ނ. އަތޮޅުގެ ރިސޯޓެއްގެ ގޮނޑުދޮަށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ކަށިގަނޑު ފެނިފައިވަނީ މިއަދު 12:55 ހާއިރު ނޮކު މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށުން ކަމަށެވެ. އަދި އެ ރިސޯޓަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

 

ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.