި ރާއްޖެ ދިފާއުކުރަންތޯ ހުވާ ކޮއްގެން ތިބީ!ވަލުޖަނަވާރުންނަށް އިންސާނުން ބަދަލުވާއިރު މަޑުން ނުތިބޭނަން!ކީކޭ ކިޔުއްވަން މިއުޅެނީ! ލާދީނީ މީހުނަށް ހެދީ ކިހިނެއް! ޢެތިބީ ހުތްފޮދުބޯން ފޮނުވާފައި! ފިޔަވަޅެއް ނޭޅުމުން މިޖެހެނީ ނިކުންނަން!

    154
    4
  3. ވަރައްދެރަ

    އެއީ ކޮންމަޤުސަދެއް ޙާސިލްކުރަންކަން ބުނެދެއްވިދާނެތޯ ރޭޕިސްޓުންނާދެކޮޅައް އަޑުއުފުލުމަކީ މަނާކަމަކީތޯ މިހާރު ސިޔާސީވަނީތޯ ތިޔަ

    141
    4
  4. ޙޖނބދ

    ލަދުގެ ކަންފުޅެއް ވެސް ނެތް ދޯ ކަލޭ މެން

    123
    4
  5. ޓދރ

    އެމެފަހުން އެކުއްޖަގެ ދިފައުގަ ނުކުތް މިހުން ދޮ
    މިގޮސްވީ

    138
    5
  6. މުހައްމަދު

    ޕޮލިސް ލާދީނާ މީހުންނާއެކު ސިޔާސީވެފަ

    99
    4
  7. ކޮއްކޮ

    ކޮން މަގުސަދެއް ގަ ތޯ އަޅެ ސާފުކޮއްދީބަ. އަގަމަޑުލާން ތިބެންވީތަ. ނޫނީ މިކަންތަށް ވެސް ފުލުހުން ސީޔާސީ ކުރަން ވީތަ. ދެން ތިބުނަނީ މިކަންތައް ވެސް ޔާމީނޭތަ ކުރަނީ. ކަލެމެން ޖެހޭނެ ކޮންމެ ވެސް އެއްޗެކޭ ކިޔޭތޯ ބަލަން .......

    94
    2
  8. ދުނާމަ

    ސިޔާސީ ފުލުހުން

    89
    2
  9. ބަނޑު

    ގައުމު ހަލާކު ކުރަނީ ތިހިރަ އަންނިއާ އިބޫ

    98
    2
  10. ހުސްދޮގު

    ހަމަޔަޤީނުންވެސް އެތަނައްގޮސް ތިބި ގިނަމީހުންގޮވީ އޭނައަށް ޙައްޤުއަދަބު ދިނުމަށް. ކޮންމެ އެއްވުމަކުންވެސް ފެންނަފަދައިން އެތާވެސް ގޭންގްތަކައް ނިސްބަތްވާ މީހުންވެސް އުޅޭ.

    73
  11. .....

    ރައްޔިތުންް ނިކުމެ މަގުމަތިން ޝަރީއަތް ނިންމާ އުސޫލުއެއީ އެންމެ އިންސާފާ ދުރުގޮތް....ރައްޔިތުން ހަލަބޮލި ކުރުވުން ހުއްޓާ ރައްޔިތުން ހޭލުންތެރި ކުރުވުގެ ރޯލު މީޑިޔާތަކުން ކުޅުން ރަނގަޅުކަމަށް ފެނޭ...

    32
    12
    • ބެޑްޝީޓުވަޒީރު

      ކަލޭ އަނގައޭ ކިޔާބަލަ. އިންސާފު ލިބޭނަމަ ރައްޔިތުން ނުނިކުންނާނެ.

      54
      2
  12. ރައްޔިތުމީހުން

    ރައްޔިތުން ނުކުތީ.. އާދައިގެ.. ވަކި ކުލައެއް ވެސް ނޫން.. ތިކިޔާފަދަ ކަމަކު ނޫން.. ކެތްތެރިކަން ކޮޅުލީ

    79
  13. މޫސާ

    ސާބަހޭ ޕޮލިސް. ތީ ރަނގަޅު ވާހަކައެއް

    8
    81
  14. ޏ އައިކު

    ހަބަރަކަށްވުރެ ވާހަކައެއްހެން ހީވި.

    34
    4
  15. ހިމާޔަތް ލިބޭނީ ކުށްވެރިންނަށް.

