އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލާގައި ރޭޕާ ދެކޮޅަށް އަޑު އުފުލުމަށް މިއަދު ގދ. ތިނަދޫގައިވެސް މުޒާހަރާ ކުރަން ނިންމައިފިއެވެ.

ތިނަދޫއިން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި މިއަދު އިންތިޒާމުކުރާ ހިނގާލުމަކީ އެރަށު ޒުވާނުންގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ. އަދި އެ ހިނގާލުމުގެ މަގްސަދަކީ ރޭޕާ ދެކޮޅަށް އަޑު އުފުލައި އެކަން ކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލުން ކަމަށެވެ.

ތިނަދޫގައި މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ހާއިރު އެރަށު ރަސްމީ ފާލަން ކައިރިންނެވެެ. އަދި ހިނގާލުމުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކަޅުކުލައިގެ ހެދުމެވެ.

އެކުއްޖާ ރޭޕް ކުރި މައްސަލާގައި އިއްޔެ ވަނީ ހުޅުމާލޭގައި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އަދި ރޭޕްގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްގެން ހުވަދު އަތޮޅުގެ އެއްވެސް ރަށަކަށް އެރިޔަ ނުދިނުމުން ފުލުހުން ވަނީ އެ ދެމީހުން ރޭ ފަތިހު މާލެ ގެންގޮސްފައެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތު ކަމަށާއި ދެ މީހުންނަށް ކުރަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިޒުނާ

    ހިގާލުން ބާއްވާ މުޒާހަރާ ކުރީމަ ހައްލެއްލިބޭތޯ؟މިމަައްސަލަ ތަކުރާރުވަމުންދާތާ ކިތެއްއަހަރުތޯ.ތަކުރާރުކޮށް މިފަދަ ކުށްތަކަށް އަރައިގަންނަމީހުން އިތުރުނުވޭތޯ.5 އަހަރުން 5 އަހަރުން ވެރިކަން ބަދަލުވޭ.ވޯޓަށް އުޅޭއިރު އިންސާފު ހޯދަދޭނެ ވާހަކަ އިވޭ.ވެރިކަން ލިބުނީމަ ހަނދާންނެތެނީ.ބަލަނީ ޕާޓީ މީހަކު ޖަލު ބަންދުގަ ނުވަތަ ހުކުން ތަންފީޒު ކުރަމުން ދަންޏާ މިނިވަން ކުރެވޭތޯ.ކީއްވެބާ އިސްލާމީ ޝަރީއަތް މިތާ ގާއިމް ނުކުރެވިގެންއުޅެނީ.ނުބައިވެގެންވާ ހުރިހާކަމެއް އިންތިހާއަށް.ރައްޔިތުން ބޭނުންވަނީ މިތާގަ އިސްލާމީ ޝަރީއަތް ގާއިމްކުރަން.މިކަމުގަ ޝެއިޚުންގެދައުރެއްވެސް އޮންނަން އެބަޖެހޭ.ސަރުކާރުންވެސް އެބަޖެހޭ ކައުންސިލް އިންތިހާބުގެ ކުރިން އިސްލާމީ ޝަރީއަތް މިތާގަ ގާއިމް ކޮށްދޭނެތޯ ނޫންތޯ ބަލަން.ޔަގީނުންވެސް މަގޭ ވޯޓެއް ނުދޭނަން .