    ކޯޗެކޭ ކިޔާކަށް! ކަލޭމެންތީ ރޭޕިސްޓެއްގެ ދިފާއުގައި ނުކުތް ބައެއް އަދި އެކަމާ ދެކޮޅަށް އަޑު އުފުލަން ނިކުތް މީހުންނަށް އަނިޔާ ކުރި ބައެއް. އެއަށްފަހު ރައްޔިތުންނާ ދެކޮޅަށް އަދި ބަސް އެބަ ބުނެ އެންނު. އެ ދެ މުސްކުޅި ރޭޕިސްޓުންވެސް ގެނެއީ ބިޑި އަޅުވައިންނެއްވެސް ނޫން. މިހިސާބުން ކަލޭމެންނާ ކަލޭމެންގެ އިސްވެރިންގެ އެޖެންޑާ ވަރަށް ސާފު.

    63
  16. ޢިޔާބު

    ފުލުހުން ސިޔާސީ ތިޔަވީ ވަރަށް ވަސް ނުބައޮކޮށް.

    65
  17. ރައްޔިތުންގެ ބާރު

    ކަލޯ މީ ރައްޔިތުންގެ ބާރު އޮންނަ ގޮތް. އެމީހުންނަށް ދަތިވީމަ ނުކުންނާނެ އެކަމަކާ ދެކޮޅަށް. އެތާގަ އޮތީ ބޮލުގަ އިސްތަށި ފެޅުވުމެއްނޫން. އެހެން މަޤުސަދެއްނަމަ މިއަދުވެސް އެގޭދޮށަށް އެއްވާނެ. ނޫނީ މީގެ ކުރިންވެސް އެގޭދޮށަށް އެއްވާނެ. މުޅި ފުލުސް ފޯސް އެއްކޮށް ނުކުތަސް އެގޮތަށް އެއްވެފަ އޮންނަ ރައްޔިތުންނަކަށްވުރެ ބާރު ގަދައެއް ނުވާނެ. އެހެންނޫންނަމަ އިއްޔެ 5 ފަހަރަށް ތިބުނާ ކުޑަކުދިންތަށް ދިރިއުޅޭ ގޭތެރެއަށް މިރުސް ދުމެއް ނޭޅީސް. މަހިތަށްއަރާ މިސޮރަށް މިމަޤާމްލިބިފަމިހުރީ ރަނގަޅަށް ބާއޭ. ނޫނީ މިހާ ހަމަނުޖެހޭ ވާހަކައެއް މިކަހަލަ ކަމެއްގެ ނުދައްކާނެ.

    41
  18. ޗުލްބުލް

    އެންމެން އެއްކުރުމުގެ އަޑީގައި ހުންނާނީ އެމްޑީޕީގެ ބޮޑު ސަރުދާރު. ޔަޤީން

    34
    1
  19. އަހްމަދު

    ދާއޫދައް އެއޗެއްއިހްސާސްކުރެވޭނީ ދާއޫދުގެކުޑަދަރިފުޅަކަށް އެބާވަތުގެކަމެއްދިމާވީމަ މީހުންއެއްވާންޖެހުނީ އެޢަމަލްހިންގިތާ އެތައްދުވަހެއްވީއިރުފިޔަވަޅެއްނޭޅި އިހްމާލުވާތީ ދީނައްފުރައްސާރަކުރި އުފާވެސް އުފާކޮށްލުމަށް ރާއްޖޭންބޭރައް ފުރުވާލީމާ

    33
  20. އެންދެރި

    އެއީ ދިވެހި ހުރިހާ ރައް ޔިތުން ބަސް ބުނަން ޖެހޭ މައްސަލަ އެކެވެ. އެއް ދޮރުން ވައްދާ އަނެއް ދޮރުން.ނެރެނީ އެވެ .

    39
  21. Anonymous

    އަދި ނުބުނެވޭ ތިބުނި މަގްޞަދެއް. ފާޅުގައި ބުނެބަލަ؟ ފިނޑި މުޑުދާރު ބައެއް ތިތިބީ.

    32
  22. ތޫބާ

    ފުލުހުންގެ ގޮތުގައި ބޭރުގެ އެޖެންޓުން ދިވެހި ރައްޔިތުންނަށް އަނިޔާކުރުން ފެށުނީ.. ލާދީނީ ކަމާ ލާއިންސާނީކަމުން ހައްދުން ނެއްޓިފައޮތް ވަލުޖަނަވާރު ސަރުކާރެއް.

    33
  23. ޒުހުރާ

    ދިވެހި ފުލުހުންނެއްނޫން ތިތިބީ. އެއީ އެޖެންޓުން. ދިވެހި ދަރިންގެ ދުޝްމަނުން. މިވެރިކަން ނިމުމަކަށް ގެންނަންވީ. ސުންޕާ ވެރިކަމެއް. ދެރަކަމެއްނޫން ކަމެއް މިގައުމަށް ދިމާނުވޭ.

    28
  24. Anonymous

    ފުލުހުންނަކީވެސް ޝިދާތާ ނުވަތަ މުސްކުޅި ދައިތާ ކަހަލަ ނުލަފާ ދޮގުހަދާ ޖާހިލު ފާސުޤު ގައްދާރުންނަށްވެއްޖެ. އިންސާނިއްޔަތުގެ ނަންވެސް ނޭނގޭ. އިބިލީހުންތަކެއްއެތިބީ. ޑީސީޕީ ރިޔާޒުގެ ބެސްޓް ފްރެންޑްވީމަ ހިމާޔަތްދީފަ ދޯ ތިތިބީ.

    24
  25. ރުޅިގަދަމިތުރު

    ތިހެން ކިޔަންތަ ތިތަނަށް ތިއެރީ؟ ރޭޕިސްޓުންނާއި ލާދީނީންގެ ހިމާޔަތުގަ ތިތަނަށް އަރާ އަނގަ ތަޅާނެ ކަމެއް ނެތް.

    27
  26. ސަރުބަތު

    ސުނާމީ އެރި ދުވަހުވެސް ކަން ތަ އްވީ އެހެން. ގިނަ ބަޔަކު ހާލުގައި ޖެހިފަ އިވާ މީހުންނައް އެހީވާން އުޅުނުއިރު ބަދުވަޔަކު މަސައްކަ ތް ފެށީ ލޫޓުވަން.

    9
    1
  27. ނާތެދު

    އެމްޑީޕީ މީހުން ވަރިހަމަ ކޮންމެ ނަމެއް ކިޔާފަ ކޮންމެ ހުކުރު ދުވަހަކު އެއްވިއަސް. އެވަނީ ވަރަށް މާތް މަގްސަދުތަކުގައި ނިކުންނަ އެއްވުންތަކަށް. އެހެން ބަޔަކު ކިތަންމެ ފާޅުކަން ބޮޑު ކަމެއްގަ ނިކުތަސް އެކަން ސިޔާސީ ކުރަން ތި އުޅެނީ.

    24
  28. ޢަންސާރު

    ޙުސް ވަގުން....

    10
  29. ޢަލިބެ

    އެހެންވެދޯ އިހައްދުވަހަކު ބަންގާޅީއަކާ ބައިވެރިވެގެން ފުލުހަކު ބަންގާޅީއެއްއަތުން ފައިސާފޭރުނީ. އެއީދޯ ރަނގަޅު މަޤުސަދަކީ.

  30. ފާއިޒް

    ކަލޭ އަނގަ އޮތީމަ އެޗެކޭ ކިތަނީ ދޯ ދެން ކޮން މަޤްސަދެއްހާސިލް ކުރަންތަ ... ރައްޔިތުންނައް ތިބެގެން އޮޅޔވާލަނީ...

  31. ވެރިން

    އެހެން މަގުސަދޭ ކިޔާފަ ނިން މާ ނުލާ އެ މަގުސަދެއްވެސް ދިވެހިރައްޔިތުންނަށް ބުނެދީބަލަ.ކީއްވެ އެހުން މަގުސަދޭ ބުނި ގޮތަށް މަގުސަދު ބުނަން ނުކެރިގެން ތިއުޅެނީ.ހީވާކަހަަ ތިތަނަށް އަރާ ކިޔަނަވާ އެތި ފިލްޑް ކޮށްފަ ފޮނުވާ ފަހެން ތިބީ

  32. ވެރިން

    އެހެން މަގުސަދޭ ކިޔާފަ ނިން މާ ނުލާ އެ މަގުސަދެއްވެސް ދިވެހިރައްޔިތުންނަށް ބުނެދީބަލަ.ކީއްވެ އެެން މަގުސަދޭ ބުނި ގޮތަށް މަގުސަދު ބުނަން ނުކެރިގެން ތިއުޅެނީ.ހީވާކަހަަ ތިތަނަށް އަރާ ކިޔަނަވާ އެތި ފިލްޑް ކޮށްފަ ފޮނުވާ ފަހެން ތިބީ